23 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
29 ޑިސެމްބަރ 2021 - 11:55
މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެ ވާހަކަ ދައްކާއިރު، ސިޔާސީ މަންފާއެއް ހޯދުމަށް ކަން އޮތް ހާލަތު އެނގި ތިބެ އެ ވާހަކަ ދައްކާ ބަޔަކު ވެސް އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މާލޭގެ މީހުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ ގިނަ ބަޔަކު އެއީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެ ވާހަކަ ދައްކާއިރު، އޭގެ ތެރޭގައި ސިޔާސީ މަންފާއެއް ހޯދުމަށް ކަން އޮތް ހާލަތު އެނގި ތިބެ އެ ވާހަކަ ދައްކާ މީހުން ވެސް އެބައުޅޭ ކަމަށެވެ.
23 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެ އެންމެގެ ވާހަކަތައް ވެސް އަޑުއަައްސަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ވެރިކަމުގައި މާލޭގެ މީހުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިިޔާވަހިކަމާއި ގޯތި ގެދޮރުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ހުޅުމާލޭގައި 5،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލޭގެ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުއެއް ވެސް އެ ތަނުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެެއް ނޫން. ހުޅުމާލެ އިން ވެސް ލިބޭނެ. އެހެން ފަޅުތަކުން ވެސް ލިބޭނެ. މި ދައްކަނީ 1،000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ތިން ހަތަރު ގުނައަށް މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން،" ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން ނިންމާފައިވާތީ ސަރުކާރުގެ ގޯތި ވިއްކުމުގެ ސިޔާސަތު ބަދަލުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެމީހުން ބުނާ ގޮތުގައި މާލޭގައި ބޯހިޔާވަހި ކަމަށް ބޭނުން ވެފައިވާ އެތައް ބަޔަކު ތިއްބައި "މުއްސަނދިން" އަށް ގޯތި ވިއްކުން ބަލައެއް ނުގަނެވެ އެވެ.
އެ ފާޑުކިޔުންތަކާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް އިއްޔެ ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން އިއުލާން ކޮށްފައި ވަނީ އެ ކުންފުނިން ވިޔަފާރި އުސޫލުން ވިއްކުމަށް ކުރިން ރާވާފައިވާ ބިންތަކެއް ކަމަށާއި އެއީ އާންމުންނަށް ގޯތީގެ ގޮތުގައި ދޫކުރަން ރާވާފައިވާ ބިންތަކެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަބުނެލީ މިވާހަކަ
30 December 2021
މީގެކުރިން އެތަށްސަތޭކަ ގޯއްޗެއް ނީލަމުގަ ވިއްކިއިރު ބަރާބަރު، އަމިއްލަޔަށް ވިއްކާފަ ގަތްއިރުވެސް ހަމަ ބަރާބަރު، މިހާރު ވިއްކީމަ ސަކަރާތް ކަމަކުނުދެ. މިދެކޮޅުދިމާކުރާނެ ގޮތެއް ކިޔާދެއްވާ.
ރޮކެޓް ސައިންސްް
30 December 2021
ކޮބާހޭ ހަވަރު ތިނަދޫގަ އަޅަންބުނި ޓާޝަރީ ހޮސްޕިޓަލް. ޔާމިން ސަރުކާރުން ހަވަރު ތިނަދޫގަ ހިއްކާފަ އޮތް 53 ހެކްޓަރު ބިމުން ގޯތި ދޫކުކޮއްގެން ތިއުޅެނީ އެއީ ޔާމިން ހިއްކާފަ އޮތް ބިމަކަށްވީމަތަ.
ތެދެއްދޯ
29 December 2021
އޭގެން އެކެއް ރައީސް އިބޫ އަކީ
ސައިންޓިސްޓް
29 December 2021
ސަރުކާރު އެންމެ ޖެހިލުންވެ ބިރު ގަންނަ ކަމަކީ ދިވެހި ރައްޔިތުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކޮށްގެން މިނިވަންކަމާ ފުދުންތެރި ކަމާ އެކު އާއިލާ އެކުގައި ގުޅިގެން ދިރިއުޅެން ފަށާފާނެތީ އާއި، ރަނގަޅު ސިއްހަތެއްގައި ތިބެދާނެތީ ސިއްހީ ފަރުވާ ފަސޭހަ ކަމާއެކު ކާރިން ރަނގަޅު ފެންވަރެއްގައި ލިބިދާނެތީ. މި ދެ ކަންތަކުގައި ސަރުކާރު ވަރަށް ވާހަކަ ގިނަވާނެ އޮޅުން ބޮޅުންކޮށް އެކި ގޮތްގޮތަށް އެކިފަހަރު ވާހަކަ ފަތުރާނެ ، ބަހަނާ ގިނަވާނެ.
