ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ހާއްސަ ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު ހަމީދު (ކ) އަދި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ ރައީސް އޮފީސް
28 ޑިސެމްބަރ 2021 - 11:50
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފި އެވެ.
އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު އިތުރަށް މަސައްކަތްކޮށް، މަސްތުވާތަކެތީގައި ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ގެންނަ މަސްތުވާތަކެތި ހޯދައި، އެ އެއްޗެހި ނައްތާލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
އެކަމަކު މުޅި މައްސަލައަށް ހައްލެއް ނުލިބި، މަގުމަތީގައި މަސްތުގެ ހާލަތުގައި ލިބޭ މީހުން ގިނަވެ އެކަމުގެ އުނދަގޫ އާއްމުންނަށް ފޯރަމުން ދިއުމާއި އިޖުތިމާއީ އަދި އިގްތިސާދީ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ. ނަމަވެސް އެ ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލެއް އަދި އެ ފޯހުގައި ތިއްބަވާ މެމްބަރުންގެ ތަފްސީލެއް ނުލިބެ އެވެ.
ރާއްޖޭގައި މި ވަގުތު އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ހައްލުކުރުމަށް ރައީސް އިސްވެ ހުންނަވައިގެން މަސައްކަތް ފެއްޓެވިއިރު، މަސްތުވާތަކެތި ބޭނުންކުރާ އައްޑާތައް ބަންދުކުރުމާ އެކު މަގުމަތީގައި އޭގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އަދި މަސްތުން ސަލާމަތްވާން ފަރުވާއަށް ދެވޭނެ ފަސޭހަ ގޮތެއް ނެތުމުގެ ސަބަބުން މަގުމަތީގައި ދިރިއުޅެމުންދާ މީހުން ވެސް ގިނަވެފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުގެ ސިޔާސަތުތައް މީގެ ކުރިން ހަދަމުން ދިޔައީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ޗެއާކުރައްވާ ކައުންސިލްގައި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
29 December 2021
ހޮއްހޯއް! އަނެއްކާ ނަންބަދަލު ކޮށްލާފަ ކޮމިޝަނެއް ހަދާލީދޯ. އެސެޓް ރިކަވަރީ ކޮމިޝަނާ މަރުކޮމިޝަނުގެ މަސައްކަތުގެ ވާހަކަ ވަރަށް ޓްރެންޑިން. އަދިވެސް އަދިވެސް.... އެހެންވީމާ މިފަހަރުގެ ކޮމަޝަނުގެ މަސައްކަތްވެސް ޓްރޭންޑިން ވާނެތާދޯ. ކަޑަ؟
ފޫޅު އަލިބޭބެ
29 December 2021
ޓާސްކު ފޯސް ގަންނާނެ ގަނޑަކީ އިސްކޫލު ފޮތަކާ ފަންސުރެއް ހިފައިގެން ނިކުމެ ގޭންގުތައް އުޅޭ ސަރަހައްދުތަކަށް އަރާ އެތާ ތިބޭ މީހުންގެ ނަންނޯޓުކޮށްލައިފާ ފުލުހުންގެ ޑާޓާ ބޭހަށް ވަރަށް ގިނަ މަސައްކަތް ކުރި ކަމަށް އިންޓަރ ކޮށްލުމާ، ޗެކު ޕޯސްޓު ޖަހައިގެން ނަމުގައި މަސްތުވާ އެއްޗެހި ހުއްޓުވަނީ ކަމަށް ދައްކައިގެން އަހަރީ ފީ އާ ރޯޑުވާދިނަސް ބަލާފާ ޖޫރިމަނާކޮށްލާފަ ސަރުކާރަށް ފައިސާ ހޯދުމާ އެކަން ވެސް ފުލުހުންގެ ޑާޓާބޭހަށް އެގޮތަށް އިންޓަރކޮށްލުން.
