ޚަބަރު / ކޮވިޑް-19

އޭސީސީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، ގޭގައި މަސައްކަތް ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން. އެ ކޮމިޝަނުން ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 130 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރާ އެ އޮފީހުގެ އެކި ޑިޕާޓްމަންޓުތަކުން ވިއްސަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގާފައި ވާނެ ކަމަށެވެ. އެކަމަކު، އެގޮތަށް އެންގި ނަމަވެސް، ކޮންމެހެން އޮފީހަށް ގޮސްގެން ކުރަން ޖެހޭ މަސައްކަތެއް ހުރި ނަމަ، އެކަމަށް ހުއްދަ ދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިގޮތަށް ނިންމިޔަސް، ހ. ސަކީނާ މަންޒިލްގައި ހިންގާ އޭސީސީގެ އޮފީހުގެ ކައުންޓަރުން ލިބޭ ހުރިހާ ހިދުމަތެއް އަދިވެސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ ހިދުމަތްތައް އޮންލައިކޮށް ވެސް ލިބޭނެ އެވެ.

އޭސީސީ މި ވަގުތު އޮތީ ވެސް ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުގެ ކަންކަން ހަލުވި ސްޕީޑެއްގައި ކުރިއަކަށް ނުދެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު 2،000 އަށް ވުރެ ކޭސްތައް ރިޕޯޓްކުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވަރަށް ގިނަ އެހެން އޮފީސްތަކުގައި ވެސް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، ގޭގައި މަސައްކަތް ކުރަން އަންގާފައިވެ އެވެ. އެކަމަކު، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީން) މިއަދު ބުނީ އެއްވެސް އޮފީހަކުން އެކަން އެ ކޮމިޝަނަށް އަދި އަންގާފައި ނުވާ ކަމަށެވެ.

12 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 83%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ1

26 January 2022

ކޭސްތައް ގިނަވެ ކޮންޓެކްޓުން ގިނަވެ ކަރަންޓީނު ގިނަ ވީމާ އޮފީސް އޮންނަނީ ހުހަށް. މުވައްޒަފުންގެ އާއިލާ މީހުން ކޮންޓެކްޓްވެ އެމީހުން ވެސް ކަރަންޓީނަށް، އޮފީހަށް ނުދެވޭ، ސްކޫލަކަށް ނުފޮނުވޭ. ޚަޤީޤަތުގައި މިއީ އާއިލާތަކަށް ބޮޑު ތަކުލީފެއް. އަހަރުން ބައެއް މީހުން މި އުޅެނީ ދެމަފިރިން ދަރިން ގޮވައިގެން މާލޭގައި އެކަނި، މި ގޮތަށް ކަރަންޓީނުގައި ތިބޭ އިރު ސަޕޯޓު ސިސްޓަމެއް ނެތި ވަރަށް އުދަގޫ. ކަރަންޓީނު ވާންޖެހެއްޔާ ބަލި ކޮންޓްރޯލް ކުރުން މުހިއްމު.

The name is already taken The name is available. Register?

ގުލްބުއްދީން

26 January 2022

ވަކި ވަކި މުއައްސަސާތަކަށް ޚަބަރު ލިޔައްޏާ، ލައްކަ ޚަބަރު ލިޔެވޭނެ، ރާއްޖޭ އެންމެން ޚާއްސަކޮށް މާޅޭގައި އުޅޭ އެންމެން މިތިބީ ބަލި ޖެހި ނޫނީ ކޮންޓެކްޓް ވެފައި

The name is already taken The name is available. Register?

ބަރޭ

25 January 2022

ތިއީ ކޮވިޑަށްވުރެވެސް ނުރައްކާތެރި ބައްޔެއް ޖެހިފައިވާތަނެއް. ތިތަނުގައި ހުރިފާރު ޖެހޭނީ ކަށްޓާހަމައިން ކަހަން.

The name is already taken The name is available. Register?

މުލޭ

25 January 2022

އޭސީސީ ކިޔާތަނެއް ހުރޭތަ؟

The name is already taken The name is available. Register?

ރަބަރޭ

25 January 2022

އެހެން ނޫނަސް މަސައްކަތެއް ކުރާ ތަނެއް ނޫން ތިޔަކީ

The name is already taken The name is available. Register?

ޙަނާާ

25 January 2022

އެންވަޔަރަމަންޓް މިނިސްޓްރީގެ އެތައް ބަޔަކު ފޮޒިޓިވްވެފަ. ޢެކަމު ކައިރި ޖެހިގެން ހުންނަ މީހާވެސް ޑައިރްކްޓް ކޮންޓެކްޓަކަށް ނުބަލާ އަމިއްލައަށް އޮފީހަށް އަންނަނީ. ޓެސްޓުވެސް ނުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަނީ. ތަނުގެ އެޗްއާރަށްވެސް މިކަން އެނގި އަޅާ ނުލަނީ މީހުން އޮފީހަށް ނެރެން

The name is already taken The name is available. Register?

މަޖިލިސް

25 January 2022

130 މުވައްޒަފުންނޭ؟ އަދި އަހަރެމެން ވަރަން ގައްޑާ ވެފަ ތިތާ އެންމެނަން ބިރު ދައްކާގެން ވަޒީފާއިން އިސްތިއުފާ ދީފި ކަމަން ބަލާގެން މި ހުންނަނީ. އެހެންވީމަ އަދި އެބަހުރިދޯ ކުދިންކޮޅެއް. މަޖިލީސް ފަށާފަ ތިކުދިންގެ މައްސަލަ ބެލުން ދެން އޮންނާނީ

The name is already taken The name is available. Register?

ޖުހާނާ

25 January 2022

"ކުދިންކޮޅެއް އެބަހުރިދޯ" އެއް ދިވެހިބަހަކުން ނުބުނާނެ. "ކުދިންކޮޅެއް އެބަތިބިދޯ" އޭ ބުނާނީ. އެކަކަށްވުރެ ގިނަވާނަމަ "ހުރި" ބޭނުމެއް ނުކުރެވޭނެ. "ތިބި" ބޭނުންކުރަން ޖެހޭނީ. "ކުދިން" ވީމާ އެ އެކަކަށްވުރެ ގިނަވީ. އެހެންނޫނީ ބުނާނީ "ކުއްޖަކު" އެބަހުރިދޯއޭ.

The name is already taken The name is available. Register?

ސަމީރާ

25 January 2022

100 ހަމަނުވޭ އަސްލު އަދަދު

The name is already taken The name is available. Register?

އުދުހޭ ކޮކާ

25 January 2022

ތިޔަ ސިވިލް ސާވިސް ކޮމިޝަނަކީ އަބަދު ނިދާފަ އޮންނަ ތަނެއް.

The name is already taken The name is available. Register?

ޙުސެން މިކާ

25 January 2022

ސިވިލް ސަރވިސް އަކަށް ނޭގޭ އޮފީސްތައް ހުހަށް. މިއޮތް ޒަމާނުގައި ނެޓްވާރކަކުން 12 ވަރަކަށް ގުޅާލާކަށެއް މާބޮޑު ކަމެއްނޫން. އަދި ތިފަދަ މައުލޫމާތަކީ ވަގުތުން ބެލެން ހުނަނަންޖެހޭ މައުލޫމާތު. ހާޒިރީ ރިޕޯރޓް ފުނުވަން ދެން އަންގާނީކީނުން.

The name is already taken The name is available. Register?

364

25 January 2022

ތިކަމުގައިވެސް އޮންނާނީ ކޮރަޕްޝަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454