ބޮޑުމީހާ
29 December 2021
މިބޭފުޅާ ހީކުރަނީ ކަންނޭގެ މިބޭފުޅާގެ ވެރިކަން ނިމެނީ 2030 ގަ ކަމަށް. އަދިވެސް ވައުދުވުމުގަ ބަދަލެއް.ނުފެނޭ
ކުދުބެއްޔާ
29 December 2021
މާލެ ސަރަހައްދުން 4000 ގޯތި ދޫކުރާ ވާހަކަވެސް މީ ސިޔާސީ ވާހަކައަކާ ވަރަށް ވައްތަރު. އަދި މުއްސަދިންނަށް ގޯތި ވިއްކާ ވާހަކަޔަށް ދުއްވާލި ދެބޯގެރިޔަކަށް ވުންވެސް ވަރަށް ކައިރި 4000 ގޯތީގެ ވާހަކަ.
ގޮވީޔޭތަ
29 December 2021
އަތަށްގޮވީ ކާކުގެތަ؟ މޭޔަރަކީ މާލޭގައި ގެދޮރުހުރި މީހެއް. އެކަމަކު އޭނަގެ މިނިސްޓަރު ކަމުގައި ހުޅުމާލެއިން 400 ބިން ވިއްކި. އަމިއްލައަށް ބިމެއް ގަނެ، އޭރުބުނީ ވިއްކާތީ އަމިއްލަ ފައިސާއިން ބިމެއް ގަތީއޭ. އެކަމަކު މިސަރުކާރުން 60 ބިން ވިއްކުން ގޯސް. މޭޔަރަށްވެސް މިހާރު މާލޭ ރައްޔިތުން ތިބިކަން ހަނދާން ވެއްޖެ. އޭރު ބިން ވިއްކައި އަމިއްލައަށް ގަތުންވެސް އޯކޭ. މިހާރު ބިން ވިއްކުން ގޯސް. އެކަމަކު މިފަހަރު އަމިއްލަ ފައިސާއިން ބިމެއް ނުގަންނާނެބާ؟
ވިސްނާލުމަށް އެދެމޭ
29 December 2021
ބޭފުޅާ އޮޅުވާނުލާބަހެއް ބުނުމަކުން ލިބޭނެގެއްލުމެނެތް މުއިއްޒު 400ގޯތިވިއްކަން އިއުލާނުކުރީ2018ގެ އޮކްޓޯބަރުހިސާބުގަ.4ލައްކަރުފިޔާއަށް 1000އަކަފޫޓު ޑައުންޕޭމަންޓަށް 25ހާސް ބާކީބައިބަހަލައިގެން ދެއްކޭގޮތަށް މިކަންހުއްޓުވީ މޑޕއިން އސސ މެދުވެރިކޮށް ގޯތިވިއްކަނީ މާއަގުހެޔޮކޮށް ކަމަށްބުނެ ދެންބުނެބަލަ ރައްޔިތުނާމެދު އޯގާތެރިބަޔަކު ރައްޔިތުމީހާގެ ދިރިއުޅުމާގުޅިފަހުރި މިވަރުގެކަމެ ހުއްޓުވާނެތަ ހަސަދަވިޔަސް ކަންކަންއޮޅުވާނުލަން އެދެން ފަހުންހެކިދޭންޖެހޭ
ޒިންދަގީ
29 December 2021
ތިޔަވާހަކަ އެންމެ ގިނައިން ދައްކަނީ މަނިކްފާނުގެ ބެސްޓްފްރޭންޑު.. އަދި މަނިކުފާނުގެ އެންމެބޮޑު ސިޔާސީ ވާދަވެރިއަކީވެސް މިހާރު އެއީ.. ހަމަ ބުނެލީ.
ޙަބީބު
29 December 2021
އަތައް ގޮވީމަ ބުނަނީ ކު ރިންނިންމާފައޮތްކަމެކޭ ތާހި ރެއްނު
އިހަށްބަލާ
29 December 2021
ބިން ވިއްކުމާ ފްލެޓް ދިނުމާ ހުއްޓާލާފަ އިހަށް ހަގީގަތުގަ ބޯހިޔާވަހިކަމަށްޖެހިފަ ތިބި މީހުން ބަލާ ރަގަޅު ރަޖިސްޓްރޭޝަން ސިސްޓަމެއް ގާއިމުކުރަންވެއްޖެއެއްނު. ސިޔާސީނުވާ މީހާވެސް އަމިއްލަ ދަހިވެތިކަމާ އަމިއްލަ އެދުން އޮންނަނީ ބޮލުން މައްޗަށް އަރާފަ. ޅައިރުއްސުރެ މާލޭގަ އުޅެމުންދަނީއޭ ކިޔާފަ މާލެއިން ގޯއްޗާ ބިމާ ހޯދަން އުޅޭ މީހުން އެންމެ ފިތުނަ އުފައްދަނީ. ކުއްޔަށްދޭނެ ތަނެއްގެ ބޭނުމުގަ ހާލުގައުޅޭކަމަށް ދައްކައި މަކަރުން ފްލެޓް ހޯދާ މީހުން އެހާ ގިނަ