މަސްތުވާއެއްޗެހިތަކެއް: ރާއްޖެއަށް ޑްރަގް އެތެރެކުރި އިންޑިއާ މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2022 - 22:14
ރާއްޖެއަށް 3.9 ކިލޯގެ ޑްރަގް އެތެރެކުރި އިންޑިއާ މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސައްތީކުމާރުގެ އޮގަސްޓް، 2019 ގައި ވައިގެމަގުން ރާއްޖެ އައިއިރު އޭނާގެ ލަޖެގުން މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ ސައްތީކުމާރުގެ ލަގެޖުން ކަމަށް ވާއިރު އަދި އެ ލަގެޖުން ފެނުނު މަސްތުވާތަކެތި ހޯދީ އޭނާގެ ހާޒިރުގައި އެ ފޮށި ހުޅުވައިގެން ކަމަށްވާތީ އެ ތަކެތި ފެނުނީ އޭނާގެ ހިޔާޒަތުގެ ދަށުން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މަސްތުވާތަކެއްޗާ ހަވާލުވާން އެހެން މީހަކު އަންނާނެ ކަމަށް އޭނާ އޭރު ބުނެފައިވާތީ އެ ފޮށީގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މަސްތުވާތަކެއްޗާ ހަވާލުވާން އެހެން މީހަކު އަންނާނެ ކަމަށް ސައްތީކުމާރު ބުނެފައިވާއިރު، އެތަކެއްޗާ ހަވާލުވާން އަންނަ މީހަކު ހޯދަން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ނުގެންދިއުމަކީ އެ ތަކެތި އެތެރެ ކުރުމުގެ ޒިންމާއިން އޭނާ ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަ މަހުގެ މުއްދަތެކެވެ. އަދި ޖޫރިމަނާ ދައްކަން އޭނާއަށް އެއް އަހަރުގެ މުއްދަތުގެ ހުކުމުގައިވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑިބޯ
18 February 2022
މީނަގެ ޢައިރު. ހާޒިރުގައިތޯ ހުކުމް ކުރީ ނޫނީ މި ހުކުމް ތަންފީޒު ކުރަންޖެހެނީ އޭނަގެ ގޭގެތޯ!
ކަކުނިބޯ
18 February 2022
ހާސްނުވޭ މާދަމާއިންޑިޔާ އަށް ފޮނުވަދޭނަން
ބޭރުވެލާ
17 February 2022
އެއްބާވަތެއްގެ މައްސަލަތަކުގައި ތަފާތު ހުކުމް އަންނަނީ ކީއްވެބާ؟ މީގެ ދުވަސް ކޮޅެއް ކުރިން ނޫހުން ފެނުނު ތިބުނާ ކޮންޓްރޯލް ޑެލިވަރީ ނުޖެއްސީތީ ބަންދު ކުރެވުނު މީހާ ހަމަ ތި ކްރިމިނަލް ކޯޓުން ދޫކޮށްލި ހަބަރުވެސް......ޤާނޫނު ޢުޤޫބާތް ފަހުމު ވުމުގައި ތަފާތެއް އުޅެނީ ކަމެއްވެސް ވެދާނެ.
ޢަމީންދީ
17 February 2022
ޥ ރަނގަޅު
ކުރުސީ
17 February 2022
ދެދުވަސްތެރޭ އޭނަ ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވާލާނެ?
1828
18 February 2022
ބޭސް ފަރުވާއަކަށް ނޫން. އިންޑިއާއި ރާއްޖެއާމެދު ކުށްވެރިން ބަދަލުކުރުމަށްވެފައިވާ އެއްބަސްވުމުގެ ދަށުން