އިދިކޮޅުން "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖެނުއަރީ 2022 - 12:33
އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިފައިވީ ހައްގަކަށް ވިޔަސް، ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވުންތައް ބާއްވާ ނަމަ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އުޅުމަށް އެޗްއާރުސީއެމުން މިއަދު ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިގޮތަށް އެދުނުއިރު "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ސިލްސިލާ އެއްވުންތަކެއް ބާއްވަމުންނެވެ. މިފަހަކަށް އައިސް ކޮންމެ ދުވަހަކު ބާއްވާ މި ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅައި ގިނަ ބަޔަކު ހައްޔަރު ވެސް ކުރެ އެވެ.
އެކަމަކު، މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް ފެތުރުން މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ވަގުތެއްގައި 50 އަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށް، ފިޔަވަޅުތައް ވެސް ވަނީ ހަރުހަށިކޮށްފަ އެވެ.
"އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެލެހެއްޓުމަށް ނަސޭހަތްތެރިވަން،" އެޗްއާރުސީއެމުން ކުރި ޓްވީޓެއްގައި ވެ އެވެ.
ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަކު އާންމު ސިއްހަތުގެ މި ނާޒުކު ހާލަތުގައި ހޮސްޕިޓަލުތަކާއި އެނޫން އާންމު ހިދުމަތްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ އެއްވެސް ކަމެއް ނުކުރުމަށް އެ ކޮމިޝަނުން ގޮވައިލި އެވެ.
Aammukoh raajjeyga kuriyah dhaa evvunthah HRCM in monitor kuraa usoolun midhuvaskolhu kuriyah dhaa muzaaharaaa thah ves monitor kuramundhaa kamugai dhannavan.
— HRC of the Maldives (@hrcmv) January 9, 2022
Egothun 7 Jan 2022 vee hukurudhuvahuge fathihuge vaguthehgga commission ah husha elhunu massala akaaa gulhigen -
ކޮމިޝަނުން އެގޮތަށް ގޮވާލިއިރު މިދިޔަ ހުކުރު ދުވަހު އިދިިކޮޅު ކޯލިޝަނުން ކުރި "އިންޑިއާ އައުޓް" މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިއުމުން އެތަނުގެ ތެރޭގައި ވެސް ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގި އެވެ.
"އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމުގައި ދަންނަވަން. ހައްގުތައް ބޭނުންކުރުމުގައި އަނެކަކާގެ ހައްގަށް އިހުތިރާމުކޮށް ކޮވިޑް ފެތުރެމުންދާ މި ނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުން އަމަލުކުރުމަށް ގޮވާލަން،" އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ރާއްޖޭގައި ކުރިއަށް ގެންދާ އެއްވުންތައް އެ ކޮމިޝަނުން އާންމުކޮށް މޮނިޓާކުރާ އުސޫލުގެ ދަށުން މި ދުވަސްވަރުގެ މުޒާހަރާތައް ވެސް މޮނިޓާކުރަމުން ގެންދެ އެވެ.
މިދިޔަ ހުކުރު ދުވަހު ފަތިހުގެ ވަގުތެއްގައި އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރޭ 4:30 ހާއިރު ވަނީ އެޗްއާރުސީއެމްގެ އާރުއާރުޓީ އިން އައިޖީއެމްއެޗަށް ގޮސް މައްސަލައާ ގުޅުން ހުރި މީހުންނާ ބައްދަލުކޮށް، ހާލަތު ބަލާފައި ކަމަށް ވެސް ބުންޏެވެ.
އެޗްއާރުސީއެމުން ބުނާގޮތުގައި އެ މައްސަލަ ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
11 January 2022
ސާމްޕަލް ނަގާ ސެންޓަރު ކައިރީގައި 50 މީހުންނަށްވުރެ ގިނައިން އެއްވެގެން އެބައުޅޭ. އެޗްޕީއޭގެ އަމުރު އަވަހަށް ތަންފީޒުކޮށްބަލަ ފުލުހުންނޭ...
ހަލީފް
10 January 2022
ތިކަން އެކަނި މިންގަނޑަށް ބާއްވަން ޖެހެނީ..ފުލުހުންވެސް ބަލާނީ ހަމައެކަނި މުޒާހަރާގެ ކަންކަން..މާލޭގެ އެތަންމިތާ ތޮއްޖެހިގެެން ކުރާ އެއްވެސް ކަމެއް ނުފެންނާނެ.
ދިއްދޫމީހާ
10 January 2022
މުޒާހަރާ ވާހަކަ ދައްކާގޮތައް ކީއްވެގެންބާ ސަރުކާރުން ކުރިޔަ ގެންދާ އިވެންޓްތަކުގެ ވާހަކަ ނުދައްކަނީ؟؟ ފާޑެއްގެ ކޮޗިން ފެރީއެ ބާއްވަންވެގެން ކުޅުދުއްފުއްޓަށް މާލެން ބޮޑު ބޭކަލުންގެ ޓީމެއްގޮސް ކޮވިޑް ފެތުރި ހަނދާން އަދި އެބަހުރި…