ޕީޕީއެމްގެ ޖަލްސާއެއްގައި ސައީދު ވާހަކަ ދައްކަވަނީ: އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ގާނޫނު ހެދިޔަސް އެ ކެމްޕޭން ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ މިހާރު
31 ޖެނުއަރީ 2022 - 10:45
އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުން ހުއްޓުވަން ގާނޫނެއް ހަދައި ގާނޫނުއަސާސީއާ ހިލާފު އަމަލުތައް ހިންގުމަކީ ރައްޔިތުންނަށް މި ސަރުކާރުން ދޭ އަނިޔާއެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ސައީދު ވަނީ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގޮތަށް ފާސްކުރަން ތައްޔާރުވަމުން އަންނަ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ބިލް އެކުލަވާލާފައި އޮތީ ހާރިޖީ ގުޅުމަށް ބުރޫއަރާ ވާހަކަތައް ދައްކާ ނަމަ ބޮޑު ޖޫރިމަނާއަކާއި ޖަލު އަދަބު ދޭ ގޮތަށެވެ.
ސައީދު އެ ބިލް ސިފަކުރެއްވީ އިންޑިއާ ރުއްސަން ދިވެހިންގެ ދުލުގައި ތަޅުއަޅުވަން ހުށަހަޅާ ބިލެއްގެ ގޮތުގަ އެވެ. އެކަމަކު ރައްޔިތުން ކުރަން ޖެހޭ ކަމަކީ ކޮންމެ އަގެއް ދައްކާފައި ނަމަވެސް އަމިއްލަ ގައުމު ހިމާޔަތްކުރުން ކަމަށް ވިދާޅުވި އެވެ.
"ބީޖޭޕީ ރުއްސަން، ޕްރައިމް މިނިސްޓަރު މޯދީ ރުއްސަން ގާނޫނެއް ހަދައިގެން ތި ބޭފުޅުންގެ އަނގަބަންދުކުރަން މިއުޅެނީ. ގާނޫނެއް ހަދައިގެން ދުލުގައި ތަޅުއަޅުވަން މި އުޅެނީ،" ސައީދު ވިދާޅުވި އެވެ.
ހާރިޖީ ގުޅުމަށް އަސަރުކުރާ ފަދަ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ގާނޫނު ހަދާއިރު އެއީ އިންތަކަކާއި މިންތަކެއް ކަނޑައެޅިފައި އޮންނަ ގުޅުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހާރިޖީ ގުޅުމަކީ އިންތަކެއް މިންތަކެއް އިހްތިރާމްތަކެއް ކަނޑައެޅި ގައުމުތަކަށް އެކަން އެނގޭ އެއްޗެއް. ވަކި ހުދޫދެއްގެ ތެރޭގައި ގެންގުޅެން ޖެހޭނެ އެއްޗެއް،" ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރ. ދުވާފަރުގައި ބޭއްވި އިންޑިޔާ އައުޓް ހިނގާލުން.
މި ވެރިކަން ގެނައީ އިންޑިއާގެ އެހީއާ އެކުގައި ކަމަށް އިދިކޮޅުން ކުރާ ތުހުމަތަށް ބާރު ދެއްވައި ސައީދު ވިދާޅުވީ މި ސަރުކާރުން އިންޑިއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ފަހަތުގައި ވެސް އޮތީ އެ ސަބަބު ކަމަށެވެ.
"އަޅުގަނޑު ދައްކާވާހަކައެއް ނޫން މިއީ. ރައީސް ނަޝީދު އަމިއްލަފުޅަށް ވިދާޅުވި ތިމަންނަމެންނަށް ހުޅުވުނު ކުޑަދޮރަކުން ލިބުނު ފުރުސަތެއްގައި ވަދެއޭ އިންތިހާބު ކާމިޔާބުކުރީ. މިކަން ކޮށްދިނީ އިންޑިއާގެ ބައެއް ޑިޕްލޮމެޓުންނޭ،" ސައީދު ވިދާޅުވި އެވެ.
