ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ހުޅުމާލޭ ކޯޓުގެ މައްސަލަ: ޖޭއެސްސީގެ ރާގު ބަދަލުވެ، ނޫސް ބަޔާނަށް ބަދަލެއް

ޖޭއެސްސީގެ ރައީސް ހިސާން: ހުޅުމާލޭ ކޯޓުގެ މައްސަލާގައި ނެރުނު ނޫސް ބަޔާން އެ ކޮމިޝަނުން ވަނީ ބަދަލު ކޮށްފައި --- ފޮޓޯ/މިހާރު

ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސް ބަޔާނަށް ބަދަލު ގެނެސް، މިހާރު ކުރިއަށް ގެންދަނީ އެކަމުގެ މަޝްވަރާތަކެއް ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ކުރި ހުކުމް ރިވިއުކުރަން ޖޭއެސްސީން ސުޕްރީމް ކޯޓުގައި އެދުމުން އެ ހުކުމް ރިވިއު ނުކުރަން އެ ކޯޓުން މިމަހު ކުރީކޮޅު އޮތީ ނިންމައިފަ އެވެ. އެހެންވެ، ޖޭއެސްސީން މިއަދު މެންދުރު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަސް، ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި އޭރު އޮތީ "މުރާޖާކޮށް ދެވެން ނެތް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން" ކަމަށެވެ.

ނަމަވެސް އެ ބަޔާން ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

މިހާރު ޖޭއެސްސީގެ ވެބްސައިޓްގައި ފެންނަން އޮތް ބަޔާނުގައި އޮތީ "މުރާޖާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާ މެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މިދަނީ ކުރަމުން" ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ކޯޓުގެ ނިންމުމަށް ފާޑުކިޔައި ޖަދަލުކޮށްފައިވާ ކަމަށް ދޭހަވާ ކަމަށް ބުނެ ބައެއް މީހުން އެކަމަށް ފާޑު ވެސް ކިޔާފައި ވަނިކޮށެވެ.

ޖޭއެސްސީގެ މެމްބަރުކަން ކުރައްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓު އުވާލަން ގާނޫނު އިސްލާހުކުރާނެ ކަމަށެވެ.

ހުޅުމާލޭ ކޯޓު ސައްހަ ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެންމެ ހަނި އަޣުލަބިއްޔަތުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެ ކޯޓުގައި ދައުވާކޮށްފައި އޮއްވަ އެވެ.

އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންގެ އިތުރުން އޭރުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރައުުޔު ނެރުއްވީ ހުޅުމާލޭ ކޯޓު ސައްހަ ނޫން ކަމަށް ވިދާޅުވެ އެވެ. ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓުން ހުކުމްކުރީ ހުޅުމާލޭ ކޯޓު ސައްހަ ކަމަށެވެ.

9 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

21 February 2022

ޖަޒުބާތު ގައި ޖެހިގެން ނެރެވޭ ބަޔާންތައް. ޢަލިބެ ސުޕްރީމް ކޯޓުގަ ނެތްކަން ނަސީބު. ބަޔާން ނެރުނު ކުދިންކޮޅުން ހިމުން ކޮށްލީސް.

The name is already taken The name is available. Register?

މޮޑަފްް

21 February 2022

ސްޕްރީމް ކޯޓަކުން އެއްފަހަރުވެސް ނުބުނޭ ތިކޯޓު އުވާނުލެވޭނެއެކޭ. ކޯޓު އުފެއްދުމާއި އުވާލުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށް. އޭރު ޖޭއެސްސީން ބޭނުންވީ ކޯޓު ބަހައްޓަން. އެކަމަށް ބާރުދީ ސްޕްރީމް ކޯޓުން އޭރު ހުކުމެއްކުރީ. ދެން މިހާރު ޖޭއެސްސީގެ ޚިޔާލު ބަދަލުވެ ކޯޓު އުވާލަން ފެނުނީމަ އުވާލަންވީ. ކޯޓަށް މިދިޔައީ އާޒިމާ ބުނާގޮތަށް ވޮއިޑް އެބް އިނީޝިއޯ ކަމަށް ހަދަން. ދެން އެހެން ހަދައިފިއްޔާ އެތަނުން ކޮއްފަ ހުރި ހުކުމްތަކަށް ވާނެ ގޮތްވެސް ބަލަންޖެހޭ.

