ޑިފެންސް މިނިސްޓަރު މާރިޔާ: ދަރިންނާއި ސިޔާސީ ކަންކަމާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2022 - 17:08
ސިޔާސީ ކަންކަމާ ދަރިންނާ ގުޅުވުމަކީ ދެރަކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެއްގޮތަށް ވިދާޅުވީ، ދަރިކަލުން އިނގިރޭސި ވިލާތުން އަގު ބޮޑު ގެއެއް ބައްލަވައިގެންފައިވާ ކަމަށް ބުނެ އެކަމާ ބެހޭގޮތުން ނޫސްވެރިއަކު އޭނާއާ ސުވާލު ކުރުމުންނެވެ.
އެކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ދަރިކަލުންނަކީ އެއްވެސް އިރެއްގައި ދިވެހި ދައުލަތުގެ މަގާމެއް އަދާކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. ދަރިކަލުންނަކީ އުމުރުން 40 އަހަރު ފުރިފައިވާ އަދި އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ، އޭނާގެ އާމްދަނީ އާއި މަސައްކަތް މި ސަރުކާރާ ގުޅުވުމަކީ ދެރަކަމެއް ކަމަށް މާރިޔާގެ ޓްވީޓްގައި ވެ އެވެ.
ކޮރަޕްޝަންގެ ތުހްމަތެއް އަޅުގނޑަށް ކުރައްވާނަމަ އެކަމެއް ACC އަށް ހުށަހަޅުއްވާ ތަހްޤީގް ކުރައްވާ. އަޅުގނޑު ދަރިފުޅަކީ MDPހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަޤާމެއްނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއްނޫން؛ ފެށުނީއްސުރެ ރާއްޖޭންބޭރުގަ އަމިއްލަ މަސައްކަތްކުރާކުއްޖެއް
— Mariya Didi 🎈 (@MariyaDidi) January 25, 2022
މާރިޔާގެ ޓްވީޓް
"އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާއި އޭނާގެ އާމްދަނީ މި ސަރުކާރާ ގުޅުވައި، އިންތިޚާބުތަކާ ދިމާކޮށް ހަދާ ސުރުހީއަކަށް ވުމަކީ ދެރަކަމެއް،" މާރިޔާގެ ޓްވީީޓްގައިވެ އެވެ.
މާރިޔާގެ ޓްވީޓްގައި ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރާ ނަމަ، އެކަން އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުންބޯހަލާކު
29 January 2022
ދަރިންގެ މަސައްކަތާ ސިޔާސީ ކަންކަން ގުޅުވުމަކީ ދެރަކަމެއް ކަމުގަވީ ކޮންއިރަކުން ފެށިގެންތަ ދައްތާ! ދައްތައަށްވުރެ ގިނައިން މީހުންގެ ދަރިންނާ އަޅައިގަނެގެން އުޅުނު މީހަކުވެސް ނުދެކޭތީ އަހާލީ.
އިސްމާލި
26 January 2022
އޭސީސީ އޮޅާލާފައި ފައިދަށުލައިގެން ތިބެ މި ކިޔަނީ ކަމެއް އޮތިއްޔާ އޭސީސީއަށް ދާށޭ.
ކިހާސަޅި
26 January 2022
މިހާރު މަސައްކަތް ނުހިނގާ މަރުވެފަ އޮތް ކޮމިޝަނަަކަށް މައްސަލަ ހުށަހަޅަން އެ ބުނަނީ. އެތަނަށް ބަޔަކު ލާން އަދި ނަގާނެ 3 މަސްވަރު.
އޮނަރަބްލް އަފީފު ދީދީ
26 January 2022
އިޤިރޭސިވިލާތަކީ ރަނގަޅު ޓެކްސް ނިޒާމެއް އޮތް ޕްރޮޕަޓީ ގަނެ އަމިއްލަކުރުމާއި ގަންނާން ފައިސާ ދައްކާގޮތާއި ފައިސާ ހޯދިގޮތް ސާފުކޮށް ލިޔެކިއުމުން ހުންނާންޖެހޭ "ސިއްރުވެރި ކަންކަމަށް" ފުރުސަތުހަނި ޤައުމަކަށްވާތީ ނޫސްވެރިޔާއަށް ޝައްކު ކުރެވޭ ކަންކަން ހުރިނަމަ ތަކަމުގައި އިޤިރޭސި ދައުލަތުގެ އިދާރާ ތަކުގެ އެހީތެރިކަން ހޯދިދާނެ. # ވަޒީރު ހިއްޕުޅާ ނުވި ކަމުގައިވިޔަސް "ޕާސޮނަލް ލައިފް އާއި ޕޮލިޓިކަލް ލައިފަކީ މުޅިން ތަފާތު ދޭއްޗެން" ކަން އިގެންޖެހޭ.
އިސްމާލި
26 January 2022
އިނގިރޭސި އިދާރާތަކަކުން ނުބަލާނެ އަމިއްލަ މަންމަ، ވިޔާފާރިކުރާ އާއިލާއެއް، ހަދިޔާގެ ގޮތުގައި ދޭ ފައިސާ ދިވެހިރާއްޖޭގައި ހުރި މަންމަ ނުވަތަ ބައްޕަ ހޯދީ ކިހިނަކުންތޯ އެއް. ހަދިޔާގެ ގޮތުގައި ދަރިއަށް އިނގިރޭސީ ބޯޑަރުން އެތެރެވާ ހިނދު އެ ފައިސާއަކީ އިނގިރޭސި ވިލާތުގައި ގާނޫނީގޮތުން ސާފު ފައިސާ. އެމީހުންގެ ބޯޑަރު ހުރަސްކޮށް މިތާ ކަންހިނގިގޮތް ބަލާކަށް ނޫޅޭނެ،
ސޯލިޙް.
