އެމްޑީޕީގެ ޕީޖީގެ އިންތިހާބަށް މި ފަހަރު ވާދަކުރައްވާ ބައެއް ބޭފުޅުން (ކ-ވ) ބިގޭ، އާޒިމް، އިލްޔާސް، އަސްލަމް އަދި އަނދުން ހުސައިން.
17 ފެބުރުއަރީ 2022 - 12:54
އެމްޑީޕީން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ އިންތިހާބުގައި ގިނަ މަގާމުތަކަށް އެންމެ ބޭފުޅަކު ވާދަކުރައްވައިގެން ހޮވިޔަސް މާދަމާ ބާއްވާ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ޕީޖީގެ އިންތިހާބު 2019 ގައި އެންމެ ފަހުން ބޭއްވިއިރު، ލީޑަރަކަށް ކުރިމަތިލެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ޕީޖީ ގުރޫޕްގެ ދެ ނައިބުންނަށް ކުރިމަތިލެއްވީ އެ މަގާމުގައި ދެމިތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލައްވައި ހޮވިވަޑައިގަތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.
މަޖިލީހުގައި 65 ގޮނޑިއާއެކު ސާފު އަޣުލަބިއްޔަތު އޮތް ޕީޖީގެ އިންތިހާބުގައި ލީޑަރު ކަމުގެ މަގާމު ދިފާއުކުރައްވަން އަލީ އާޒިމް މި ފަހަރު ނުކުންނަވަ އެވެ. އޭނާއާ ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ދެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އަނދުން ހުސައިންގެ އިތުރުން އިލްޔާސް ލަބީބް މަގާމު ދިފާއުކުރައްވަން ވާދަކުރައްވާއިރު ބިގޭ ވެސް މިފަހަރު އެ މަގާމަށް ނުކުންނަވަ އެވެ.
ބިގޭ ފުރުއްވި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ ނައިބަކާއި ޗީފް ވިޕް ވެސް ހޮވާނެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު 1:30 އިން ހަވީރު 5:30 އަށް އެ ޕާޓީގެ އޮފީހުގަ އެވެ.
މި އިންތިހާބު 2019 ގެ ފަހުން މިހާތަނަށް ނުބާއްވާ އޮތީ ގަވާއިދަށް އިސްލާހު ގެެނެސް ދައުރު ދަންމާލާފައި އޮތުމުންނެވެ.
ޕީޖީގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ހިޔާލުފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމެވެ. އަދި ޕާޓީގެ ސިޔާސަތު މަޖިލީހުގައި ދިފާއުކުރުން ކަަމަށް އަސާސީ ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކުރުސީ
17 February 2022
ކޮބާ ދޮންރިހަ ބައިގަނޑު ވޯޓް ކަރުދާސް އަޅަން އުވަ ގަށާ މެޝިން ސަލީފާ ބޮޑެތި ކަޅުހަން ހޯދައިފިންތަ؟ ޕަކާސް.
ރަދީފްއޮފިޝިއަލް
17 February 2022
ކޮންކްރީޓް މެޝިން ދެއްތޯ؟ ހެހެހެ
ލަގެޖް
17 February 2022
އެމްޑީޕީގެ އަންނިސްތާން ފެކްޝަނުންނާއި ، އިބޫސްތށން ފެކްޝަނުން އައިސްފަތިބި ބޭކަލުން ތިތިބީ.
ރަދީފްއޮފިޝިއަލް
17 February 2022
ރަނގަޅު އެކަކުވެސް ނެތް. 1)ބިގޭ ދެން އޯލް ނޯވްސް 2)އާޒިމް - ދަބަހެއްގަ ސޮލިޑް ލިކުއިޑް އަދި ގޭސް ސްޓޭޓްގަ ހުރި އެއްޗެއް އުފުލި ، ނަމަވެސް އެ ވިރިގެން ނުދިޔަ 2 ދުވަސްވިއިރުވެސް 3)އިލް - ފެމިލީ ބިޒްނެސް އުހަށް ދައުލަތް ބްރިޖެއްގެ ގޮތުގަ 4)އަ ސްލަމާ - 80 ދަރިވަރުން މެނެޖް ނުކުރެވުނު 5)އަނދުން ބްރޯ އެއީ އަނގައިން ހިފަހައްޓާނެ މީހެއް. .ވ.ވެދުން
ސދަދދ
17 February 2022
އައި ތިންކް ބިގޭ އިޒް އޯކޭ. އައްނި ބުނިހެން އަސްލަމް ރަނގަޅުވާނީ މަޖިލިސް ރައީސަކަށް.
