ދުބާއީގެ ސިނަމާއެއް.
23 ޑިސެމްބަރ 2021 - 06:27
ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތަކަށް މެދު އިރުމަތިން ބޮޑު މާކެޓެއް އޮންނަ ޔޫއޭއީގައި ފިލްމުތައް ސެންސަރު ކޮށްގެން ދެއްކުން ނިމުމަކަށް ގެންނަން ނިންމައިފި އެވެ.
މިކަން އެ ގައުމުގެ މީޑިއާ ރެގިއުލަޓީ އޮފީހުން އިއުލާންކޮށް ބުނީ ފިލްމުތައް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ދައްކާ ގޮތަށް 21 އަހަރުން މަތީގެ މީހުންނަށް އެއްވެސް ސެންސަރު ކުރުމަކާ ނުލައި ފިލްމުތައް ސިނަމާތަކުގައި ދެއްކޭނެ އެވެ. އެހެންވެ ކުރިން ވަކި ކަހަލަ ކޮންޓެންޓްތަކާ ހެދި ޔޫއޭއީގައި ފިލްމުތައް ދެއްކުން މަނާކުރި ނަމަވެސް އާ އުސޫލުގެ ދަށުން 21 އަހަރުން މައްޗަށް ފިލްމުތަކުގެ އިންޓަނޭޝަނަލް "އަންކަޓް" ވާޝަންތައް ދެއްކޭނެ ކަމަށް ބުންޏެވެ.
The Media Regulatory Office announced the inscribed of the 21+ for the age classification categories for cinema films. pic.twitter.com/NO5WxZveZy
— مكتب تنظيم الإعلام (@uaemro) December 19, 2021
މިގޮތަށް ނިންމި ނަމަވެސް ސިނަމާތަކުގައި ކުރިއެކޭ އެއްގޮތަށް ހިފަހައްޓަން ޖެހޭ އުސޫލުތަކަށް އަމަލު ކުރާނެ އެވެ.
ޔޫއޭއީގެ އިިތުރުން މެދު އިރުމަތީގެ ވަރަށް ގިނަ ގައުމުތަގައި ނިވާކަން ކުޑަ ގައިގޯޅި މަންޒަރުތައް ދައްކުވައިދޭ ފިލްމުތަކާއި އިސްލާމް ދީނާ ފުށުއަރާ ކަހަލަ ކޮންޓެންޓްތައް ހިމެނޭ ފިލްމުތައް ދެއްކުން މަނަލެވެ. އަދި އެފަދަ ފިލްމުތަކެއް ހުއްދަދޭ ނަމަ ހުއްދަ ދެނީ ފިލްމު ވަރަށް ބޮޑަށް ސެންސަރުކުރުމަށް ފަހު އެވެ.
މި ސަބަބާ ހުރެ މި ފަހުން މެދު އިރުމަތިން މަނާކުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ މަހު ރިލީޒްކުރި ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" އާއި މި މަހު ރިލީޒްކުރި ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ "ވެސްޓް ސައިޓް ސްޓޯރީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސި
25 December 2021
ރާއްޖޭގަ ވެސް މިކަން ކުރަން ވެއްޖެ. ޝްވެކް އަށް ގޮސް ފުލް ޕްރައިސްގަ ފިލްމަށް ޕޭ ކުރާ އިރު ތަންތަން ގަނޑު ކަނޑާލާފަ.
ށަވިޔަނި
23 December 2021
ފިލްމުތައް ސެންސަރު ކުރުމުން މިދުވަސްވަރު އެކަށީގެންވާ ނަތީޖާއެއް ނުނިކުމޭ. ކޮންމެ މީހަކު އަމިއްލައަށް އިސްލާހުވެ އެފަދަ މަންޒަރު ހިމެނޭ ފިލްމުތައް ނުބަލަންވީ. ހުރިހާކަމެއް ރަނގަޅުވާނެ.
މޮހިތު
23 December 2021
ރަނގަޅު ނިންމުމެއް 21ވަނަ ގަރުނަށް ފިޓްވާން ޖެހޭ!
ބުރުގާ
23 December 2021
ހެހެހެހެހ... މަރުހަބާ އަރަބި އެމިރޭޓްސް އައް. މަށައް ހީވަނީ އަރަބި އެމިރޭޓްސް ސަރުކާރު ރާއްޖޭގެ އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" ކޮޕީކުރީހެން...