The name is already taken The name is available. Register?

ބޮޑުމީހާ

21 February 2022

ބަޔަކަށް ޚުދުމުޚްތާުރުވެވޭނީ މިހާކަންވަރަށް!

The name is already taken The name is available. Register?

120687

21 February 2022

ހާދަ މިނިވަންކަމެއް ނެތޭ. މި ސަރުކާރުން އަޅާ ޅައެއްޗެހި ހާދަ ފިނިފަނިކޮށޭ ތިޔަ ދުއްވާލަނީ. ކޮބާ ކްްރިޓީކް ކުރުމުގެ ސިފަ. މި ވެސް ދެން މީހުން ޚަބަރު ލިޔާ ގޮތް ދޯ. މި އޮތީ ޚަބަރުތަކުގައި ދަބަރު ޖަހައިފައްޔެއް ނޫންތަ؟

The name is already taken The name is available. Register?

އުދުހޭ

21 February 2022

ތިޔަ ބަޔާނަކީ ދިރޭ އެއްޗެއްތާ. ބަދަލު އެވަނީ އެހެންވީމަތާ!

The name is already taken The name is available. Register?

މުހައްމަދު

21 February 2022

ހުޅުމާލެ ކޯޓު އުވާލިޔަސް ނަޝީދު ގެ ވެރިކަމުގައި އޭނާ އަންގައިގެން އަބުދުﷲ ގާޟީ ހައްޔަރުކުރުމުން އެކޯޓުގައި އޭނާގެ މައްޗަށް ކުރި ޝަރިޔަތް ބާތިލު ޝަރީއަތަކަށް ހަދާ އޭނާ ކުށެއް ނުކުރާ މީހަކަށް ނުހެދޭނެ. ނަޝީދު އެކުށް ކުރީ ގާނޫނާއި ޚިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމުގައިވާތީ އެކުށަށް ގާނޫނުގައިވާ އަދަބުދީ އޭނާ އެ އަދަބު ތަންފީޒުކުރަންޖެހޭނެ. ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ވަކި ފަރުދެއް ކުށެއް ނުކުރާ ކަމަށް ހަދަން އުޅުމަކީ ކުށެއް.

The name is already taken The name is available. Register?

ޥަކީލު

21 February 2022

ހުޅުމާލޭގަ މެޖިސްޓްރޭޓް ކޯޓެއް ގާނޫނީ ގޮތުން ނުހުންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 February 2022

ތަރުތީބުކުރެވުފައިވާ 3 ބާރުއޮންނަ ދައުލަތްތަކަށްބަލާއިރު އިދާރީހިންގުމުގެބާރާއި ޤާނޫނުހެދުމުގެބާރާއި އަދުލުއިންސާފު ޤާއިމްކުރުމުގެބާރު ނުވަތަ އުއްތަމަ ފަނޑިޔާރު ނޫންނަމަ ސްޕްރީމްކޯޓް އެއީ މިދެންނެވި އަނެއްދެބާރަށްވުރެން ޙާއްސަބާރެއްގެގޮތުގައިބަލައިގަނެ އެގޮތަށް އަމަލުކުރަނީ ރާއްޖެވެސްހިމެނޭގޮތުން ގިނަޤައުމުތަކުގައި ޤާނޫނުމާނަކުރުމާއި ޤާނޫނުއަސާސީގެ ބަލަދުވެރިކަންވެސް ސްޕްރީންކޯޓަށް މަތިކޮށްފައިވާތީ. އެކަމަކު ރާއްޖޭގައި މިކަން ތަފާތުގޮތަކަށް ދެކޭ.

The name is already taken The name is available. Register?

ސަސ

21 February 2022

މީގެ ދުވަސް ކޮޅެއް ކުރިން ޔާމިނު މިނިވަން ވީމަ ކީ ލަވަޔަކީ ސުޕްރީމް ކޯޓުގެ މިނިވަން ކަމާ އިންސާފުވެރިކަމުގެ ވާހަކަ. މިހާރު މިވެރިން ބޭނުންވި ކަމެއް ބޭނުން ގޮތަކަށް ނުވީމަ ސްޕުރީމް ކޯޓުވެސް ކަމުނުދަނީ. ގާނޫނު އިސްލާހުވެސް ކުރަންވީ. ނުފޫޒެއް ނުވެސް ނެތީއޭ ހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454