ނަވާޒުއްދީންގެ މުމްބާއީގެ ގެ.
29 ޖެނުއަރީ 2022 - 06:46
އިންޑިއާގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދިގީ އޭނާގެ ގަނޑުވަރެއް ކަހަލަ ރީތި ގޭގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފި އެވެ.
މީޑިއާތަކުން ބުނީ މުމްބާއީން ބިމެއް ގަނެގެން ހުނަރުވެރި އެކްޓަރު އިމާރާތްކުރި ގޭގެ މަސައްކަތް ނިންމާފައި ވަނީ ތިން އަހަރުގެ ތެރޭގައި ކަމަށެވެ. ނަވާޒުއްދީންގެ ބައްޕަގެ ހަނދާންތަކާ ގުޅުވައިގެން ގެއަށް ކިޔާފައި ވަނީ "ނަވާބު" އެވެ. އެ ނަމުން ސިފަކޮށްދޭ ގޮތަށް ޝާހީ ފާޑުވެރިކަމާ އެއްގޮތަށް ހަދާފައިވާ ތިން ބުރީގެ ގޭގެ އިންޓީރިއާ ވެސް ހަދާފައި ވަނީ ނަވާޒުއްދީން އަމިއްލަ އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ގެއަށް ދިޔަ ހަރަދާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ނަވާޒުއްދީނަކީ އިންޑިއާގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އޭނާ އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާ އެކު މިހާރު މަސައްކަތްކުރަން ލިބޭ ނަވާޒުއްދީން މީގެ ކުރިން ގިނައިން ކުޅެމުން އައި ސަޕޯޓިން ރޯލުތައް ނަމަވެސް މިހާރު އޭނާ އަކީ ލީޑް ރޯލު ވެސް ކުޅޭ އެކްޓަރެކެވެ.
މިހާތަނަށް އެެތައް އެވޯޑެއް ހޯދާފައިވާ 47 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބޯލެ ޗޫޅިޔާ"، "ޖޮގިރާ ސަރަ ރާ ރާ"، "ހީރޯޕަންތީ 2"، "ޓީކޫ ވެޑްސް ޝޭރޫ"، "ސަންގީން"، "އަދުބުތު" އަދި "ޝޫޓްއައުޓް އެޓް ބައިކުއްލާ" ހިމެނެ އެވެ.
އުއްތަރު ޕްރަދޭޝްގެ މުވައްޒަފަރު ނަގަރަށް އުފަން ނަވާޒުއްދީނަކީ ދެ ކުދިންގެ ބައްޕައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމު ގައުމު
29 January 2022
ނަވާޒުއްދީން ތިހެންއުޅެފާނެކަމަށް ގަބޫލެއްނުކުރެވޭ. ތީ ފޭކުއެކައުންޓަކުންކުރި ޕޯސްޓަކަށްވެދާނެ.
ޑޖެުސުެުެހ×ހ
29 January 2022
އިންސްޓަގްރާމް ކޮށްފި… އެއީ ކިހިނެއް ކުރާކަމެއްތޯ؟
ދޮން މަނިކު
30 January 2022
ގޫގުލް ކުރުމަކީ ކޮބާ؟