އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ފައިނޭޝަލް އޮފިސަރު: އޭނާއަށް ވަޒީފާދޭން އެންގި އެންގުމާ ދެކޮޅަށް އެމްއޭސީއެލްއިން ކުރި އިސްތިއުނާފް އެ ކުންފުނިން ވަނީ އަނބުރާ ގެންގޮސްފައި
21 ޖެނުއަރީ 2022 - 11:44
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކުރީގެ ޑެޕިއުޓީ ފައިނޭޝަލް އޮފިސަރަށް އަލުން ވަޒީފާދޭން އެންގި އެންގުމާ ދެކޮޅަށް އެމްއޭސީއެލް އިން ކުރި އިސްތިއުނާފް އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.
އެމްއޭސީއެލްގައި މަސައްކަތްކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހާމިދު އެ ކުންފުނީގެ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު، 2019 ގަ އެވެ. އެ މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން މިދިޔަ އަހަރު އަމުރުކުރީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އެ މައްސަލަ އެމްއޭސީއެލް އިން އޮތީ މިދިޔަ އަހަރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ އިސްތިއުނާފް ބާތިލްކޮށް، ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ އެމްއޭސީއެލްގެ ފަރާތުން އެ ކޯޓަށް ސިޓީ ފޮނުވާފައިވާތީ އެ މައްސަލާގެ އިސްތިއުނާފް ބާތިލްކުރީ ކަމަށެވެ.
އެކަމަކު އެ މައްސަލަ އަނބުރާ ގެންދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ހާމިދަށް އަލުން ވަޒީފާ ދިނުމުގެ އިތުރުން ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ވެސް އޭނާއަށް ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލުން އޮތީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
23 January 2022
މާތްކަލާނގެ ޙަލާކުރެއްވި އުޖޫރައަކީ އެމީގެއްގެ ގައިން "ދާއޮރުވައިގެން" ހޯދާ އުޖޫރައެއް. ތިމާގެ ވަޒީފާއިން ޚިދުމަތެއް ނުކޮށްދީ ހުރިހާދުވަހަކަށް އެތައް ބައެއްގެ ހައްޤު މުދަލަކުން ދެވޭ މުސާރައަކީ ﷲ ހަލާލުކުރެއް ގޮތުގައި ލިބުނު ފައިސާއަކަށް ހަދާނީ ކިހިނެއް. ތިޔަގޮތަށް މުސާރަ ދޭ ޙާކިމަކަށް އިންސާފު ދެއްވާދުވަހު ލިބޭނެ ބޮޑު އަނިޔާއެއްގެ ވޭނެއްގެ ބޮޑު ކަމާއެ. އެތައްބައެއްގެ ބަދު ދުޢާ ނުލިބި ނުހުންނާނެތާ ދޯ.
ކަރޭ
22 January 2022
މަރުހަބާ ހާމިދު (ކަރްޒާއީ)
ދެރަ
22 January 2022
ޥަޒީފާ އަލުން ދިނަސް ނުކުރާ މަސައްކަތަކަށް މުސާރަ ޙަލާލުވާނެ ހެއްޔެވެ.
އުމޭމާ
21 January 2022
ތިކަން ކުރަން ނިންމި އއެޗްއާރު ޑައިރެކްޓަރ ޒިންމާ ނަގަން ނުޖެހޭތަ. ޢޭނާގެ ސަަބަބުން ކިހާ ބޮޑު ގެއްލުމެއް ލިބުނީ. މިސާލަކަށް ބަލާ ހާމިދު ގެ ކޭސް އާއި އަލީ ސަރީފު ކޭސް. އަލީ އަށް ވެސް ހަލައްކަ ރުފިޔާ ދީގެން ނިމުނީ. ދެން މާ މޮޅު އެޗް އާރު މީހެކޭ ކިޔާތީ. ހުސް ވައި،
ޖުހާނާ
21 January 2022
ތިމާގެ ވެރިކަމުގައި ވަޒީފާގެ ޔަޤީންކަން އޮންނާނެޔޭ ކިޔާފައި ވެރިކަމަށް އަރާފައި ޤާނޫނާ ޚިލާފަށް އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުން މިހިރަ ދަނީ އެނގެމުން. ޕާޓީ މީހެއް ނޫނިއްޔާ ބަލަނީ އަވަހަށް ވަޒީފާއިން ވަކިކޮށްލެވޭތޯ. އޭގެ ބަދަލުގައި ޕާޓީން އިންތިޚާބަށް ކުރިމަތިލައިގެން ފެއިލްވާ މީހުންނަށް ސިޔާސީ މަގާމުތައް ދެމުން ގެންދަނީ. ދައުލަތުގެ މާލިއްޔަތަކީ ތަރިކައިން ލިބިފައިވާ މުދާގަނޑެއް ކަމަށް ހީވާކަހަލަ.
ދޯރި
21 January 2022
އަލުން ވަޒީފާ ދިނަސް 2 އަހަރުގެ މުސާރައާއި އިނާޔަތް ދިނުމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭނެއެވެ. އެއީ އެ މުއްދަތުގައި އޭނާ އާމްދަނީ ހޯދުމަށް ކުރި މަސައްކަތުގެ އަގަށް އެއްޗެއް ލިބިފައިވާ އެ އެއްޗެއް ކެނޑުމަށްފަހު ބާކީ އެއްޗެއް އޮތްނަމަ ދިނުން ރަގަޅެވެ.
މެސީ1
22 January 2022
އެހެންކަމަށްވާނަމަ. އެ މުއްދަތުގައި އޭނަ ވަޒީފާއެއް ނެތި އޭނަގެ އަތުން ދިޔަ ހަރަދު ވެސް ދޭން ފެނޭ
އިރުޝާޑް
21 January 2022
މިއަދުވެސް މީގެ 20 އަހަރު ކުރިންވެސް ވެލާނާ އެއާޕޯޓަކީ ދިވެހިންނަށް، ދިވެހި ގައުމަށް ބޮޑު ލަދެއް
ކޮރަލް
21 January 2022
މަތީ މަގާމް ތަކަށް ދިވެހީން ބޭރު ކޮށް ބިދޭސީން ވައްދަނީ އެވެ. ސިޔާސީ މީހުން ކުރާ ސިއްރު ކަންކަން ފޮރުވަން ވެގެންނެވެ.
ޑޯޏބެ
21 January 2022
ވަކި މަގުސަދެއްގައި ތިހެން ބުންނަސް ހަގީގަތަކީ ދިވެހި މީހާއަށް ނުވެސް ވަނީ... މީގެ ކުރިންވެސް މިހާރުވެސް މަތީމާގާމުތަކުގައި އަބަދުވެސް ގިނައިން ތިބީ ދިވެހިން އެކަމަކު ނުވެފަ އޮންނަނީ. މިހާރުވެސް އެބައުޅޭ ކާގޯ އަދި ރޭމްޕް ގަ ހަމަ މިކަންތަށް ތަކުރާރުވަމުން