މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާއިން ހައްޔަރުކޮށްފައިވާ ރަޝީދާ
22 ފެބުރުއަރީ 2022 - 23:35
މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާ އިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަހުގީގުން ހާމަވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށީ، އާމިނަތު ރަޝީދާ، 58، ހައްޔަރުކުރީ ބޭސް ފަރުވާ އަށް ދިޔަތަނާ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހެވެ.
އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން ތިިން ދުވަސް ހަމަވުމުން ވަނީ އިތުރު 14 ދުވަސް ޖަހައިފަ އެވެ.
އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ އަންނައުނު ވިޔަފާރި ކުރާ ރަޝީދާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހެއްކަން އެނގުމާ އެކު، ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރުނު ކަމަށެވެ.
އެ ލިޔުން ނެރުނީ ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައިގަ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.
މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.
އެންސީބީގެ ލިޔުމަށް ފަހު، މި މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑުކުރުމާ އެކު އިންޓެލިޖެންސް ބިއުރޯއިން އޭނާ ކަސްޓަޑީއަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށް ވެސް އޮފިޝަލާ ހަވާލަދީ ނޫހުގައި ލިޔެފައިވެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަސްތުވާތަކެތި ޕެޑެލްކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިހެން ދަރިއެއް ހައްޔަރުކުރި ކަމަށް ވެސް ނޫހުގައިވެ އެވެ.
އޭގެ އިތުރުން ރަޝީދާ އާއި އޭނާ ނިސްބަތްވާ ގްރޫޕުން އެ މީހުންގެ ވަނަވަރު އޮޅުވާލާފައިވާ ކަމަށާއި ޝައްކުވާ ފަދަ ކަމެއް ވެދާނެތީ މެމްބަރުންގެ މެދުގައި އެއް ފޯނު ނަމްބަރެއް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާފިރު
23 February 2022
10 އަހަރު ވަންދެން ޑްބާއީން، އިންޑިއާއިން، ބެންކޮކުން، އެކަނިމާ އެކަނި ގޮސް ގެނެސް އަންނައުނު ގެނެސް ވިއްކާ މީހަކަށް ދިވެހި ބަސް ނޫން ބަހެއް ނޭނގޭ. ލިޔަން ކިޔަން ވެސް ނޭނގޭ. ޢާއިލާ.
ޢަޙުމަދު.
06 December 2022
އާއިލާ އިން ތިހެން ބުނިނަމަވެސްް ގަބޫލެއް ނުކުރެވެ..
ޝާން222
23 February 2022
58 އަހަރަށް ވުރެން އަސްލު ދޮށިވާނެ ! 2002 ވަނަ އހަރު ވެސް 24 އހަރުގެ ދަރިޔެއް ހުރި! މަނައަކީ އޭރު 38 އަހަރޭ! އޭރު ވެސް ފުދޭވަރަކަށް ދުވަސްވެފަ ހުރީ ބަލާބެލުމަށް 45 ވަރަކަށް އަހރު ހެން! ބޭންކަށް ވ ދާނެ އެގޮތުން މިމީހާ އެގެނީ! ކޮންމެވެސް ކަންތައް ގަޑެއް ހިންގާ މީހެއް ކަން އެގޭ އޭރުވެސް
ޚާލި
24 February 2022
ކަނޑުކޮހާ ކަލެއަށް ތިހުރީވަރަށް އެގިފަ.
ދިދަ ދަނޑި
23 February 2022
ދިވެހި ނޫން ބަހެއް ކިޔަންވެސް ލިޔަންވެސް ނޭނގޭއިރު މިއުމުރުގެ މީހަކު އެކަނި މުދާ އެތެރެކޮށްގެން ވިޔަފާރިއެއް ނުކުރެވޭނެ.. ލިޔެކިޔުންތައް ހުންނާނެ، އެތައް ފޯމެއް ފުރަން ޖެހޭނެ…އާއިލާ މީހުނަށް ހަމަ އެވަރު ނުވިސްނޭ؟؟؟ އެކަނި ފޮނުވަންވެސް އޯކޭދޯ؟؟؟
ސަލީމު އިދުރީސް
23 February 2022
އެއްބިލިޔަން މީހުން ދިރިއުޅޭ ވަށައިގެން އެހެން ގައުމުތާކަ އެއްފަސް ގަނޑަކައް ގުޅިފައޮތް އިންޑިޔާ ފުލުސް އޮފިސަރުން ބޮޑީ ސްޕްރެއި ފުޅިއަކަށް ގުޑުވާލެޥޭ ބުނެ ފާޑުކި ކިއާއިރު، ކަލަޔައް ނޭގުނުތޯ އެކަކު އަނެންކަކައް އެނގޭ ކުދިކުދި ޖަޒީރާ ރައްތަކުގަ ޑުރަގުގެ ވަބާމީހާވަރައް ފެތުރުނީ ތިބުނާ އިންޑިޔާ ފުލުހުންނައްވުރެ ދަށުދަރަޖަޔައް މިގައުމުގެ ފުލުހުންނާ ކާމާބޭ މުއްސަސާތައް ވެއްޓިގެންކަން!
