ޚަބަރު / ހުޅުމާލެ

ކޮއްކޮއަށް ފަހު އީމާންގެ ކުއްލި ވަކިވުމުން އާއިލާއަށް ދެ ހިތާމަ

"އީމާންއަކީ އާއިލާގެ ލޯބި، ރަހުމަތްތެރިންގެ ހިތްވަރު. އެހެން މީހުންނަށް އެހީވުމަކީ އޭނާގެ ހިތްހަމަޖެހުން،"

އީމާ: އެކްސިޑެންޓާ އެކު އޭނާގެ ކުއްލި ވަކިވުމަކީ ގިނަ ބަޔަކަށް ލިބުނު ހިތްދަތި ކަމެއް.

މީގެ ފަސް އަހަރު ކުރިން ފެށިގެން ފެބުރުއަރީ، 28 ވަނަ ދުވަހަކީ އައިމިނަތު އީމާންގެ އާއިލާއަށް އެންމެ ހިތާމަވެރި ދުވަހެވެ. ހަ ކުދިންގެ ތެރެއިން އެންމެ ހަގު، އައިޝަތު އީނާޝް 22 އަހަރުގައި، އާއިލާއާ ވަކިވީ އެ ދުވަހު އެވެ. ހަނދާނުން ނުފޮހެވޭނެ އެ ދުވަހު، އަނެއްކާވެސް އެ އާއިލާ އިން އޭޑީކޭ ހޮސްޕިޓަލުގައި ތިބެން ޖެހުނީ ކަރުނައިން ފޯވެ، ނޭވާ ހިފަހައްޓާލައިގެންނެވެ.

ހުޅުމާލޭގައި ސައިކަލް ކަހާލައިގެން ވެއްޓި ފަރުވާދެމުން އައި، އީމާންއާ ދޭތެރޭގައި ޑޮކްޓަރުން އުއްމީދު ކަނޑާލުމުންނެވެ.

ވަރަށް ބޮޑު އިއްތިފާގެކެވެ. އެހެންވިޔަސް ހިތްދަތި އެ ހަގީގަތް ގަބޫލުކުރަން އާއިލާއަށް ދަތިވީ އެވެ.

"ވަރަށް ބޮޑު ހިތްދަތިކަމެއް. ކޮއްކޮ ނިޔާވިތާ ފަސް އަހަރު ފަހުން، ހަމަ އެ ދުވަހު އެފަދަ ހިތްދަތި ވާހަކައެއް އަޑުއަހަން ޖެހުނީ، ދެން ހުރި ހަމައެކަނި އަންހެން ކޮއްކޮއާ ދޭތެރޭ އުއްމީދެއް ނެތް ކަމަށް،" އީމާންގެ ބޭބެ، އަހްމަދު އައިމަން ބުންޏެވެ.

އޭރު ފުރާނަ ހުއްޓަސް ޑޮކްޓަރުން އުއްމީދު ކަނޑާލުމާ އެކު މުޅި ގައުމުގައި އީމާންގެ މަރުގެ ޚަބަރު ފެތުރި އާއިލާގެ ހިތް ކުދިކުދިވި އެވެ. އީމާން މިއަދު ހެނދުނު 7:45 ގައި ނިއާވި ކަމަށް އޭޑީކޭގެ ޑޮކްޓަރުން ކަނޑައަޅަންދެން ވެސް އާއިލާ އާއި ހެޔޮ އެދޭ އެންމެން ވެސް ތިބީ، ﷲގެ ކުޅަދުންވަންތަކަމާއި ދުއާ އިން އެނބުރި އޭނާ އަތުވެދާނެ ކަމުގެ އުއްމީދު އެންމެ ހިނދުކޮޅަކަށް ވެސް ކަނޑައިނުލަ އެވެ.

މީގެ ފަސް އަހަރު ކުރިން އީމާންގެ ކޮއްކޮ ނިޔާވީ ބޯންމެރޯ ހެދުމުގެ ތެރޭގަ އެވެ.

"ބޯންމެރޯގައި ކޮއްކޮ އީނާޝް ޑޯނާ އަކީ އީމާ. ހުރިހާ ކަމެއް ކޮށްދީ، ފަހު ވަގުތާ ހަމައަށް އީނާޝްއާ އެންމެ ގާތުގައި ހުރީ ވެސް އީމާ. އެ ހިތްދަތިކަމާ އެކު ކޮއްކޮ ހިނެވުމުގައި ވެސް އަމަލީ ގޮތުން އީމާ ބައިވެރިވި،" އައިމަން ބުންޏެވެ.

އީމާންގެ ހަނދާންތަކުން އޭނާއަށް ވާހަކަ ދެއްކުނީ ވަރަށް ހިތްވަރުންނެވެ.

