އައްޑު އަކީ އިންޑިއާގެ އެންމެ ގިނަ މަޝްރޫއުތައް ރާއްޖޭގައި ހިންގާ ސިޓީ.
"އިންޑިއާ އައުޓް" ގެ ނަމުގައި ފޭދޫގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން. ފޮޓޯ/ ޕީޕީއެމް
25 ޑިސެމްބަރ 2021 - 11:36
ޕީޕީއެމް/ޕީއެންސީން މިހާރު މަސައްކަތް ކުރަނީ އިންޑިއާ އިން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން ނިހާދު ތަމްސީލު ކުރައްވާ ދާއިރާގައި އިއްޔެ ހަވީރު ބޭއްވި އެއްވުމަށް އިޝާރާތް ކުރައްވައި އޭނާ ރޭ ވިދާޅުވީ "އިދިކޮޅުން މަސައްކަތް ކުރަނީ ޕްރޮޖެކްޓްތައް ހުއްޓުވަން" ކަމަށާއި "އެއީ ވަރަށް ދެރަ ކަމެއް" ކަމަށެވެ.
"ދަންނަވަން އޮތީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ވާހަކަ. އެއްވެސް އުނދަގުލެއްވާ ނަމަ އެ ވެރިން [އިދިކޮޅު ކޯލިޝަންގެ މީހުން] ހުއްޓުވައިގެން ވިޔަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ." އެމްޑީޕީގެ މެމްބަރު ނިހާދުގެ ޓްވީޓުގައި ވިދާޅުވި އެވެ.
Idhikolhun Masakkaih kuranee project thah huttuvan! Varah Dhera kameh Dho? Dhannavan othee Evves project eh huttumeh nethi kuriyah gendhaane vaahaka! Evves undhaguleh vaanama everin huttuvaigen viyas project thah Kuriyah gendheveyne!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 24, 2021
އައްޑު އަކީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް މި ވަގުތު އެންމެ ގިނަ ސިޓީ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެ ގައުމުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެވަނަ އަަށް އެންމެ ބޮޑު މަޝްރޫއު ވެސް ހިމެނެ އެވެ. އެއީ މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް އެކެޑެމީ) އެވެ. މި ތަނަކީ އިންޑިއާ ސަރުކާރުގެ 18 މިލިއަން ޑޮލަރުގެ ހިލޭގެ އެހީ ޕްރޮޖެކްޓެވެ.
އިންޑިއާ އިން އައްޑޫގައި ކުރިއަށް ގެންދާ އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމާއި ގޭދޮށު މަސް ފެކްޓަރީ އާއި އައްޑޫގެ އިކޯ ޓޫރިޒަމް މަޝްރޫއަށް އެހީ ދިނުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ރާއްޖެ އަށް އިންޑިއާ އިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އެއާޕޯޓް ތަރައްގީ ކުރެ އެވެ. އެ އެހީގެ ދަށުން އެއާޕޯޓް ތަރައްގީ އަށް 17 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސު
26 December 2021
އިދިކޮޅާ ދޭތެރޭ ނުވިސްނާ ޕުރޮޖެކްޓް ހިންގަބަލަ. އޭރުންތާ ތަރައްގީ ގައިމު ވާނީ
ފޯކައިދޫ ދަރިއެއް
25 December 2021
އިންވެސްޓްމެންޓު ހޯދަންވީ އިންޑިޔާ ކަހަލަ 3 ވަނަ ދުނިޔޭގެ ގައުމަކުނެއް ނޫން. ތަރައްގީ ވެފައިވާ ގައުމުތަކުން. މިވަރުން ދަންޱާ މިވެރިކަމުގައި އިތިއޯޕިޔާ އިންވެސް ލޯނު ނަގާނެ.
ބޮޑުޖުހާ
25 December 2021
ހައިރާންވޭ. އިދިކޮޅޭ ބުނީމަ އެއްކޮޅުވާނެ ކަމެއްބުނެބަލަ! އިނާޔަތާ ހިމާޔަތާ ހޯދަންނޫނީ ؟؟
ބޮޑުމީހާ
25 December 2021
މީހަކު ފާޅުކޮށްލާ ހިޔާލަކުން މަޝްރޫތައް ހުއްޓޭބާ!
ޞާލިޙް އަލް އިޞްލާޙް
25 December 2021
މަންމަ ފައްޓަރުބައި ވިއްކައިގެން ހޯދާ ތަރައްޤީ އައްޑޫ ރައްޔިތުން ބޭނުމެއްނޫން.
