ކޯޓެއްގެ ޝަރީއަތުގެ މާލަން: ސައްހަ ނޫން ކާޑަކުން ބައި މިލިއަނެއްހާ ރުފިޔާ ދެއްކި މީހަކު ދޮޅު އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
17 ޖެނުއަރީ 2022 - 22:12
ސައްހަ ނޫން ކާޑެއް ބޭނުން ކޮށްގެން ބައި މިލިއަނެއްހާ ރުފިޔާ ދެއްކި ބިދޭސީއަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާގެ މީހަކު، އެހެން މީހަކަށް ބޭރުގެ ބޭންކަކުން މިދިޔަ އަހަރު ދޫކޮށްފައިވާ ކާޑެއް ކްލޯން ކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ކާޑަކުން ރާއްޖޭގެ ކުންފުންޏަކަށް 31،800 ޑޮލަރު (490،000 އަށް ވުރެ ގިނަ ރުފިޔާ) ދެއްކި އެވެ. އެ މައްސަލާގައި އޭނާ މައްޗަށް ދައުލަތުން ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ދައުވާ އަށް އެ މީހާ ކޯޓުގައި އިއުތިރާފު ވެފައި ވާތީ، އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދޭން އެ މީހާ އެދުނަސް، މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު، އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި އަދަބު ކަނޑައެޅުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ހަދާފައިވާ އުސޫލުގެ ދަށުން ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރެވޭނީ ޖިނާއީ ބޮޑު ކުށަކަށް ނުވާ ނަމަ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، މަކަރާއި ހީލަތް ހެދުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކަށް ގާނޫނުލްއުގޫބާތުގައި އޮންނަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފ ހ
18 January 2022
އޭނާގެ މައްޗަށް ކުޑަމިނުން އެ ކުރި ވައްކަމުގެ އެންމެ ބައިލާރިއެއްވެސް ދައްކަން ޙުކުމް ނުކުރެވޭތޯ!؟ ކީއްވެގެންތޯ އެގޮތަށް ޙުކުމް ނުކުރެވެންވީ؟؟
އިންޑިޔާ ކުއްޖެއް ނޫންތަ؟
18 January 2022
ވައްކަން ކުރާ މީހުންނައް އޮންނަނީ ކީއްކުރަންބާ ދީނުގަ؟
އަފްރާސިޔާބު
18 January 2022
ކިހިނަކުން ކޯޓަށް އެނގުނީ އެމީހާއަށް އެއީ ސައްހަނޫން ކާޑެއްކަން އެނގޭކަން. އެއްބާވަތުގެ ކަންކަންކަމުގައި ކުށްކުރިމިހާ ކުރީ ކުށެއްކަން އޭނާ އަށް އެނގޭކަން ދައުލަތަށް ސާބިތުކޮށްނުދެވޭ. އަނެއްކަމުގައި އެއީ ގޯސް ކާޑެއްކަން އެމީހާއަށް އެނގޭކަން ސާބިތު ކޮށްދެވޭ. ކުށްކުރުމަށް ބޭނުންކުރެވޭ އެތި ދެމީހުންގެ އަތުގައި ވިޔަސް އެކަކަން އެކަމެއް ނޭނގޭ އަނެކަކަށް އެނގޭ. ޖޯކެއްނުންތަ؟
ޝަފީރު
18 January 2022
ކޯޓަށް ކަމެއް އެނގިގެން އޭނައަށް ކޯޓުން ދައުވާއެއް ނުކުރެއޭ. ކަމެއް އޮޅުވާލިކަމަށް ކޯޓުގައި ބަޔަކު ދަޢުވާކޮށް އެމީހުން އެކުށުގެ ހުރިހާ ހެއްކެއް ދައްކާ އެމީހާގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވީމާ ކޯޓުން ކުރާނެނޫންތަ.
އަހުމަދު00
18 January 2022
ތިރީގައިވާ ލިންކް ކިޔާލައްވާ. http://criminalcourt.gov.mv/?p=16996
ކޮބާ؟؟
17 January 2022
ހަމަ އިންޑިޔާ އައުޓް..