ދުނިޔެ / ޗައިނާ

ޗައިނާގެ އާބާދީ އިތުރުވާ ރޭޓް 2021ގައި ވެސް ދަށަށް

ރެކޯޑް މިންވަރަކަށް ޗައިނާގައި އާބާދީ އިތުރުވާ ރޭޓް ވަނީ ދަށްވެފައި

17 ޖެނުއަރީ 2022 - 12:46

ޗައިނާގައި އާބާދީ އިތުރުވާ ރޭޓް، މިދިޔަ 2021 ވަނަ އަހަރު ވެސް ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ އެވެ.

ޗައިނާގެ އާބާދީ އިތުރުވާ ރޭޓް މިދިޔަ އަހަރު ދަށަށް ދިޔައީ، އެ ގައުމުގެ މުސްކުޅިންގެ އަދަދު އިތުރުވާ ނިސްބަތް މަތިވަމުންދާތީ، ގިނަ ދަރިން ހޯދުމަށް އެ ގައުމުގެ ސަރުކާރުން ގޮވާލާފައިވަނިކޮށެވެ. ހިސާބުތަކަށް ބަލާއިރު ޗައިނާގައި މިދިޔަ އަހަރު ކުދިން އުފަންވި ނިސްބަތަކީ 0.752 ޕަސެންޓެވެ. އަދި މިދިޔަ އަހަރު މީހުން މަރުވި ނިސްބަތަކީ، 0.718 ޕަސެންޓެވެ. އުފަންވި ކުދިންގެ އަދަދުން މަރުވި މީހުންގެ އަދަދު ކެނޑުމުން، އާބާދީ އިތުރުވި ނިސްބަތަކީ، 0.034 ޕަސެންޓް ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާ އިން ބުންޏެވެ.

މިއީ ކޮމިޔުނިސްޓް ޗައިނާގެ ބާނީ މާއޮ ޒީޑޮންގްގެ އިގްތިސާދީ އަދި އިޖްތިމާއީ އިސްލާހީ އެޖެންޑާ 1960 ވަނަ އަހަރު އިއުލާންކުރި ފަހުން، އެ ގައުމުގެ އާބާދީ މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އުފަންވާ ކުދިންގެ އަދަދުން މަރުވާ މީހުންގެ ނިސްބަތް ކެނޑުމުން، އާބާދީ އިތުރުވާ ނިސްބަތް، 1998 ވަނަ އަހަރުން ފެށިގެން ޗައިނާގައި ހުރީ އެއް ޕަސެންޓަށް ވުރެ ދަށުގަ އެވެ. އަދި 2020 ވަނަ އަހަރު އެ ނިސްބަތް ހުރީ 0.145 ޕަސެންޓްގަ އެވެ.

ޗައިނާގެ އާބާދީ 2020 ވަނަ އަހަރާ އަޅައި ބަލާއިރު، 2021 ވަނަ އަހަރު ވަނީ ވަރަށް ކުޑަކުޑަ މިންވަރަކަށް އިތުރުވެފަ އެވެ. އެ ގޮތުން 2020 ވަނަ އަހަރު އެ ގައުމުގެ އާބާދީ 1.4121 ބިލިއަންގައި ހުރި އިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 1.1426 އަށް އިތުރުވެފަ އެވެ.

އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމަށް ވުމަށް ޗައިނާ މަސައްކަތްކުރާއިރު، އާބާދީ އިތުރުވާ ނިސްބަތް މިހާ ދަށުގައި ހުރުމަކީ، ސަރުކާރު ބޭނުންވާ އަމާޒަށް ގައުމު ގެންދިއުމުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އާބާދީ އިތުރުވާ ނިސްބަތް މިދިޔަ އަހަރު ވެސް ދަށްވެފައިވާ އިރު، ޗައިނާގެ ގައުމީ އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ ދަށްވެފަ އެވެ. ގައުމީ އާމްދަނީ ދަށަށް ދާ ނަމަ، ޗައިނާގައި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުކުރުމަށް ކުރާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ. އެހެންވެއްޖެ ނަމަ، އިގްތިސާދީ ގޮތުން އެމެރިކާގެ މައްޗަށް ކުރި ހޯދުމަށް ކުރާ މަސައްކަތްތައް ކާމިޔާބުކުރުން ފަސޭހައެއް ނުވާނެ އެވެ.

ޗައިނާގެ އާބާދީ ދަށަށް ދާން ފެށީ، އެ ގައުމުގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލް ކުރުމުގެ ގޮތުން، ކޮންމެ ދެމަފިރިއަކު ވެސް އެއް ދަރިއަށް ވުރެ ގިނަ ދަރިން ނުހޯދުމުގެ ސިޔާސަތެއް 1980 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ތަންފީޒުކުރަން ފެށުމުންނެވެ. އެ ސިޔާސަތު ތަންފީޒު ކުރަން ފެށީ، ގައުމުގެ އިގްތިސާދާ އަޅައި ބަލާއިރު، 1970ގެ އަހަރުތަކުގައި ޗައިނާގެ އާބާދީ މާ ބޮޑަށް އިތުރުވުމުންނެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ކާވެނި ކުރެވޭނެ އުމުރުފުރާ މަތިކޮށް، އެއް ދަރި ސިޔާސަތު އިއުލާން ކުރުމުން އާބާދީ ދަށަށް ދާން ފެށި އެވެ. ނަމަވެސް 1980ގެ މެދުތެރޭގެ އަހަރުތަކުގައި އެ ސިޔާސަތު ބަދަލުކޮށް، ދެމަފިރިންނަށް ލިބޭ ފުރަތަމަ ދަރިއަކީ އަންހެން ކުއްޖެއް ނަމަ، ދެވަނަ ދަރިއަކު ހޯދުން ހުއްދަކުރި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454