އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލލް އަދި އެ އިދާރާގެ ޖެނަރަލް ސެކެރެޓްރީ ހުސައިން ޖަވާޒު --- ފައިލް ފޮޓޯ
23 ޑިސެމްބަރ 2021 - 16:48
ޕްރެޒިޑެންޓް ކަޕްގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުޅެން ޖެހޭ މެޗުތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަތް ކްލަބަކުން ވަނީ، "މިހާރު" ނޫސް ބައިވެރިވާތީ ކަމަށް ބުނެ ޕްރެޒިޑެންޓް ކަޕްގެ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓްކޮށްފަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑީއާއާ ވާހަކަ ދެއްކީ ދިނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން އެކަންޏެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ވަނީ ޕްރެސްގައި މީޑިއާ އިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިފަ އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފު ވުމެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެރެޓްރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ، ކްލަބްތަކުން ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި މައްސަލަ އެ އިދާރާގެ ކޮމިޓީތަކުން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ސާފު ކުރާނަން ކްލަބްތަކުން ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވި ސަބަބު،" ޖަވާޒު ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރާނެ ކަމަށް، މިއަދު އެންމެ ފުރަތަމަ އެންގީ މާޒިޔާއިންނެވެ. ޕްރީ މެޗު ޕްރެސް އަށް ހާޒިރުވެ، މާޒިޔާގެ މީޑިއާ އޮފިޝަލް ބުނީ، "މިހާރު" ނޫސް ބައިވެރިވާ އެއްވެސް ޕްރެސްއެއްގައި ބައިވެރިނުވުމަށް، ކްލަބްގެ މެނޭޖުމެންޓުން ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ބުނީ، މާޒިޔާ އިން އެގޮތަށް ނިންމީ ހަގީގަތާ ހިލާފަށް ޚަބަރު ފަތުރައި ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް "މިހާރު" އިން އަމަލުކުރަމުން ދާތީ ކަމަށެވެ.
މާޒިޔާ އަށް ފަހު ފަހަރަކު ކްލަބަކުން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ކަމަށް އަންގައިފަ އެވެ. ހުރިހާ ކްލަބަކުން ސަބަބެއްގެ ގޮތުގައި ދެއްކީ ވެސް އެއް ސަބަބެކެވެ. ޔުނައިޓެޑް ވިކްޓަރީން ޕްރެސް ބޮއިކޮޓް ކުރިކަން، އެ ކްލަބްގެ މެނޭޖްމެންޓުން އެންގީ، އެ ޓީމުގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ޕްރެސް ހޯލަށް ވަން ފަހުންނެވެ. ދަ ގްރާންޑޭއިން ޕްރެސް ބޮއިކޮޓް ކުރިކަން އެންގީ، އެ ޓީމުގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ޕްރެސް ހޯލްގެ ދޮރުމަތީގައި ހުއްޓަ އެވެ.
އެނގިފައިވާ ގޮތުގައި، ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓްކޮށް ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވީ، "މިހާރު" ނޫހުން ކުޅިވަރު ޚަބަރުތަކުގެ ސުރުހީތައް ގެންނަ ގޮތާއި ކުޅިވަރު ޚަބަރު ފަތުރާ ގޮތާމެދު ހިތްހަމަ ނުޖެހޭތީ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމްގެ މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި ކޮންމެ ބުދަ ދުވަހަކު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމަނުޖެހޭ މައްސަލަ ފާހަގަ ވެފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
- ޔުނައިޓެޑް ވިކްޓަރީ
- ކްލަބް ވެލެންސިއާ
- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ކްލަބް އީގަލްސް
- ޓީސީ ސްޕޯޓްސް ކްލަބް - ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް
- ކްލަބް ގްރީން ސްޓްރީޓް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހޭ
24 December 2021
ތިޔަކަަން ބަލާފައި ނިމުނުގޮތެއް ނުވަތަ ވީގޮތެއް އަންގާލަދިނިއްޔާ ރަނގަޅު.
ނޫނެކޭ
24 December 2021
ނުބަލާނެޔޭ، ހަމަގައިމުވެސް ތިއިން ކުލަބަކަށް ފިޔަވަޅު އަޅާނީ ކިހިނެއްހެއްޔޭ. ބައްސާމުގެ ކޮށި އަދި އުމުރުނުފުރޭ ވިސްނުމުންކުރުވި ބޮޑުކޮސް ކަމެކޭ.