ހޮވާތީ
17 February 2022
ދަބަހުގައި ތަންކޮޅެއް ރަގަޅު ކަހަލަ އެއްޗެހި އުފުލާ މީހަކު މިފަހަރު ހޮވަން އެނގޭނެބާ.
ނުކުރެވޭ
17 February 2022
މަޖްލިހުގައި ވޯޓްލާއިރު ޕާޓީގެ ސިޔާސަތަށް ތަބާނުވެ ސިއްރުން ވަކި މެމްބަރަކު ލައްވާ ފިތުނައިގެ ވޯޓް ޕާޓީގެ ރޫހާ އިދިކޮޅަށް މަޖްލިހުގައި ލައްވާ ރޫހާނީ ލީޑަރަށް ފިޔަވަޅެއް ނޭޅޭ ޕާޓީއެއް ތިއީ. ޕާޓީގެ ވިންދާ ޚިލާފަށް މަސައްކަތް ކުރިކަން އަމިއްލައަށް އިއުތިރާފްވީމަ އަދި އޭގެ ކުރިން އެނގޭނެއިރުވެސް އެކަމަކާ އަޅައެއް ނުލި. ޕާޓީގެ މަގާމުތަކަށް ރީތި ގޮތުގަ މީހުން ހޮވުމުގެ ބޭނުމެއް ނެތް އެމީހުންގެ ބަހުގެ އަގެއްނެތި ހޮޅި މަގާމެއްގަ ހުންނަން އޮންނަނަމަ.
ބަލީނީ
17 February 2022
ތިޔާގަ ގިނައީ އަމިއްލަ ސިކުނޑި ނިއްވާލާފަ ގ.ކެނެރީގޭ ނަޝީދު ބުނާ ކޮންމެ ގޮތަކަށް ހަދަަނެ މީހުން! ދުވާލު މިއީ ރޭގަނޑޭ ބުންޏަސް ގަބޫލުކޮށް އެކަން ޝައްކެތް ނެތް މިންވަރަށް ދިފާއުކޮށް ދޭނެ މީހުން! ނަޝީދުގެ ވިހަކަން ސިޔާސީ މަޝްރަހުން ފިލަންޖެހޭ!
ރަދީފު ބިން ރަފައިދާ
17 February 2022
ބިގޭއާ އަނދުނާ އާޒިމާ މީ ދެން ކޮންބައެއް؟
ރަދީފްއޮފިޝިއަލް
17 February 2022
އަސްލަމް އެއީ ކޭޔަށް؟؟ 80 ކުދިންގެ ސްކޫލެއް ހިންގަން ހަވާލަ ކެޑެމެއި ފެއިލްވި.
ދިރާސާ
17 February 2022
އެމްޑީޕީގެ ގްރާސްރޫޓްގެ މެޖޯރިޓީ ގަބޫލުކުރާނެ ގޮތުގައި މަގާމަށް އެންމެ އެކަށީގެން ވަނީ، ކަނާތުން 4 ވަނަ، އެއީ ދެގޮތެއް ނުވެ އަބަދު ޕާޓީގެ މަސްލަހަތަށް މަސައްކަތް ކުރި ފަރާތަކަށް ވާތި. އެހެން ފަރާތަށް ޕާޓީގެ ތިޔަފަދަ މަގާމަކަށް އެކަށީގެން ނުވާ ސަބަބަކީ، ކަނާތުން 1 އަދި 3 ކީ ޕާޓީއަށް ލޯޔަލް ވެފައި ޕާޓީއަށް ދެގޮތެއް ނުވެ ތިއްބަސް، ގައުމުގެ ރައީސްއާ، މަޖްލިހުގެ ރައީސްކުރެ އޭރަކު ބާރުގަދަ ރައީސެއްގެ ފަރާތަށް، މުޅި ޕާޓީގެ މަސްލަހަތާ ޚިލާފަށް ކިރިކިރި ތިބޭބައެއް. ކަނާތުން 2 ވަނައަކީ، ޕާޓީއަށް އަރާހުރި ބީރައްޓެއްސެއްގެ އިތުރުން، ވަރަށް ބަސްމަގު ހަޑި އަދި 5 ވަނަ އާ އެކު އދ ގެ ބޮޑު ބޭފުޅާ އަދި ޕާޓީއަށް ބީރައްޓެހި ބޭފުޅާގެ އެޖެންޑާ ކުރިއަރުވަން އުޅޭ ފަރާތްތައް.
އީދު .
17 February 2022
އަސްލަމް ޖުމްހޫރީ ޕާޓީއާއި ގުޅުނުކަން ދިރާސާތަކުން ނުދައްކަނީތޯ ؟؟
ޖޯރޭބޭބެ
17 February 2022
ތިތާ ކަމާދާ އެކަކުވެސް ނެތް