ޕޮލިސް ކޮމިޝަނަރު ހަމީދު: ނަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އިސްލާމްދީނާ ޚިލާފް ކަމެއް ނެތް ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
04 ޖެނުއަރީ 2022 - 21:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި އިސްލާމްދީނާ ހިލާފް ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް ނަޝީދު ފާޅުކުރާ ކަމަށް ބުނެ ޖަމްއިއްޔަތުއް އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ދާދިފަހުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ނަޝީދަކީ އިސްލާމްދީނާ ދެކޮޅު ބޭފުޅެއް ކަމަށް ތުހުމަތު ކުރަމުންދާތީ އެކަން ބަލައިދޭން އެމަނިކުފާނު ވެސް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ވަރަށް ހާއްސަ އިސްކަމެއް ދީގެން އަބަދުވެސް ބަލަމުންދާނެ ކަމަށާއި އެކަމަކު ނަޝީދާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައިވަނީ އެފަދަ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެއީ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަކަށް ނުވާތީ އެ މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލަ ހުށަހެޅީ ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތަކުން ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެގޮތަށް ބުނިއިރު، ނަޝީދާ ދެކޮޅަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އެގޮތަށް މައްސަލަތައް ހުށަހަޅަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރަން ކަމަށް ވެސް އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތު ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
05 January 2022
ފިކުރުގެ މިނިވަން ކަމާއި ގަބޫލުކުރުމުގެ މިނިވަންކަމަކީ މުޅި ދުނިޔެ ކަށަވަރުކޮށްދީފަ އޮތް، އިންސާނީ ހައްގުތަކުގެ ތެރެއިން އަސާސީ ދެ ހައްގު. މި ދެ ހައްގު ނުދީ ހިފަހައްޓަނީ ހަމަ އެކަނި، ފާސިދު، ވަގު ދައުލަތްތަކުން.
އޮޑިހަނު
05 January 2022
ކޯއްޗެއް! ތިވިދާޅުވާ ފިކުރުގެ މިނިވަންކަންދޭ ތަންތަނުގަވެސް އޮންނަނީ ހަމައެކަނި އެމީހުން ގަބޫލުކުރާ ފިކުރިއްޔާތުތައް އެކަނި. ތަފާތަކީ އެމީހުންގެ ޑަބަލް ސްޓޭންޑާރޑުތައް (މުނާފިގުކަން) ފާޅުވެ ބޭޒާރުވާއިރުވެސް އެމީހުންގެ އަވާގައިޖެހި ނެއްޓެން ނޭނގިގެން 'އަބްފޫޅު' ކަހަލަ ބޭފުޅުން އުޅުއްވާތީ. މިއޮތްފަދަ ޒަމާނުގައިވެސް ކުޑަކުޑަކޮށް ބޭރުގެ ޚަބަރުތައް ބަލައިލާނަމަދޯ.
ނުހުޅުވޭ ލޯ
06 January 2022
ތިޔަބުނާ ފިކުރުގެ މިނިވަންކަމާއި ގަބޫލްކުރުމުގެ މިނިވަންކަމަކީ ވަކިބައެއްގެ ފިކުރާ ދިމާވުން. އެ ނޫން ގޮތަކަށް ފިކުރާއި ގަބޫލްކުރުން މީހަކު ގެންގުޅޭނަމަ އެމީހަކު ލޭބަލްކުރަނީ ލާއިންސާނީ ހަރުކަށި ނޫނީ ކޮންމެވެސް މިޒާތު މީހެއްްގެ ގޮތުގަ. ހަގީގަތަކީ ތިޔަ ވަކާލާތުކުރާ މިނިވަންކަމަކީ ދިމާއަށް ފެންނަންއޮތް ދެފުށްދެގޮތް ބޮޑު މުނާފިގު ޓެގެއްކަން. ދުނިޔެދައްކާ މި ބޮޑު ހަގީގަތް އަބްޑޫލަށް ނޭނގުމަކީ އަަބްޑޫލް ދުނިޔެއަށް ލޯނުހުޅުވި ހުރިކަމުގެ ހެތްކެއް.
