14 ފެބުރުއަރީ 2022 - 13:03
ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ސިޒޭރިއަން ހެދި މީހާގެ ހާލު ދެރަވުމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ އެކަން ބަލައިދިނުމަށް އާއިލާ އިން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު ސިޒޭރިއަން ހެދި އުމުރުން 35 އަހަރުގެ އެ މީހާގެ ހާލު ދެރަވެގެން ޖެހިގެން އައި ދުވަހު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފަ އެވެ.
އެ އާއިލާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އެ މީހާގެ ހާލު ދެރަވި މައްސަލައިގައި ގަމު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އެކަން ހިނގައިދިޔަ ގޮތް ތަހުގީގު ކޮށްދިނުމަށް އިއްޔެ ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އިންސާފެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެހެން ބަޔަކަށް މިފަދަ ކަމެއް ދިމާނުވާނެ ކަމަށް ސިސްޓަމް ބަދަލުކުރަން ބޭނުންވަނީ،" އޭނާ ބުންޏެވެ.
އާއިލާ އިން ބުނީ ސިޒޭރިއަން ނިންމާފައި، އެ ދުވަހުގެ މެންދުރު 12:00 ހާއިރު ވޯޑަށް ބަދަލުކުރުމަށް ފަހު، ހާލަތު މޮނީޓަ ކުރަމުން ދިޔަޔަސް ކަމެއް ގޯސްވެގެން އުޅޭކަން އެނގޭނެ ކަމަށެވެ. އެކަމަކު 1:30 ހާއިރު ތަދުވާ ކަމަށް ބުނުމުން ތަދު ކަނޑުވާ ބޭސް ދީ، އަނެއްކާ 3:00 ހާއިރު ތަދުވެގެން ރޯން ފެށުމުން ވެސް ދިނީ ތަދުކަނޑުވާ ބޭސް ކަމަށް އާއިލާ އިން ބުނެ އެވެ.
"ބްލަޑް ޕްރެޝަރާ އެއްޗެހި ބެލި ނަމަ އެނގޭނެ މީހާ ރަނގަޅު ނޫންކަން. ލޭ މަދުވެ، ބްލަޑް ޕްރެޝަރު ދަށްވީމާ ޝޮކަކަށް ގޮސްގެން އައިސީޔޫ އަށް ބަދަލުކޮށް ވެންޓިލޭޓަރު ގުޅީ. އޭރު ބުނީ ގައިގައި ހުރީ ހަތަރު ޕައިންޓް ލޭ ކަމަށް. ނުވަ ޕައިންޓުން ހަތަރު ޕައިންޓަށް މަދުވާއިރު ނޭނގޭނީ އެއްވެސް ވަރަކަށް ބެލިފައި ނެތީމާ،" އާއިލާ އިން ބުންޏެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ތިން ކުދިންގެ މަންމަގެ ހާލު ދެރަވީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ނާރެއް ބުރިވެ، ބަނޑަށް ލޭ އެޅިގެންނެވެ. ނަމަވެސް އާއިލާ އިން އަދި ގަމު ހޮސްޕިޓަލުން ވެސް އެކަން ދޮގުކުރެ އެވެ. އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ އޭނާގެ ހާލު ސީރިއަސްވީ ސިޒޭރިއަނަށް ފަހު ބަންދުކުރިއިރު ޕްރެޝަރު މަތިވެގެން ލޭ ލީކްވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އެ ކަންތައްތަކާ ހެދި އެ މީހާގެ ކިޑްނީ އާއި ހިތް އަދި ލިވާ އަށް އަސަރުކޮށްފައިވެ އެވެ. ކިޑްނީގެ މަސައްކަތްކުރާ ވަރު ވެސް އިއްޔެ އަށް ވުރެ ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.
"ކުރިން ސިއްހީ މައްސަލައެއް ނުހުންނާނެ. އެކަމަކު ދެން ވަރަށް ބޮޑަށް ބަލައިގެން، މުޅި އުމުރަށް ވެސް މި ކަމުގެ ތެރޭގައި އުޅެން ޖެހޭނީ،" އެ އާއިލާ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
14 February 2022
ހެލްތުމިނިސްޓުރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ހަދާގޯސްތައް ހެއްތުމިނިސްޓުރީން އަމިއްލަޔަށް ތަހުގީގުކުރުމުން އިންސާފުވެރިއެއްނުވާނެ، ތިޔަކަން ކުރަންޖެހޭނީ ކަމާގުޅޭ އިދާރާތައް ބައިވެރިކޮށްގެން މިނިވަން ޓީމަކުން، ފޭކު ޑޮކުޓަރުން އަގުހެޔޮކޮށް ތަންތަނުންގެނެސްގެން މީހުނަށްދޭބޮޑެތި ގެއްލުން..