27 January 2022
އިސްމާލި ކޮންމެވެސް ވަރަކަށް ޙަބަރު ކިޔާލަބަލަ. މާރިޔާ ވިދާޅުވެފައިވަނީ އުމުރުން 40 އަހަރުވެ ލޯޔަރަކަށްވެފައިވާތީ އޭނާގެ ދަރިފުޅު އިގިރޭސިވިލާތުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ވާހަކަ ނޫންތޯ. އެހެން ވެއްޖެއްޔާ ދިދީ އެބުނާގޮތަށް އެއީ ތެދުތޯ ދޮގުތޯ އިގިރޭސި ވިލާތުން ބެލިދާނެ ނޫންތޯ.
ބޮޑުމީހާ
26 January 2022
ކިރުބޯ ޅަކުދިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީން އަގުބޮޑު ގެއާއި ތަންތަން ގަންނަތީ ލޯހުޅުވާ ބަލާލާއިރު މިފެންނަނީ އެފްޕީއައިޑީ މައްސަލައާއި، އިންޑިއާއަށް ގައުމު ވިއްކުމާއި ގުޅިލާމެހިފަ އޮތްތަން. ހަގީގަތުގައި ކޮރަޕްޝަންގެ ފައިސާ ދަރިންގެ ނަމަށް ބަދަލުކޮށް މިވަބާގައި ދަރިން ބައްސަނީ އަމިއްލައަށް
ސަޓޯގެ
26 January 2022
އެފް.ޕީ.އައި.ޑީ
ޑޮކްޓާރ. ބަނާނާ
26 January 2022
މިރާއްޖޭގެ ރައްޔިތުން އެކި ބަލިތަކަށް ބޭސް ފަރުވާ އަށް ސަލާމް ޖަހަމުން ދާއިރު ކަލޭމެން ތިޔާ ގެންދަނީ ސަރުކާރުގެ ބޮޑެތި މަގާމުގައި ތިބެ ހެދިކާ އާއި ހެދިބިލަތް ވިއްކައިގެންކަން އޮސްޓްރޭލިޔާ - ސީޑްނީ - ފަދަ ގައުމުތަކުން އަގުބޮޑު ގަނޑުވަރުތައް ގަނެގެން ދިރިއުޅެމުން ! ކިހާ ސަޅި ދެއްތޯ ؟ ދެން " "ރަދީފު އޮފިޝަލް" ވިދާޅުވާހެން ލަދު ކޮބާ ހޭ މަ އަހައިފިއްޔާ މަށަށް އެތިވަރު ގޮވާ ! ޑރ ބަނާނާ / މައި. ކލ ސިޓީ
ފަރީ
26 January 2022
ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް ފުއްދަންޖެހޭ. ފުއްދާ ގޮތަކީ ހުރިހާ "ހަލާލު" ކޮރަޕްޝަނާ "ހަލާލު" ވައްކަމުގައި "ގަބީލާ" އެންމެން ބައިވެރިކޮށް ބައި އެޅުން. އޭގެ ތެރޭގައި އަބިންނާ ފިރިންނާ ދަރިންނާ ޅިޔަނުންނާ ފަހަރިންވެސް ހިމެނޭނެ. ދެން ތިމާއަށައި ތިމާގެ އަބިންނާ ފިރިންނާ ދަރިންނާ ޅިޔަނުންނާ ފަހަރިންނަށް ބިމާއި ފްލެޓާ މަގާމުތަކާ ބިޑުތައް ނިލިބެންޖެހޭނެ ސަބަބެއް ނުވިތާކަށް ރާއްޖޭނެް ބޭރުން ގޯތިތަކާ ފްލެޓުތައް ނުގަނެވޭނެ ގޮތެއް އޮންނާނެތޯ؟
ޗަސދސަ
26 January 2022
ތިބުނާ ދަރި ސިޔާސީ ބައްދަލުވުމަކަށް ގެންދިޔަވާހަކަ އެއީ ރަނގަޅުވާހަކައެއްތޯ ؟
ނާތެދެއް
26 January 2022
އަދކިރިޔާތަ އެނގުނީ ދެރަކަމެއްކަން؟ އެސަގާފަތް ދިރުވާ އާލާކުރިއިރު ތިޔަ ޕާޓީ މީހުން ކައިރީ ކީއްވެތަ އެފަދަ ވާހަކަ ނުދައްކަން ނުބުނީ؟ ކޮންމެ ކަމެއް ތިމާއާ ޖެހުނީމަ ރަގަޅާނުބައި އެބަ އޮންނަންޖެހޭ. އެކަމު އެހެން މީހުންނާ ދިމާކުރާއިރު ހައްދުންނައްޓައި ޗާޓުންބޭރުން ދާން ހަމަ އެންމެ އޯކޭ. ދިވެހިންގެ ލަދުހަޔާތް ކެނޑުވުމުގަ އިސްކޮށް ތިބިއިރު އަޚުލާގީ މިންގަނޑު ތެރެއިން ކަންކަމަށް ފާޑުކިޔަން އެމްޑީޕީން ދަސްކޮށްދިންނަމަ ތިމާމެންނަށްވެސް މިއަދު ފައިދާކުރީސް