އެކްސިޑެންޓުވީ ޑްރައިވިން ސްކޫލަކަށް ދަނިކޮށް

މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްކަން ކުރެއްވި އީމާން ދިރިއުޅުމުގައި ވަރަށް ހަރަކާތްތެރި އެވެ. އޭނާގެ އަބަދުވެސް މަގްސަދަކީ އާއްމުންނާ ގާތުން މަސައްކަތްކޮށް އެހީތެރިވެދިނުމެވެ. ދެ ދަރިންގެ ކަންކަމުގައި ވެސް އޭނާއަކީ އާއިލާ އިން ސިފަކުރި ގޮތުގައި ނަމޫނާއެކެވެ.

"ވަޒީފާއަކީ އޭނާ އެހެން މީހުންނަށް އޮތް ލޯބި. އަބަދުވެސް ބޭނުންވާނެ އޭނާގެ ފަރާތުން އެހީއެއްވެދޭން،" ބޭބެ ބުންޏެވެ.

ދެ މަހެއްހާ ދުވަސް ކުރިން ވިލިމާލެ އިން ބަދަލުވެ، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ އީމާން މިދިޔަ އާދީއްތަދުވަހުގެ ހަވީރު އެކްސިޑެންޓުވީ ޑްރައިވިން ސްކޫލަށް ދިޔަ މަގުމަތީގަ އެވެ. އެ ގަޑި އޭނާ ހުސްކޮށްފައި އޮތީ ކާރު ދުއްވަން ދަސްކުރުމަށެވެ. ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ އީމާން ބޭނުންވީ ކާރު ދުއްވުމުގެ ލައިސަންސް ވެސް ނަގާށެވެ.

އެއީ މާލެ އާއި ހުޅުމާލެއާ ދޭތެރޭގައި ދަރިންނާ އެކު އޭނާގެ ދަތުރުގެ ފަސޭހައަކަށެވެ.

އީމާން، ކޮމިޓީގެ ބައެއް މެމްބަރުންނާ އެކު.

އެކަމަކު މިދިޔަ އާދީއްތަ ދުވަސް ވީ އަމިއްލަ ދިރިއުޅުމާއި އެހެން މީހުންނަށް އެހީވުމުގެ އަޒުމާއި ހިތްވަރު އަބަދުވެސް ކުރިއަށް ނެރޭ، އީމާންގެ ހަޔާތުގެ އެންމެ ފަހު ދުވަހަށެވެ. ނިރޮޅުމަގުން ދުއްވާފައި ގޮސް ބަންޕަރަކަށް އެރިތަނުން ސައިކަލް ކަހާލައިގެން ވެއްޓުނީ އެވެ.

އާއިލާ އިން ގަބޫލުކުރާ ގޮތުގައި، ބަންޕަރުގެ ކުލަ ފޮހެވިފައި ހުރުމުން އީމާންއަށް ރަނގަޅަށް ނުފެނުނީ އެވެ. އެކްސިޑެންޓް ހިނގި ފަހުން އެޗްޑީސީން ވަނީ ހުޅުމާލެ ބަންޕަރުތަކުގައި ކުލަ ލާން ފަށައިފަ އެވެ.

"ބަންޕަރެއް ނެތް ކަމަށް ބަލާފައި އެ ދިޔައީ. އެއަށް އެރިތަނުން ވިއްސައިގެން ގޮސް ބޯ ޖެހުނީ،" އައިމަން ބުންޏެވެ.

މަންޒަރުދުށް ބައެއް މީހުން ބުނާ ގޮތުގައި އީމާން ފެނުނު އިރު ބޯފެޅި ގިނަ އަދަދަކަށް ވަނީ ލޭފައިބައިފަ އެވެ. އާއްމުކޮށް މީހުން މަދު އެ ސަރަހައްދުގައި އޭނާ އެކްސިޑެންޓުވެފައި އޮއްވައި ފެނުނީ ދެ މީހަކަށެވެ. އޭރު އީމާން ވެއްޓިފައި އޮތްތާ ގާތްގަނޑަކަށް ހަތް މިނެޓް ވެދާނެ ކަމަށް ވާހަކަތަކަށް ބަލާފައި އާއިލާ އިން ލަފާކުރެ އެވެ.

"އީމާ ވެއްޓިފައި އޮއްވައި ފެނުނު ވަގުތުން ފެށިގެން ގާތްގަނޑަކަށް ވިއްސަކަށް މިނެޓުގެ ތެރޭގައި ހޮސްޕިޓަލަށް ގެންދެވުނު. އޭރު ވެސް ވިންދެއް ނެތް. ވިންދު ލިބުނީ ސީޕީއާރުގެ ތިން ސައިކަލް ދިން ފަހުން،" އައިމަން ބުންޏެވެ.

އެތަނުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭއަށް ފޮނުވާލީ އެވެ. ބޮލަށް ލިބުނު ޒަހަމް ފިޔަވައި އީމާންގެ ހަށިގަނޑުގެ އެހެން ތަނެއްގައި ފާހަގަކުރެވޭ ފަދަ އަނިޔާއެއް ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

ގިނަ ބަޔަކާ ރަހުމަތްތެރި، އީމާންގެ އެކްސިޑެންޓް ޚަބަރާ އެކު ވަގުތުން ގިނަ ބަޔަކު އޭޑީކޭއަށް ޖަމާވި އެވެ.

"އެންމެ ހަގަސް އާއިލާގެ އެންމެ ބޮޑު މީހާ"

އީނާޝްއަށްޓަކައި އީމާންވި ގުރުބާނީ އާއި އެހެން މެމްބަރުންނާ ހެދި އުޅޭވަރުން، އޭނާއާ ދޭތެރޭގައި އާއިލާގެ އެންމެންގެ ހިތުގައި ވެސް އޮންނަނީ ހާއްސަ ލޯތްބެކެވެ.

އައިމަން ސިފަކުރި ގޮތުގައި އާއިލާގައި އެންމެ ހަގަސް އީމާންއަކީ އެންމެ ޒިންމާދާރު، އެންމެ ބޮޑު މީހާ އެވެ.

"އެންމެ ބޮޑު މީހާއަށް ވެގެން އަބަދުވެސް އުޅޭނީ. ބާތުޑޭތައް ސެލެބްރޭޓްކުރުމާއި އެހެން ކަމެއް ފާހަގަކުރިއަސް އިސްވެ ޕްލޭންކޮށް ހުރިހާ ކަމެއް ކުރާނީ އީމާ،" ބޭބެ ބުންޏެވެ.

އެކްސިޑެންޓުގައި ނިޔާވި އީމާން: އޭނާ އައީ ގިނަ ބައެއް ހިތްވަރު.

އޭނާގެ ކާމިޔާބީއާ ގުޅިފައި އޮތީ ވެސް އާއިލާ އިން ދެކޭ ގޮތުގައި އެ އިސްނެގުމާއި އެންމެންނާ ދޭތެރޭގައި ބަހައްޓާ ގާތް ކަމެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރިޔަސް އޭނާއަށް ހުރިހާ ޕާޓީތަކެއްގެ ރުހުން އޮތީ، ވިލިމާލޭގެ މީހުންނާ އޮތް ގާތްކަމުގެ ސަބަބުންނެވެ.

"އެންމެންގެ ހިތްވަރު"

އީމާންއާ އެންމެ ގާތުން މަސައްކަތްކުރި އަންހެނުންގެ ކޮމިޓީގެ ރައީސް ފާތުމަތު ޝިފާ ވިދާޅުވި ގޮތުގައި އޭނާއަށް ދިމާވާ ކަންކަމުގައި ކިތަންމެ ފަހަރަކު ފަހަަށް ޖެހުމުގެ ހިޔާލު ދޫކޮށްލަން މަޖުބޫރުކުރުވީ އީމާން އެވެ. ދިމާވާ ކަންކަމުގައި އީމާން ގިނަ ފަހަރަށް ހައްލެއް ދައްކަ އެވެ. ފަސްޖެހި، ހިތްވަރު ދޫކޮށްލުމަކީ އީމާންގެ ސިފައެއް ނޫން ކަަމަށް ޝިފާ ވިދާޅުވި އެވެ.

"އެއީ އަބަދުވެސް އަހަރެންގެ ހިތްވަރު، އެންމެންނާ ގުޅޭނެ، އެއްވެސް މީހަކާ މެދު ތަފާތެއް ނުކުރާނެ. އެންމެންގެ ލޯބިވާ އެންމެންނާ ގުޅޭ ކުއްޖެއް. ކުރާ ކަމެއް އެންމެ ރަނގަޅަށް، ޕާފެކްޓްކޮށް ކުރަން މަސައްކަތްކުރާނެ،" ޝިފާ ސިފަކޮށްދެއްވި އެވެ.

"ނުތަނަވަސްވާ ކަމެއް ދިމާވިޔަސް މަޖާ ވާހަކައަކުން ހެއްވާލާނެ."

އީމާންގެ ހިތްހަމަޖެހުމަކީ އެހެން މީހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިވެދިނުމެވެ. އަންހެނުންގެ ތަރައްގީ ކޮމިޓީގައި ވެސް ދިމާވާ އުނދަގޫތަކުގައި އެންމެ ބިނާކުރަނިވި ރަނގަޅު ހިޔާލުތައް ނެރޭ އެކަކީ އީމާން އެވެ.