ބަރަންސީ
05 January 2022
ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ތިއަށް ވުރެ ތަފްސީލް ޖަވާބެއް ފުލުހުން ކިބައިން އެދެން! ތަހުގީގުކުރިކަން ނުވަތަ ނޫން ކަން އެނގެން ޖެހޭ! ނަޝީދަކަސް ކަތީބަކަސް ގާނޫނަށްވުރެ މަތީގަ ހުރެވިގެން ނުވާނެ! ބަޔަކު ޝަކުވާ ކޮށްފިއްޔާ ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭ! އަދި ތިގޮތަށް ނިންމާލަންޏާ ރިޕޯޓުވެސް އާންމު ކުރަންޖެހޭ! ސަބަބަކީ ނަޝީދަކީ ޕަބްލިކް މަގާމެއްގަ ހުންނަ ރައްޔިތުން އިތުބާރު އޮތް މީހެއްކަން ދެއްކުމަށް! މިވަރު ނުވަންޏާ ތިޔަތިބީ ފެއިލްވެފަ
ގަރުބަޗަން
06 January 2022
ބަޔަކު ޝަކުވާ ކޮށްފިއްޔާ ބަލަންޖެހޭނެ. ދެއިރު ދެދަޅަޔަށް ކުރިޔަސް ބަލަންވީ ދެއްތޯ؟ ފެނޭ ގައުމަށް ލައްކައެއްވަރު ފުލުހުން ހޯދަން
ޢަލީސާ
04 January 2022
ނަސީދުގެ ސީ ޕީ އަކަށް ކިހިނެތް ނަސީދު ކުށެއް ފެންނާނީ އެމްޑީ ޕީ ސީ ޕީއެތް މިހާރު ތިހުރީ މަ ގަބޫލު ކުރާގޮތުގަ ސީ ޕީއަކަށް ރައީތުން ހޮވާމީހަކު ހުރެގެން ނޫނީ މުސްތަހިއްލުކޮށް ފުލުހުންނަށް މަސަތްކަތްކުރުމަކީ ނާދިރުކަމެތް
ކަތްދައްތަ
04 January 2022
ކޮންމެ މީހަކު ކުރިޔަސް ދީނަށް ކުޑައިމީސް ކުރުން ރަގަޅެއްނޫން. އަދި އިސްލާމް ދީން ދިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ވެރިންގެ ގޮތުގައި ތިބޭމީހުން ފާޅުކުރުމަކީ އާންމުންނަށްދެވޭ ނުބައި ފިލާވަޅެއް. ވަކި މަގާމަކަށް އައުމަކީ ބައެއްކަހަލަ ކަންކަމުގައި ހިފެހެއްޓުންތައް ގެންގުޅެ ދޫދޭންޖެހޭނެ ސަބަބެއް. މަގުމަތީގަ އުޅުން ގޮތަށް އަބަދަކު ނޫޅެވޭނޭ. އެހެން އުޅެން އެދޭމީހުން މަގާމުތަކުން އެއްފަރާތްވެލާފަ މަގުމަތި ޚިޔާރުކުރުން ރަގަޅުވާނެ.
އަލްފޯޖީ
04 January 2022
އެމް. ޑީ. އެން އިން ޔަޤީނުންވެސް ހުށަހެޅި ރިޕޯޓުގައި ހުރީ މުޅިން ދީނާއި ޚިލާފު ވާހަކަ. އެމީހުންނާއި މެދުވެސް ފިޔަވަޅެއް ނޭޅުނު
ނަސީމް
05 January 2022
ޔާމިން ޕޯޑިއަމް އަށް އަރާފަ ހަލާލު ނުހަލާ ހިލޭ އަންހެނުންގެ ވާހަކަ ދެއްކިކަން ދެނަހުރިންތަ؟ މިކަމަށް ފިޔަވަޅު އަޅާބަލަ އަވަހަށް.