ޚަބަރު / ސިވިލް ކޯޓް

ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ 489 ސިވިލް ސާވަންޓަކު ކޯޓަށް

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

28 ޑިސެމްބަރ 2021 - 19:45

22 comments

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ، 489 މުއައްޒަފެއްގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވަޒީފާގެ ކުރިއެރުން ހަމަހަމަކޮށް ލިބުމުގެ ހައްގުން މަހުރޫމު ވެފައި ވާތީ، ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން އިސްނަގައިގެން ހުށަހަޅާ މި މައްސަލައިގައި 14 އަތޮޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުން ހިމެނެ އެވެ.

އެ މުއައްޒަފުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ.

އެ ލޯ ފާމުން ބުނީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިވިލް ސާވިސްގެ ހެލްތު ޕްރޮފެޝަނަލްގެ ފަންނީ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި ކުރިއެރުން ނުލިބެނީ އެކަން ކުރެވޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށެވެ

އެއީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހައްގެއް ކަމަށާއި އެ މީހުންނަށް ވަަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް، ތަންފީޒު ކުރުމަށް ސީއެސްސީ އާއި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަށް އަމުރު ކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައިވާ ކަމަށް ވެސް އެ ލޯފާމުން ބުންޏެވެ.

22 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާބެ

29 December 2021

ނުލިބޭކަމައް ވަންޏާ އެހެންގައުމުތަކުގަ ތިޔަ ވަޒީފާތައް ހުންނާނެ އެޕްލައިކުރީމަ ވާނެ ސަރުކަރައް ނާގާބިލްމީހުން ހޮވާފަ ތިޔަކމެއް ނުވާނެ

The name is already taken The name is available. Register?

މުހައްމަދ

29 December 2021

ރަގަޅު ނިންމުމެއް އަދި މިކަމުގަ ޒިންމާވި (2008 ފެށިގެން) ހުރިހާ ބަޔަކު ޝާމިލްވާގޮތަށް އެބަޔަކާއި ދެކޮޅަށް އިތުރު ދައުވާއެށް ވެސް ހުށަ އަޅަން ޖެހޭ

The name is already taken The name is available. Register?

އަތްޖަހާ

29 December 2021

ްޮއޮގަނައިޒޭޝަން ޗާޓްގަ ތިބި އަދަދަކަށް ދޯ މެނޭޖަރުންނާއި ސީނިއާރ ޕޮޒިޝަންތައް ހެދޭނީ. އެންމެން ސީނިއާސްތަކަށް ހެދީމަ ކާކު ފްލޯގަ ޚިދުމަތްދޭން ހުންނާނީ.

The name is already taken The name is available. Register?

މަރީނޯ

29 December 2021

ލަދުވެތިކަމެއް ،،، މިފަދަދަރަޖައަކަށް ދާންޖެހޭތީ ،،، ކޮންމެވެސް ބައެއްގެ އިހުމާލުން ވެފައިވާ ކަމެއް ،،،

The name is already taken The name is available. Register?

ޑިމޮކްރަސީ

29 December 2021

މިހާރު ކޮވިޑް އެލަވަންސް އޭ ފްރޮންޓް ލައިން އެލަވަންސް އޭ ކިޔައިގެން ދިންލާރިގަޑު ނުލިބެންފެށީމަ ތެޅިގަތީ އޭއްޗެކެ މީއްޗެކޭ ކިޔައިގެން އަވަހައް އެމިކްރޯން ނޫނީ މައިކްރޯން އެލަވަންސެއްދޭންފަށާ އޭރުން ތިކަން ހަމަޖެހިދާނެ

The name is already taken The name is available. Register?

ެއއބ

29 December 2021

ބަޔަކަށް ވަޒީފާގެ ކުރިއެރުން ނުދީ 13 އަހަރު ބޭއްތިއްބި ވާހަކަ މިދައްކަނީ މީކީ ކުޑަ ކަމެއްނޫން

The name is already taken The name is available. Register?

ޑެބީ

29 December 2021

ކުރިއެރުން ދޭންޖެހޭ ވަރަށް މަސައްކަތް ނުކުރެވެނީ ކަންނޭގެ އެއްނު.

The name is already taken The name is available. Register?

ޑެބީ

29 December 2021

އަތޮޅުތެރޭ ކުދި ރަށްރަށުގަ ތިބެނީ 2 ވަރަކަށް ނަރުހުން. ދެން އަހަރަކު އެެއްފަހަރު އެދެމީހުނަށް ޕްރޮމޯޝަން ދޭންވީ؟ 5 އަހަރުވާއިރު 2 މީހުންވެސް ތިބޭނީ ޑިޕާޓްމަންޓުގެ ހެޑުންގެ ގޮތުގަ. ހެޑަކަށްވީމަ ބަލިމީހުނަށް ހިދުމަތްދޭން ވަގުތު ނުލިބޭތީ އަނެއްކާވީ އިތުރު 2 ނަރުހުން ހޯދަން. އޭރު ރަށު އާބާދީން މިވަނީ އިތުރު 20 ޕަސަންޓް މާލެ ސިޓީއަށް ހިޖުރަކޮށްފަ. 15 އަހަރުވާއިރު ތިބޭނެ 6 ހެޑްނާސްއާއި އިތުރު 2 ނާސް. ރަށު އާބާދީ 100 މީހުން ކިރިޔާ ހަމަވަނީ.

The name is already taken The name is available. Register?

އެކެއ

29 December 2021

އެކަކު ހުއްޓަސް ދޭންޖެހޭ އެއްޗެއް ޖެހޭނެ ދޯ ދޭން

The name is already taken The name is available. Register?

ޅޖލލޖކ

29 December 2021

ހަހަހަ ޝަރުއީދާއިރާ އަކީވެސްކުރިއެރުންދޭ ދާއިރާއެއްނޫން.

The name is already taken The name is available. Register?

ފުނޑިއްޖެ

28 December 2021

ނަސީމް ގެނެސްގެން ސަކަރާތް ޖަހަންފެށިފަހުން ސިއްހީ ދާއިރާ ބޮއްސުންލައި އަތަށް ގޮވައިފި. ރަގަޅަށް ހިނގަހިގާ ހުރިތަނެއް ފުޑާލައިފި

The name is already taken The name is available. Register?

ހަޑިގިއްލާ

28 December 2021

ރަސްމީ ގަޑީގަވެސް އަދާކުރާ ޑިއުޓީއަކީ އޮންލައިން ކުލާސް.. ނޫންނަމަ އަބަދުވެސް ބްލޮކްމޯޑެއްގަ. ތިއިން މީހެއްފަރާތުން ވަޒީފާގެ ޒިންމާއެއް ނޯވޭ.. އަބަދުވެސް ކޮންމެވެސް އެލަވަންސެއް ނުލިބިގެން.. ދޭ ހިދުމަތެއް ކުރިއެއްނާރާ..

The name is already taken The name is available. Register?

2008

29 December 2021

2008 ޢިން ފެށިގެން އެހުރީ ނަސީމު ތަ

The name is already taken The name is available. Register?

ޙަބީބު

28 December 2021

ރަނގަޅު ކޯޓު ތެރެޔައް މައްސަލަ ލާފަ ބަހައްޓާ ވާރެޔާ ތެމިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454