ޚަބަރު / ރާއްޖެ-އިންޑިއާ

"އިންޑިޔާ އައުޓް" ހަރަކާތް ހުއްޓާލަން ޖެހޭ މަގުބޫލު ސަބަބެއް ދައުލަތަކަށް ނުބުނެވޭ: ޔާމީން

އިދިކޮޅު ފަރާތްތަކުން ރ. ދުވާފަރުގައި މިއަދު ބޭއްވި "އިންޑިޔާ އައުޓް" ހިނގާލުން

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންް ފުޅާކޮށްފައިވާ "އިންޑިޔާ އައުޓް" ކެމްޕެއިން ހުއްޓާލަންޖެހޭ މަގުބޫލު ސަބަބެއް ދައުލަތަކަށް ނުބުނެވޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި މިއަދު ހަވީރު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޓީޝާޓެއް ލުމަކީ އަހުލާގީ ފެންވަރު ދަށް އަދި ބޭއަދަބީ ކަމެއް ކަމަށް ސަރުކާރުން ބުންޏަސް އެއީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ފޭބުމަށް އެތައް ބަޔަކު ގޮވަނީ މިނިވަންކަމުގެ ދިވެހި ލޭ ހިނގާތީ ކަމަށާއި އެކަން ހުއްޓަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިންޑިޔާ ހަރަކާތް ހުއްޓާލަން ޖެހޭ އެންމެ ސަބަބެއް ވެސް ދައުލަތަކަށް ނުދެއްކޭ. ނުވެސް ދެއްކޭނެ. ޔާމީން އިންޑިޔާ އައުޓް ޖެހީމާ އަހުލާގީ ގޮތުން ރަނގަޅު ކަމެއް ނޫނޭ ބުނެވެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ވެރިން ތިބީ ގައުމަށް ގައްދާރުވެފައި ކަމަށާއި ސުލޫކީ، ދީނީ އަދި ގައުމީ ގޮތުން ބެލި ނަމަވެސް އެއްވެސް ކުލުނެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި، ރާއްޖެއަށް ކުރިމަތިލުންތައް އަންނަ ކޮންމެ ފަހަރަކު އެ ބަޔަކު އަންނަނީ އިންޑިއާގެ އައްސޭރިފަށުންނެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ، އަމިއްލަ ޖީބުތަކަކަށް ލިބޭ މަންފާއެއްގެ ބޭނުމުގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ މުޅި ރައްޔިތުން އެދޭ ގޮތޭ ބުނާ ބުނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ދެކޮޅަށް ނުކުމެ ތިބީ މަދު ބައެއް ކަމަށް ސަރުކާރުން ބުންޏަސް ސަރުކާރާއި އިންޑިއާ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުރި ސަފީރަށް ދަންނަވަން އޮތީ އިންޑިއާގެ ސިފައިން ފައިބަން ޖެހޭނެ ވާހަކަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ ރައްޔިތުންގެ މައްސަލައެއް ނެތް. އިންޑިއާ އަސްކަރިއްޔާ އަށް ބުނަން އޮތީ އިންޑިއާ އައުޓް. އެއްވެސް ބިދޭސީ އަސްކަރީ ބާރަކަށް ޖާގައެއް ނެތް. މިއަދު ރާއްޖޭގެ ފަސްގަނޑުގައި [އިންޑިއާގެ] އަސްކަރިއްޔާގެ ސިފައިންނަށް މެހެމެންދާރީއެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ގޮސް އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ވަރުގަދަ އަށް ކެމްޕެއިންކޮށް އަޑު އުފުލަމުންނެވެ. ނަމަވެސް ސަރުކާރާއި އެމްޑީޕީ އަދި ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް ވަނީ ވަކި ގައުމަކާ ދެކޮޅު ނުވެވޭނެ ކަމަށް ބުނެ އެ ހަރަކާތް ކުށްވެރިކޮށްފަ އެވެ.

68 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

23 January 2022

ދައުލަތުން ވައްކަން ކުރަންޖެހޭ ސަބަބެއް ބުނެދީބަލަ.

The name is already taken The name is available. Register?

އަމީރު

23 January 2022

ރަންރީނދޫގެ ހިޔާލަށް ވަރަށް ތާއީދު. "އިންޑިއާ އިން" ޖަހާލައިގެން މަގުތަކަށް ނުކުމެލުން ހަމަ ވަރަށް ރަނގަޅު. އޭރަށް "ބޮޑު ވގށ" ބޮޑު މަންޒަރު ފެންނާނެ!!

The name is already taken The name is available. Register?

ބޮޑުބޭބެ ގެދަރި

22 January 2022

އިންޑިޔާ އައުޓް ބުންންޖެހޭ މަގުބޫލު ސަބަބެއްވެސް ނުދެއްކޭނެ. ނިކަން ދައްކަބަލަ. ތިޔާއުޅެނީ ޗައިނާގެ މޯހިރުންކަން އެންމެނަށްވެސް އެނގޭ. ހާދަހާ ހަޑިހުތުރުކޮށްނޭ ކުރީގެ ރައީސް މިއުޅެނީ!!

The name is already taken The name is available. Register?

ސުރުމުތި

22 January 2022

ތިޔަބޭފުޅުން ގަޔަށްބާރު އިންޑިޔާއައުޓް ޓީޝާރޓް ލައިގެން ނުނިކުންނަން ލަފާއަރުވަން. އިންޑިޔާއައުޓް އަށް ވުރެ ތިމާގެ އަމިއްލަ ބަނޑު އައުޓްވީމައި ބަލައިލަން އުނދަގޫ.