"މިއަށް ދޭ އުޖޫރައެއްގެ ގޮތުން ރާއްޖޭގެ 26 ސަރަހައްދެއްގައި ރާޑަރު ބަހައްޓައި ރާއްޖޭގެ އިންޑިއާގެ ސިފައިން ބޭތިއްބުން، އަސްކަރީ ނޭވަލް ބޭސްއެއް ގާއިމްކުރުން މިއީކީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދޭން އަންނަ ސަރުކާރަކުން ކޮށްގެންވާނެ ކަންކަން ނޫން."
ސައީދު ވިދާޅުވި ގޮތުގައި ގާނޫނެއް ހަދައިގެން އިންޑިއާ އައުޓް ގޮވުން މަނާކުރިއަސް ގާނޫނުއަސާސީގެ ބާރު މާގަދަވާނެ އެވެ. ރައީސް އޮފީހާއި ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މާ އަޑުހަރުކޮށް އިންޑިއާ އައުޓް ދެން ގޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިކުރާ ކަންކަމާ ދެކޮޅު ކަން ރައްޔިތުންނަށް ބުނެދޭން ލިބިފައި އޮތް ފުރުސަތަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބު ކަމަށާއި އެ އިންތިހާބުގައި އިންޑިއާ އައުޓް ހަަރަކާތް ހިންގޭނެ ކަން ވޯޓުން ދައްކައިދޭން ސައީދު ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލޮށި
01 February 2022
ޔާމީނު ރުހޭހާގޮތަކަށް ވާހަކަދައްކާ ހައްގާ ބާތިލު އޮޅުވުމަކީވެސް އަނިޔާ! ޔާމީނު ކުރާކޮންމެކަމަކަށް ސާބަހޭ ހޭވައްލާއޭ މައުސޫމޭ އިންސާފޭ ގޮވުމަކީ ނުކުރެވޭނެ ކަމެއް! ޔާމީނު ކުރިޔަސް އަމީނު ކުރިޔަސް ކުށެއް ވަނީ ކުށަކަށް! އެވަރު ނުދަންނަ މީހުން މީހުންގެ ތެރޭގަ އަނގަހުޅުވާ އުޅުމަކީ ލަދުވެތިކަމެއް! އިންސާނުންނަށް ﷲ ދެއްވާފަވާ ހައިބަތާ ކަރާމާތް ޔާމީނުގެ ފައިދަށަށްލާ ޗިސްކޮށްލާފަ ޔާމީނުގެ ދިފާއަށް ނުކުމެ ހައްގެއްބާތިލެއްނުބަލާ ވާހަކަދެއްކުމަކީ އަނިޔާ!
ޢަރުތަ
31 January 2022
ތިޒާތުގެ ވާހަކަ ދައްކަން އެންމެ އެކަށޭނަ މީހަކީ ސައީދު.........
މާކުންބޭ
31 January 2022
ދެން މިޒަމާނުގައި އަނިޔާ އެއްވެސް މީހަކަށް ނުލިބޭތީ، ރާއްޖޭގެ ރިތީ ނަން ބަދުނާމަކުރާބަޔަކު އެހިންގާ ޖަރީމާތައް ހުއްޓުވުމުގެ ގޮތުގުން ޤާނޫނެއް ހެދުމަކީވެސް އަނިޔާވެރިވަނީ ކަމަށް ދޯ ފިނިފެންމާ ސަޢީދަށް ވަނީ، ސައީދު މެނަށް މިހާރު އަނިޔާ އަކީ ކޯޗެއްކަންވެސް މިހާރު ނޭގޭ ދޯ؟
ހުސަންސާލީ
31 January 2022
އޭނާގެ ވެރިކަމުގައިވެސް ފެނުނީ މިސިފަ އޭނާ ހިތްހަމަ ނުޖެހުނީމަ ކޮމަންވެތާވެސް ޖައްސާލީ މުސްކުޅި ބޭބެ ޖަލަށްވެސްލީ މިވެސް ހަމަ އެކަހަލަ ކަމެއް ސޯލިހުވެރިކަމަށް ގެނައި އިންޑިއާއިން އެހީވެގެން ކަމަށްބުނެ އިންޑިއާއާ ޖެހިގަތީހަމަ ޔާމީނު ބުނާކަހަލަ ނުރައްކަލެއް އޮތްނަމަ އަހަރުމެންނަށްވެސް ފެންނާނެތާ
ބޭރުވެލާ
31 January 2022
އަނިޔާވެރި ރަހުމް ކުޑަ ވެރިއަކަށް ފިނިފެންމަލުގެ ގުލްދަސްތާއިން ސަނާ ކިއުމަކީ ވެސް އަނިޔާވެރިވުން...
