ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޓްރަމްޕް އަލަބާމާގައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވަނީ.
19 ޑިސެމްބަރ 2016 - 14:18
ނިއު ޔޯކް (ޑިސެމްބަރު 19) - ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު އެމެރިކާގެ ކުރިމަގު ބަނަވެއްޖެ ކަމަށާއި އުއްމީދެއް ނެތް ކަމަށް މިޝޭލް އޮބާމާ ޓޯކް ޝޯއެއްގައި ވިދާޅުވެފައި ވާތީ ވެރިކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.
"ޝުކުރުގެ ދަތުރުގައި" އަލަބާމާގައި ޓްރަމްޕް ވިދާޅުވީ އޭނާ އިންތިޚާބުވި ފަހުން އެމެރިކާ އުއްމީދުން ފުރިއްޖެ ކަމަށެވެ.
"ގައުމެއްގެ ގޮތުގައި އެމެރިކާ ދާނީ އިތުރަށް ކާމިޔާބުވަމުން. ކުރިމަގު ވަރަށް އުއްމީދީ އަދި ވަރަށް ފުރުސަތު އެބައޮތް،" 70 އަހަރުގެ ބިލިއަނަރު ވިދާޅުވި އެވެ.
މިޝޭލް ވިދާޅުވީ އުއްމީދަކީ މުހިންމު އެއްޗެއް ކަމަށާއި ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިހާބުގެ ނަތީޖާ އަށް ފަހު ބަނަކަންވެރިވެ އުއްމީދު ގެއްލިއްޖެ ކަމަށެވެ. ޓްރަމްޕުގެ ނަން ވިދާޅު ނުވެ މިޝޭލް ވިދާޅުވީ ވައިޓް ހައުސް އަށް ވަޑައިގަންނަވަން ޖެހޭނީ "ހަރު މީހެއް" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މިއިން ޒަމާނެއްގައި ވެސް އެމެރިކާ ނުދެކޭ ފަދަ ތަރައްގީ އާއި ކުރިއެރުން ދެން ފެނިގެންދާނެ ކަމަށެވެ.
ޓްރަމްޕް ވަނީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމުގައި މިޝޭލް އާއި ރައީސް ބަރަކް އޮބާމާގެ ފަރާތުން ލިބިވަޑައިގަތް މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުވަދީވް ރަދުން
20 December 2016
މިޝޭލް އޮބާމާ މީނަވެސް މަޝްހޫރުވާނެ ގޮތެށް ހޯދަނީ
މެކުހަށް
19 December 2016
މިޝޭލް އާ ނުބެހިބަލަ