The name is already taken The name is available. Register?

ހައްވައްތަ

22 January 2022

އިންޑިޔާ އައުޓު މަނިކުފާނުގެ ގޭގެ ފާރުތަކުގައި ޖަހައިގެން އަދި އިންޑިޔާ އައުޓުޖެހި ޓީސާރޓު ލައިގެން މަނިކުފާނާއި ތިޔަ ބައިގަޑު ގޭގަ ތިއްބެވުމަކީ އެންމެ ރަގަޅުގޮތް ކަމުގައި އަޅުގަޑު ދެކެން ސަބަބީ ޔާމީނުގެ ވެރިކަމަކީ ނޫސްވެރިކަން ކަފުންކޮށް އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތް ސަރުކާރެއް، އަދި އެއްވާން ބޭނުމިއްޔާ ހައްޖައްދާށޭ ވެސް ބުނިމީހާ.. ލަދުހަޔާތެއް ނެތިފަ އަނިޔާވެރިކަން ބޮޑެތިމީހުންގެ ކަންތައްތައް ހުންނާނީ މިހެން

The name is already taken The name is available. Register?

އިބްރާ1

22 January 2022

ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަންޖެހޭ ސަބަބެއް އޮވެގެންތޯ ވައްކަން ކުރީ؟ ދޮންބަންޑާރާއިންގެ ގައިގަ ހުރީ ހަލާލު ތަކެތި ކައިގެން ޖަހާފަހުތި ހާލާލު މަސް. ދޮންބަންޑާރާއިންގެ ގައިގަ ދައުރުވަމުން ދިޔައީ ހަލާލު ތަކެތި ކައިގެން އުފެދިފަ ހުރި ލޭ.

The name is already taken The name is available. Register?

1828

22 January 2022

ސްޕްރީމް ކޯޓުން ހުކުމް ކުރީ ވައްކަން ކުރިކަމަށް ސާބިތުނުވާކަމަށް

The name is already taken The name is available. Register?

އިބްރ

22 January 2022

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް. ސަބަބަކަށް އެކިފަހަރު ކިޔަނީ އެކިއެތި. ދިވެހިން ޖުމްހޫރީ މައިދާނަށް އެއްނުވަނީސް ސުލްޙަވެރިކޮށް އިންޑިއާ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުން ބާލާނެކަމަށް އުންމީދުކުރަން. ރައްޔިތުން ނުކުތީމާ ދެންޖެހޭނީ އިންޑިއާ އެމްބަސީވެސް މިތަނުން ދާށެވެ. ރާޢްޖޭގައި އިންޑިއާގެ 30000 ރައްޔިތުން ބޮޑު މުސާރައިގެ ވަޒީފާތަކުގައި އުޅޭކަމަށްވޭ. އާސަންދައިގެ ބޮޑުބައިވެސް އިންޑިއާގެ ހޮސްޕިޓަލްތަކަށްދަނީ.

The name is already taken The name is available. Register?

އަނބުރާ

22 January 2022

ތިއީ ކަލޭގެ "ނޯތުކޮރެއާގެ" ވިސްނުން. ދިވެހިންނޭ ރައްޔިތުންނޭ ކިޔައިގެން ވާހަކަދެއްކޭނީ ރައްޔިތުން އެފަދަ މަގާމަކަށް އިންތިހާބުކޮށްފަހުރި މީހަކަށް

The name is already taken The name is available. Register?

ހަގީގަތްހާމަވަނީ

22 January 2022

މިހާރު މިކިޔަނީވެސް މިވެނި ރަށެއްގެ ރައްޔިތުން ކުރާކަމެއްގައި ބައިވެރިވަނީއޭ. އެކަމަކު މިއިން ކޮންމެ ރަށަކަށް ކުރިއާލަޢި ކަޅުދަބަސް އުފުލިމީހާއާއި ޓީމް ފޮނުވަޢިގެން މިކަމެއް ރާވަނީ. އަދި މާލެއާއި ކާރި ރަށްރަށުން މީހުން ގެނެސްގެން އަދަދު ގިނަކުރަނީ. އޭގެ ފަހުން މުލުމީހާއާއި އައުވާނުން މިދަނީ. މިހުރިހާކަމެއް މިއަޅުވަނީ އެރަށެއްގެ ރައްޔިތުންގެ ބޮލުގައި. އަޑީގަޢި މިތިބެނީ ޕީޕީ ކުދިންކޮޅު

The name is already taken The name is available. Register?

1828

22 January 2022

18 އަހަރުން މަތީ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓް ލެވޭނެ. އެކަމުގައި ރާއްޖެތެރޭ މީހުން އިސްތިސްނާއެއް ނުވޭ

The name is already taken The name is available. Register?

ހަސަނު

22 January 2022

އިންޑިއާ އައުޓު ގޮވަން ޖެހޭ ސަބަބެއް ނެތް އިރު އެއީ އެހެން ގޮވައގެން ނުވާނެ ސަބަބެއް...

The name is already taken The name is available. Register?

ޙަސަން އަޙްމަދު

22 January 2022

އަޚްލާގީ ކަންކަމުގެ މާއްދީ ސަބަބެއް މާއްދީ ސިކުނޑިއަކަށް ބުނެއެއް ނުދެވޭނެ. ސަބަބަކީ މާއްދީ ސަބަބެއް ނުވެސް އޮންނާނެ އެއަކު. ކުޑަކުދިން ކުރިމަތީ ހަޑިއެއްޗެހި ނުކިޔަން ޖެހޭ ސަބަބެއް ވެސް ޔާމީންގެ ލޮޖިކަކަށް ނުވިސްނޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454