ނަޫރާނީ.
24 February 2022
އިދުރީސް ސަޅި ކޮމެންޓެއް.
ބަބޫ
23 February 2022
އޭނަޔާ އަެނަގެ ހުރިހަ މުދަލެއް ސަރުކާރަށް ނަގަންޖެހޭ.
ނަރީސް
23 February 2022
އިންޔާ ފުލުހުން ތިއޮތޯ ބޮޑު ހެޑްލައިނެއްނަހާފަ. ތިޔަކުނެއް އެއްވެސް ތަފްސީލީ ސާފުވާހަކައެއް. ތި ކަމަކީ ޒާތީ ބަދަލުހިފުމުގެ އަމަލަކާއިވައްތަރީ.
ރަދީފްއޮފިޝިއަލްްް
23 February 2022
ފިޔާތޮށި ކަނޑުކޮސް ޕާޓީގެ ތަރުޖަމާން: ތީ ހަމަ އިންޑިޔާ އައުޓް ކިޔުން ހުއްޓުވަން ޖައްސާ ސްޓަންޓް. ވ. ވެދުން
Happy 123
23 February 2022
ކޮބާތަ އިންޑިޔާ އައުޓު ގޮވާބައިގަނޑު މިހާރު ފޭބީތަ! ?
ޙަސަން މުބީން
24 February 2022
އިންޑިޔާއަށް ދިއުމެންނު ހުއްޓުވަންވީ. ތިތަނުން ފޮނުވާ އެއްޗެހި ރާއްޖޭގަ ގިނައީ.
އިޙްސާސް
23 February 2022
ސަރުކާރަކަށް މިކަމެއް ނުހުއްޓުވުނު. ދެން ރައްޔިތުން ނިކަން ހޭއަރާ ތިމާގެ އާއިލާ މީހަކަށް ނުބަލާ މިކަން ހުއްޓުވަން ނިކުންނަންޖެހޭ. ރާއްޖޭގެ ކަސްޓަމް ފެއިލް، ފުލުހުން ފެއިލް، މަޖިލިސް ފެއިލް، ދެން ފެއިލްނުވާ މުއައްސަސާއެއް ނެތް. އަސްލު އަހަރެމެން ދިވެހިރައްޔިތުން އެއީ ބޯ ޕާޓޭއެކޭ ފޭރެނީއޭ ކިޔަންތިއްބަސް މިކަން ނުހުއްޓޭނެކަން މިއޮތީ ފެންނަން. ރައްޔިތުން ފިޔަވަޅުއަޅަންވީ.
ތާޢީދު
23 February 2022
ތާޢީދު. ކަމެއް ހުއްޓުވުމަށް ރައްޔިތުން ނުކުންނަށްޔާ މިކަން ހުއްޓުވުމަށް ރައްޔިތުން ނުކުންނަށްވީ. އާއިލާތައް ބިކަވެ ނިކަމެތި ކުރުވައިފި މި ވަބާ ރާއްޖޭގައި ފަތުރައިގެން.
ވަޒަން
23 February 2022
އެންމެ ބޮޑަށް ފެއިލްވެފައި މިތިބީ ފައިސާއަށް ވޯޓު ވިއްކާ ދިވެހި ރައްޔިތުން... ދިވެހިރައްޔިތުން ފުރަތަމަ އިސްލާހުވާންވީ....
ސާމިރު
23 February 2022
އަމިއްލަ ޢާއިލާއާއި ރައްޓެހިން ރަނގަޅުކުރަމާ އޭރުން ފެންނާނީ ރަނގަޅުވާ މަންޒަރު
އުމަރުބެ
23 February 2022
ތި ހުރިހާތަނެއް ފެއިލްވުމަކީ ދިވެހިން ފެއިލްވުން.
ރަދީފްއޮފިޝިއަލް
23 February 2022
މައްސަލަ ބަލާ މީހާއަށް 100 ޑޮލަރު ދިނީމަ މައްސަލަ ޑިސްމިސްކުރެވޭނެ.އިންޑިޔާއެއްނު ދޯ.ބޮޑީ ސްޕްރެއި ފުޅިއަކަށް ޕޮލިސް އޮފިސަރުން ގުޑާނެ.ހެހެހެހެހެހެ
ލަތީފާ
23 February 2022
ކަނޑުކޮސް ވާހަކަ ދެއްކުމުގެ ކުރިން އަހަރެމެންގެ ހާލަތުހުރިގޮތް ވެސް ބަލާލުން މުހިންމް. ހަގީގަތަކީ ދިވެހިރާޖެއަކީ ނިސްބަތުން މިހާރު އިންޑިޔާއަށްވުރެން ވެސް ކޮރަޕްޓް ގައުމެއް.