ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
16 ޖެނުއަރީ 2022 - 20:48
ހއ. ހޯރަފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި، މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ވ) އާއި ހޯރަފުށީ ދާއޮރާގެ މެމްބަރު ސަލީމް (ކ) ސަލާމް ކުރައްވަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި، 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މީގެ ތެރޭގައި 2،590 އަކަމީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއެޅުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެ އެވެ.
މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތި އާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނީ
17 January 2022
ހުރިހާކަމެއް ހޯރަފުއްޓައް ދާއިރާގެ އަނެއްދެރަށް ހުސްއަތާ
ކުޗީ
16 January 2022
ކޮންއިރަކުންތަ މާލޭގެ މަގުތަށް ހަދަނީ. ވަޅުގަނޑުތަށް މަތީ ދުއްވާ ދުއްވާ މިހާރު މިއޮތީ އޮނަގަނޑުގަ ރެދުލާފަ.
އިބުރާ
17 January 2022
އެކަން ބަޔަކު ކުރާތީ "މާލޭ ބޮޑު މީހާ" ޑރ. މުޢިއްޒު ހިތައް ތުރާވެގެން އެކި ގޮތް ގޮތުން ކުރިޔަށް ނުގެންދެވޭ ގޮތް ހަދައި މަސައްކަތް ލަސްކުރަމުން ދަނީ. ބޭނުމީ އާރުޑީސީއަށް ނުވަނީއޭ ބުނަން އެކަމަކު އެކަން ކުރެވޭނެ ހުރިހާ މަގެއް ބަންދުކޮށް ކުރިޔަ ނުދީ "އޮބަހައްޓައިގެން" އެ އޮތީ މުޢިއްޒު. އަސްލު މައްސަލައަކީ މަގުތައް މިހާރު "މުޢިއްޒު" ނުވާތީ ޖޭ ވަނީ