ހާމިދު ޝާހިދު
31 January 2022
ފަކަހަށް އައިސް ރާއްޖޭގައި ވެރިކަން ކުރާ އެންމެ އަނިޔާވެރި ވެރިންތިބީ މިސަރުކާގައިކަން ތާރީޚް ހެކިދޭނެ. އަވަށްޓެރި ނުފޫޒުގަދަ ގައުމެއްގެ ބިރިޔާނި ތަށްޓަކާ ވިކިފައި ތިބި ބައެއް، މޯޑީގެ ގައިދަށުވެ ފިތިފައިވާ މިންވަރު މިދޭހަވެގެންދަނީ. ޑިމޮކްރަސީގެ އައްޕަމެންކަމަށް ބުނަމުންދިޔަ މީހުން މިހާރު އެދަނީ، ޑިމޮކްރަސީގެ ރެކޯޑް މުގުރަމުން. ކީކޭ ބުނާނީވެސް! ޔާ ﷲ މިވަބާވެރިކަމުން މިގައުމު ސަލާމަތް ކޮށްދެއްވާށިއެވެ.
އެކަލޯ
31 January 2022
ބައިނަލް އަގުވާމީ ދުނިޔެ އާއި ދިވެހިންނާޖެއްސުމަށް މަސައްކަތް ކުރުމަކީވެސް ރައްޔިތުންނަށް އަނިޔާވެރިވުން. ޔާމީނު ބަހައްޓަން ރަގަޅީ ޖަލުގަ އަދި އެމްޑީ ޕީ ނޫން ބަޔަކު ވެރިކަމުގަ ހުންނަންވީ.
މޯލްޑިވިއަން ފޭޝިސްޓް ޕާޓީ
31 January 2022
މި ބިލުގައި މި މަނާ ކުރާ ކަހަލަ ވާހަކަ ގައުމަކާ ދެކޮޅަށް ދައްކަން ޖެހޭ ހާލަތެއް ކުރިމަތި ވެދާނެ ހަމަ އަސްލަށް ވެސް އޭރުން ކިހިނެތް ހަދާނީ ، މިއީ ޙިޔާލު ފާލުކުރުމުގެ މިނިވަންކަމާއި ޑިމޮކުރަސީއަށް އަރައިގަތުން މައުމޫނާ ދިމާލަށް ޑިކްޓޭޓަރެކޭ ކީ މީހުންނަކީ އަސްލު އެއްވެސް އެއްޗެއް ގަބޫލު ކޮއްގެން އުޅޭ ބަޔެއް ނޫންކަން މި އެނގެނީ. ޓު ފައިންޑް އައުޓު ހޫ ރޫލްސް އޯވާ ޔޫ ފައިންޑް އައުޓު ހޫ ޔޫ އާ ނޮޓް އެލައުޑް ޓު ކުރިޓިސައިޒް - ވޮލްޓެއާ
ފޮނިޓައްޕު ހަސަނު
31 January 2022
ބަލަގަ ދެއުޅިއެއް ނުވާ ސައީދޫ. ކަލޭ ހަނދާނެއް ނެތްތަ ޔީމޫނު ރުއްސަން މިރާއްޖޭގެ ގާނޫނުތަކާއި އަދި ޚާއްސަކޮށް މާލިއްޔަތު ގާނޫނު ކޮށާމަށައިގެން ޔާމީނާއި އަދީބު ގުޅިގެން ހިންގާލި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް.
ރަދީފްއޮފިޝިއަލް
31 January 2022
ގިނައިން ލިބުނީ ކަލޭގެ ގަބީލާ މީހުންނަށް ދޯ!!!
މުންޖިދު ޖ
31 January 2022
މި މީހުން ވެރިކަމުގައި ތިބި 5 އަހަރު ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާ ލިބުނީ