ޒިންމާދާރު ކުރުވާ
14 February 2022
ބަލިވި މަންމައަށް އަވަސް ޝިފާ އަކަށް އެދެން، އަދި ކަމަނާ އަށާއި އާއިލާ އަށް ކެތްތެރިކަމަށް ވެސް އެދެން. އިންޞާފުވެރިކަމާއި އެކު ޒިންމާދާރު ކުރުވުމީ ވަރަށް ރަނގަޅު ކަމެއް.އެކަމަކު ތިޔަފަދަ ބައެށް އެހެން ކޭސްތަކުގައި ކަންވީފަދައިން ސިޔާސީ ބަޔަކު، ޢާއިލާގެ ބަޔަކު ލައްވާ ޖައްސަން ބޭނުންވާ ސަކަރާތް ގަނޑަކަށް ތިޔަކަން ނުވިއްޔާ ކިތަންމެ ހާވެސް ރަނގަޅު. ދުނިޔޭގެ ހުރިހާ ހިސާބެއްގެ ޞިއްޙީ ނިޒާމްގެ ތެރޭގައި ވެސް އިހުމާލު ހިނގާ ކަމީ ދެބަސް ނުވެވޭ ހަގީގަތެއް.
ހުސެން
14 February 2022
ދުނިޔޭގެ އެހެންތަންތާންގަވެސް އުޅެޔޭ ސެޓުފިކެޓު ގަނެގެންއުޅޭ ފޭކުޑޮކުޓަރުން، އެހެންތަންތާންގަ މިފަދަކަންކަން ހިނގުމަކީ މިރާއްޖޭގަ މިކަންކަން މިގޮތަށް ދާން އޯކޭވާންޖެހޭސަބަބެއްނޫން، ފޭކުޑޮކުޓަރުން ގެނެސް ތަންތަނަށްލީމާ ހުރިހާ ގެއްލުމެއް މިލިބެނީ ހިދުމަތްހޯދާމީހުނަށް، ކުރިއަރާފައިވާ ގައުމުތަކުގެ ނުވަތަ ކުރިއަރަމުން އަންނަ ގައުމުތަކުގެ އިތުބާރުކުރެވޭ ހޮސްޕިޓަލްތަކުގައި ސިޒޭރިއަން ހަދާއިރު ގޮހޮރުބުރިކޮށްލުން ކުއްޖާ ކަފާލުން މިއީ ހިނގާކަންކަމެއްނޫން
ނާގާބިލުޕާޓީ
14 February 2022
ބައެއް މީހުން ވިސްނާގޮތަކީ ޑޮކްޓަރު ވިއްޔާ މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހިޔަސް އަންނަން ޖެހޭނީ ވަޒީފާއިން ވަކި ކުރުން ކަހަލަ ކުޑަ ކުޑަ އަދަބެއް ، މިއީ މީހެއްގެ ފުރާނަޔަށް ގެއްލުން ލިބިދާނެ ކަހަލަ ނުރައްކާތެރި ކަމެއް މި މީހުން ކޮއްފައި މި އޮތީ ، ކާކު އެ އާއިލާއަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަނީ ، މިއީ ރަނގަޅު ފާހެއް އޮތްބަޔެއް ކަމާމެދުވެސް ޝައްކު އެހެން ނޫނީ ގަސްތުގައި ކޮއްފައި އޮތްކަމެއް ހެންހީވަނީ ކުރިމިނަލް ނެގްލިޖެންސް އިޒް ކުރައިމް
ކޮރުޕާޓީ
14 February 2022
2015 ވަނަ އަހަރު އޭޑީކޭ ގައި ސިސްޓެއް ނަގަން ކުރި އޮޕަރޭސަނަކަށްފަހު ގޮހޮރު ފޫގޮސްގެން ނިޔާވި ނ.މަނަދޫ އަންހެނެއްގެ މައްސަލަވެސް ތިޔަމިނިސްޓްރީން ބަލާ ރިވިއު ކުރިކަމަށް އެ އާއިލާއަށް ލިއުމެއް ފޮނުވި. ރިވިއު ކުރިގޮތަކާ އެކަން ކުރިބަޔަކު ހޯދަން ކުރި މަސައްކަތުން ހެލްތްމިނިސްޓްރީން އެއްވެސް ކުރިމަގެއް ނުލިބުނު.އެންމެފަހުން މައުލޫމާތުހޯދާ ލިބިގަތުމުގެ ގާނޫނުގެ ތެރެއިން އެމައްސަލަ ހުށައަޅައިގެންލިބުނު މައުލޫމާތުން އެނގުނީ އެމައްސަލަ ރިވިއު ނުކުރާކަން