އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ކ) އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒު (ވ) އާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ހަވާލު ކުރައްވަނީ-- ފޮޓޯ: އެމްއެމްއޭ
24 ޖެނުއަރީ 2022 - 18:25
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ފުރަތަމަ ފަހަރަށް، ދިރާގާއި އުރީދޫއަށް އެމްއެމްއޭ އިން ދީފި އެވެ.
މި ގާނޫނުގެ ދަށުން ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތަށް ބޭނުންވާ ލައިސަންސެވެ. އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.
މި ލައިސަންސާ އެކު ދިރާގާއި އުރީދުއަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވީ އެވެ.
އެމްއެމްއޭ އިން އުރީދޫއަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ފަށާ ރެމިޓެންސް ހިދުމަތުގެ ދަށުން އެ ކުންފުނީގެ އެމް ފައިސާ އެޕް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން އަންނަނީ ކުރިއަށް އޮތްތަނުގައި ވެސް، ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަަށެވެ.
އަންނަ މަހުން ފެށިގެން އާ ޕޭމަންޓް ނިޒާމު ތައާރަފު ކުރަން ނިންމާފައިވާއިރު މި ސިސްޓަމުން ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް "ޔުނިފައިޑް ޕޭމަންޓް ގޭޓްވޭ" އަކުން ގުޅާލާނެ އެވެ. އޭރުން އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެމްއެމްއޭ އިން ނޭޝަނަލް ޕޭމަންޓް ސިސްޓަމް ތައާރަފުކުރަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ. މި ސިސްޓަމުގެ ސަބަބުން، ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ އެއް ތަނުން އަނެއް ތަނަށް ފޮނުވާލެވޭނެ އެވެ. އަދި ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާސަރާ
25 January 2022
މާ ވާހަކަ ގިނަ ނުކޮށް އާ ޕޭމަންޓް ނިޒާމު ތައާރަފު ކޮށްފަ ޑޮލަރުގެ މައްސަލަ ހައްލުވޭތޯ ބަލާބަލަ. އޭރުން ކަމެއް ވީކަމަށް ވާނީ
ރަދުން
25 January 2022
ފުރަތަމަ ދޭންވީ ލެކިއުޓަށް.
ލ.އަތޮޅު
25 January 2022
ތި ހުރިހާ ގަނޑެއް ގަތުން ހުއްޓާލާފަ ޕޭޕަލް މިރާއްޖެއަށް ގެނެސްބަލަ...އެވަރެއްނެތޭ....އެމީހުންގެ އޮފިސަލް ބްރާންޗެއް
ކުޗީ
24 January 2022
މީގެން އެއްވެސް ބަދަލެއް އާދޭތަ. ބަދަލު އަންނާނީ ބީއެމްއެލް އިން އެކައުންޓްތަކަށް އެކްސެސް ދީގެން ނޫނީ މިކަން ކުރެވޭނޭ އެހެން ޑިޖިޓަލް ބޭންކެއް އައިސްގެން.
ކޮވެލި
24 January 2022
ދިރާގާއި އުރީދޫ އިން އިތުރަށް މޮނޮޕޮލީ އަކަށް ހަދަން ދެވޭ ފުރުސަތެއް. އެމީހުން ކިއްލިވެސް ވިއްކަންވީ.
ކިއްލިބެ
25 January 2022
ކިއްލި ބޭނުންވާމީހުނައް ކިއްލި ނުލިބެންޔާ ކޮންމެވެސް ބަޔަކު ކިއްލި ވިއްކާނެ
1828
24 January 2022
އަހަރެމެން ދިވެހިން އެބަޖެހޭ ދިރާގާއި އުރީދޫގެ ވަބާއިން ސަލާމަތްވެ ހިންދިމާލަން. މިސަރުކާރުއައިސް ނަމެއްގައި އިންޓަނެޓްގެ އަގު ހެޔޮކުރީ، ދިވެހިންނަށް 100 ޑޮލަރަށް ލިބެން އޮތް ހައިސްޕީޓް އަންލިމިޑެޑް އިންޓަނެޓްގެ ޚިދުމަތުން ދިވެހި ރައްޔިތުން '05 އަހަރަށް' މަހުރޫމް ކުރުވާފައި. މިބުނަނީ އިލޮންމަސްކްގެ ސްޓިންކްގެ ވާހަކަ.
އަގުހެޔޮ
24 January 2022
ކަލޭމެން ބޭނުންވާ ވަރެއް ދުވަހަކުވެސް ނުވާނެ އެހެނެއް ކަމަކު، އިންޓަރނެޓްގެ އަގު މިހާރުވަނީ ވަރަށް ބޮޑަށް ހެޔޮކުރެވިފާ، ދެން އަނެއްކޮޅުން، އިލޮންމަސްކްގެ ސްޓަރލިންކް ރާއްޖެއަށް މަނަލީތޯ؟ އަޅުގަޑު މިހުރީ އެއަށް ޕޭކޮށްގެން. އަދި އެ ހިދުމަތް ނުލިބޭނެ ކަމަކަށް އަންގާފަކާނެތް. ފިތުނަ ފަސާދަ އުފެއްދޭތޯ ބަލާތި.!!
އިލޮއްޓޯ
24 January 2022
އިލޮށި މަސްކޭ؟ އީލާން މަސްކް ވާހަކަތަ
1828
24 January 2022
*ސްޓާލިންކްގެ ވާހަކަ
1828
25 January 2022
އަގުހެޔޮއަށް. މޯބައިލް އިންޓަނެޓްގެ އަގުހެވެއް ނުވޭ. ހަމަ ކުރިން ހުރި އަގުގައި ހުރެފައި އިތުރުކުރީ ޑާޓާ ކޮޅެއް. އެއަކަށް އިންޓަނެޓް އަގުވުމެކޭ ކިޔޭނެ އެއްވެސް ހަމައެއް ނެތް. ކޮވިޑް ރާއްޖެއަށް ފެތުރިގެން އައިދުވަސްވަރު ސޯޝަލް މީޑިއާގައި އިންޓަނެޓްގެ އަގު ބޮޑުވެގެން ރައްޔިތުން ޝަކުވާ ކުރީމައި އިންޓަނެޓްގެ އަގު ހެޔޮ ކުރި ތޯ؟ ނުކުރޭ. ދިރާގާއި އުރީީދޫއިން ރައްޔިތުންގެ އެ އަޑު ކަނޑުވަލީ އިތުރު ޑާޓާ ކޮޅެއް ދީގެން. ނޫސްތައް ނުކިޔާކަން ޔަޤީން.