މުލޭ
24 December 2021
ތިއިން ކްލަބަކާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާނެ. މައްސަޅަ ބަލާނެކަަމަށް ބުނުމުން އެނިމުނީ. ގުޅިގެން ހިންގި ކަމެއް ވިއްޔާ. އަޑީގައިތިބީ އެފްއޭއއމްގެ އިސް މީހުން. ބައްސާމުއަށް ވަރަށް ސަލާން. ތިޔަ ކްލަބްތައް ބޭނުންހާ ގޮތެއް ހަދަން ބައްސާމަށް މަޖުބޫރުވާނެ. އެއީ ނިއުރޭޑިއެންޓު ނިޒާމުން ގެއްލުވާލުމުގެ ބަދަލެއްގެ ގޮތުން. ކަންމަތީކުދިން ޕްރޮމޯޓުކުރަން ހަދައިގެން ގައުމުވެސް ހަލާކުވަނީ.
ޔުނާޓެޑް
24 December 2021
ވަރައް ރަނގަޅު ތިތާ އުޅޭ ބައެއްކުދިން އެވޯޑު ހޯދާ އުސޫލުވެސް ބަދަލު ކުރަންޖެހޭ
އަޙްމަދު އިސްމާއީލް ބޯގަންވިލާ
24 December 2021
ހުރިހާ ކުލަބަކާމެދު ހަރުކަށި ފިޔަވަޅު އަޅާ ބޮޑު ޖޫރިމަނާ އެއް ކުރާނަން.
ހަޖާމުބޭ
24 December 2021
މިހާރު ނޫހަށް ސާބަސް ދެން. ހުރިހާ ނޫސް ވެރިން ނާއި, ނޫސްތައް އަދި ޓީވީ ސްޓޭޝަން ތަކާއި ސްޕޮންސަރުން ގުޅިގެން އެފް.އޭ.އެމް އާއި ކުލަބުތައް ޒިއްމާ ދާރުކުރުވަން މަސައްކަތް ކުރަން ފަށަން ވީ ވަގުތު އައިސް ޖެހިފަ މިއޮތީ. ގުޅިގެން ކުރާަމަސައްކަތުން ނަތީޖާ ނެރެވޭނެ.
ސަފޯޓަރ
24 December 2021
ބަންސާމަކީ ވަރަށް ޒާތީ މީހެއް. ތިމާގައިގަ އަތް މިއަދު ނުލެވުނަސް މުޅި އުމްރަކަށް ތި މަގާމްގަ ނުހުރެވޭނެ. އެއީ ދުނިޔޭގެ ކަން ހިގާ ގޮތް. ތިއަށްވުރެ މާ ހުދުމުހުތާރު ކަން ދެށްކި މީހުންގެ އާރާބާރު މިއަދުވަނީ ކެޑިފަ. އަހަރެން ދޭނި ނަސޭހަތަކީ ނިއު ވިކުޓްރީއަށް ދިވެހި ފުޓްބޯޅައިން ޖާގަ ދޭށޭ. ފާޑްކިޔުމަކީ ކުރިއެރުމެއް ކަމަށް ބަލައިގެން ކުރިއަށް ދާށޭ. ހަވީރު ނޫހަކީ ރާއްޖޭގެ ނަންބަރވަން. ކުޅިވަރަށް ވަރަށް ހިދުމަތް ކުރާ ނޫހެއް.
ގސައޖ
23 December 2021
ދެން ކުޑަ ކުއްޖަކަށްވެސް އެނގޭނެދޯ މިޒާތުގެ ކަންކަމަކީ ވަކި ގޮތަކަށް ވަކި ދިމާލަކުން އަންނަ އޯރޑަރ ކަން. ހުރިހާ ކުލަބަކަށް ވަކި މީޑިއާއެއް ބޮއިކަޓުކުރަން ބުނި މީހަކު ހޯދަންވީ. އެހެން ނޫނީ ފުޓުބޯޅަދެކެ ވާ ލޯބިން ބައްސާމު އަމިއްލައަށް އިސްތިއުފާ ދޭންވީ
ބަކަޓް
24 December 2021
މީހަކުވެސް ހޯދަންވީ. އަދި ކްލަބްތަކަށްވެސް ސުވާލުކުރިމަތި ކުރަންވީ. އަނެއްކާވެސް ވިދާޅުވީމާ ކަންކުރާ އުސޫލް އުފަންވީބާ؟
ސަސސި
23 December 2021
ބައްސާމު އިސްތިއުފާ ދޭން އުޅުނިއްޔާ މާ ރަގަޅުވާނެ، ފުޓްބޯޅައަށްް ރަގަޅަށް ކުރެވޭނެ އިތުރު ކަމެއް ނެތް
ސީޒަން ޖެކުހަން
23 December 2021
ހީވާގޮތުން ތީ އަޑިއަޑިން ކުޅޭ ގޭމެއް.