ފުޅިކުޑޭ
28 December 2021
ހަދާންވަނީ ތަންކޮޅެއްކުރިން މީހަކު ކިޔާދިންވާހަކައެއް. މާލޭ ކަސްޓަމްސްތެރޭ ކޮމެޓީތައް އުފެއްދުނުވަރު ގިނަވެގެންގޮސް ބޮއްސުންލައި ބައެއްކަންކަން ކުރަންޖޭ ބަޔަކުނޭގި އޮޅިސޯޅިއާވެގެންދިޔަވަރު ހައްލުކުރަން ވެރިންގެމެދުގައި ބައްދަލަވުމެއް ބޭއްވި ނަތީޖާއަކަށްވީ ކޮމެޓީތަކަށް ހައްލުހޯދުމަށާއި ކޮމެޓީތައް މަދުކުރަން މަސައްކަތްކުރާނެ ކޮމެޓީއެއް އުފެއްދުން. އަނެއްކާވެސް އިތުރު ކޮމެޓީއެއް!!!. މިއީވެސް އެކަހަލަ ވާހަކައެއް.
ސަސް
28 December 2021
ކޮމިޝަންތައް ހަދާ ވަރުބަލިވީމާ ޓާސްފޯރސްއަށް ހިޖުރަކުރީތޯ؟
ވަހީދާ
28 December 2021
ތިޔަ ޓާސްކްފޯރސް އަށް ނަންގަވަންވީ މާ ޒުވާން ބޭފުޅުންނެއް ނޫން. ރަގަޅު ނަތީޖާއެއް ނެރެވޭނީ ދުވަސްވީ ހަރު ބޭފުޅުންގެ ލަފައާއި އިރުޝާދުގެ ދަށުން. ޑްރަގްކައުންސިލް ގައިޒުވާން ބޭފުޅުންނާއި އެކުވެސް މިދެންނެވިފަދަ ބަސް ވިކޭހަރުދަނާ ދެތިން ބޭފުޅުން ތިއްބެވުން ވަރަށް މުހިއްމު.
މަގޭގޮތޭ
28 December 2021
މަސްތުވާތެކެތި 1 ގުރާމް އެއަށްވުރެ މަދުވިސް ގިނަޔަސް މަގުމަތިން ސައްކުވާ މީހުން ބަލާފާސްކޮއް އަތުލާގެން ކޮންމެހެން ހައްޔަރު ކުރުމުގެ ބޭނުމެއްނެއް ތިކަން ރ ސޯލިހު ކޮއްފިނަމަ ރައްޔަތުން ލޯބިިން ބަލައިގަންނާނެ ތިކަން ވާނީ ފުލުހުންނާ ސިފައިންގެ ތެރެއިން ﷲ އަށް ބިރުވެތިވާ ބަޔަކު ނެރެ ފުރިހަމަ އިހްތިޔާރާ ބާރުދީގެން.
ކަށްބޯ ހެރަ
02 January 2022
ބަރާބަރު
ފެންތަށި
28 December 2021
ތި ނިމުނީ ތިކަން ތި ފޯހުން ކުރެވޭނެ ކަމެއް ހަމަ ހަރާން އުފެއްދި 3 ކޮމިޝަނެއްވެސް ވަނީ އުވާލަން ޖެހިފަ އެސްޓް ކޮމިޝަން މަރު ކޮމިޝަން ކަހަލަ ތަންތަން ނެތުން މާ ރަނގަޅު ހުރުމަށް ވުރެވެސް
އިސްމާލި
28 December 2021
ތަންކޮޅެއް ކުރިން ހަރުކަށި ފިކުރޭ ކިޔައިގެން އަޑުތަކެއް އަރުވާފައި ދެން ފެނުނީ ކޮންމެސް ޖަމިއްޔާއެއްގެ އިސް މީހުނަށް އެތެރެ ކޮއިލުން ބޮޑެތި ކޮންސަލްޓަންޓުކަން ދިން ތަން. އެއިގެ ފަހުން ހަރުކަށިފިކުރު ނެތި ހިނގައްޖެ.
ހިބަރު
28 December 2021
ތިހެން ވީއިރު ދެން ވާނީ އިހުނަށް ވުރެ އިތުރު...
ރައްޔިތުސޮރު
28 December 2021
މަރުކޮމިޝަން، ރިކަވަރީ ކޮމިޝަން ހެއްދެވިގޮތަަށް ކޮންމެހެން މުސާރަދޭންޖެހޭ ގާތްކުދިންކޮޅެއް ތިބީމަ އެކަންކަން ކުރެއްވިގޮތަށް "ނަމަކަށް" ކުރައްވާ ކަމެއްތޯ މިވެސް!