ލުގުމާން
25 December 2021
މިސޮރު މިކިޔާއެއްޗެއް ސާފެއްނުވޭ . ބަލަ މަވެސް މިހިރީ އައްޑުގަ. މިތާގަ ހިނގާ އެއްވެސް ޕްރޮޖެކްޓެއް ނުފެނޭ . ހޯދާ ހޯދާވެސް ނުފެނޭ
ޙަބީބު.
25 December 2021
އައްޑޫގެ ޕުރޮޖެކްޓްތައް 3 އަހަރު ވީއިރު ނުނިމި ޔާމިނު އަރާ އިންޑިޔާ މިލިޓަރީ ބޭރުކުރާށޭބުނީމަ ތިޔަބުނީ ޕުރޮޖެކްޓު ހުއްޓުވަނިއްޔޭ ތީކޮންކަހަލަ ޕުރޮޖެކްޓެއް އިންޑިޔާ މިލިޓަރީ ޕްރޮޖެކްޓުތައް ވާހަކަ ވިއްޔާ ތިޔަބުނީ ތެދެއް
އަބުދުކަލޯ
25 December 2021
އިދިކޮޅު މިއީ ކޮންކޮޅެއްބާ. އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް އެއްވެސްކަމެއް ނުކުރޭ އަދި ފެންނަގޮތުން ނުވެސްކުރާނެ. ކޮންމެފަހަރަކު ވެރިކަމަށް ވޯޓުހޯދަންވީމަ ވައުދުލިސްޓު ފެންމަތިކޮށް މީހުން މަގުފުރައްދާއުޅޭނެ. ދެން ކޮންމެ ޕާޓީއަކުވެސް އުޅޭދެތިން މީހަކު މެދުވެރިކޮށް ރައްޔިތުން މަގުއޮޅުވާލާތަން މިފެންނަނީ މިއީ ރައްޔިތުން ފުންކޮށްވިސްނަންޖެހޭކަމެއް. އިންޑިޔާމިހުން ތިބޭނެ ގެދޮރުއެޅުމާއި މަގުހެދުމަކީ ރަށުގެ ތަރައްގީއެއްނޫން.
އޮނަރަބްލް އަފީފު ދީދީ
25 December 2021
ނިހާދުގެ ޙަޤީގީ މަޤުސަދުނޭގުނު ކަމުގައިވިޔަސް ޔަޤީން ކަމާއިއެކު ބުނަން ކެރިދާނެ "އައްޑޫ ތަރައްޤީގެ އެއްވެސް ކަމަކަށް އަދި އައްޑުއަށް ކުރިއެރުން ލިބޭނެ ހަމަ އެއްވެސް ޕްރޮޖެކްޓަކަށް" އައްޑޫ ރައްޔިތުން ހުރަސް ނާޅާނެ ވާހަކަ. # ހަދާން ހުރިބަޔަކަށް އިގޭނެ އެމްޑީޕީ ވެރިކަމުގައި ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށް އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ކުރަން އޭރުގެ ޑީއާރޕީ ދެކޮޅު ހެދުމުން، ޕާޓީގެ އައްޑޫ ގޮފިން ހުސަން ސޯލިޙް ބަޔާންނެރުނުކަން.
އޮނަރަބްލް އަފީފު ދީދީ
25 December 2021
އައްޑޫގެ އިޤްތިސޯދަށާއި އައްޑޫ ރައްޔިތުނަށް ލިބިފައިވާ ނިކަމެތިކަމާއި ނުތަނަވަސް ކަމަކީ ސޯލިޙް ވެރިކަން ހޯދުމަށް ސިޓީގެ ރައްޔިތުނަށް ހުށަހެޅުއްވި "އައްޑޫ ވައުދު ނާމާ" އާއި މަޖިލީހުގެ ގޮނޑިތަކުގެ ބޭނުމުގައި އެމްޑީޕީ ވިއްކި މެނިފެސްޓޯ އާއި އެއްގޮތަށް ސޯލިޙް ސައރުކާރާއި އެމްޑީޕީ ވައުދު ނާމާއާއި އަހުދު ތަކަށް ބޭވަފާތެރިވުމުން ދިމޥެފައިވާ ކަންކަން ނޫންތޯ. # މަޖިލިހަށް އައްޑޫ ރައްޔިތުން ހޮވާފައިވާ މެންބަރުން ލަދުގަންނާންޖެހޭނެ ތިގޮތަށް ވާހަކަ ދައްކަން.