އެންމެ ފަހުން އީމާން ބައިވެރިވީ ވިލިމާލޭގައި ބޭއްވި ތިމާވެއްޓަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގަ އެވެ. ޑަބްލިއުޑީސީގެ ފަރާތުން، އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުނީ ވެސް އީމާން އެވެ.

"ދެން އިންޓަވިއުއެއް ނުދޭނަން"

ޝިފާ ވިދާޅުވި ގޮތުގައި އެ ހަރަކާތާ ގުޅޭ ގޮތުން މީޑިއާއަކަށް އިންޓަވިއުދޭން އެދުމުން ފުރަތަމަ ބޭނުމެއް ނުވި އެވެ. އެކަމަކު އެންމެ ރަނގަޅު މައުލޫމާތު އެނގޭނީ އީމާންއަށް ކަމަށް ބުނުމުން އެއްބަސްވެ ކޮމިޓީއަށްޓަކައި އެކަން ވެސް ކޮށްދިނެވެ.

އަންހެނުންގެ ކޮމިޓީގެ ބައްދަލުވުމެއްގައި އީމާން ބައިވެރިވެވަޑައިގަންނަވަނީ.

އެ އިންޓަވިއު ނިންމާލުމަށް ފަހު އައިސް ބުނި ޖުމްލައެއް މެމްބަރުންގެ ހިތުގައި ވަނީ ބިންވަޅު ނެގި އެވެ.

"އިންޓަވިއަށް ފަހު އައިސް ބުނީ މިއީ ތިމަންނަގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އިންޓަވިއުއޭ،" މަޖާވެފައި އެހެން ބުނި ކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވި އެވެ.

އެ ޖުމްލައިގައި ފޮރުވިފައި އޮތް މާނައަކީ އީމާންގެ ކުއްލި ވަކިވުމެވެ! އާއިލާ އިން އެދެނީ އަސުރު ނަމާދަށް ފަހުގައި އޮންނަ އީމާންގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެދިނުމަށެވެ.

21 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 96%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ެއީނާ

02 March 2022

އީމާން އެކްސިޑެންޓްވީތަން ދުށް މީހަކު ނެތް އިރު އެއީ ބަމްޕަރުގަ ޖެހިގެން ވީގޮތެކޭވެސް ބުނެވިދާނެ.. ހަމަވެދާނެ ބާރު ސްޕީޑްގަ ދުއްވާފައި ދިޔަ ދުއްވާ އެއްޗެއްގަ ޖެހިފަ ވީ ގޮތެއް ކަަމަށްވެސް .. އެގޮތަށް ދިމާވީމަ އަޅާނުލާ ހިނގައިވެސްދާނެ.. ހެކިވާނެ މީހަކު ނެތް.. މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ.. އީމާންގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި.. އާމީން!

The name is already taken The name is available. Register?

ބަޑީ

02 March 2022

ބަންޕަރުތަކުގާވެސް ކުލަލާންވީ އެކަމު، ބަންޕަރެއް އަންނަކަން އަންގާދިނުމަށްޓަކާ، ބައެއް އެހެން ޤައުމުތަކުގާ، ބަންޕަރުގެ 100އެއްހާ ފޫޓް ދުރުން ފެށިގެން މަގުމަތީގަ ޒިގްޒެގް ލައިން ކުރަހާފަހުރޭ، އެގޮތަށް ހުރުމުން، ބަންފަރު މައްޗަށް އެރުމުގެ ކުރިން ބަންފަރެއް އެބައަންނަކަން އެގެން ފަސޭހަވޭ.

The name is already taken The name is available. Register?

ދެރަވެއްޖެ

02 March 2022

ވަރަށް ދެރަވެއްޖެ

The name is already taken The name is available. Register?

އިބުރާހީމް:

02 March 2022

އޭދަފުށީ ގަ ވެސް ހަމަ މިހާލު. ކައުންސިލް އިސތިއުފާ!

The name is already taken The name is available. Register?

ސަމަރޭ

01 March 2022

ރޭގަނޑުވެސް ލައިޓް ދިއްލައިގެން ވެހިކަލްތަކުގަ ދާއިރުވެސް ކުރި ހުރަސްކުރާ މީހާވެސް ނުފެންނަހާ ވަރަށް އަނދިރިކަން ބޮޑު މަގުތައް ގުނާ އަދަދު ނުކުރެވޭ ވަރަށް ހުޅުމާލޭގަ އެބައޮތް.. ކުރިއަށް އޮތީ ރޯދަމަސް.. ޓްރެފިކާ އާންމު ހިނގާބިނގާވެ އުޅުން އިންތިހާއަށް ގިނަވާނެ. ކޮންމެ އަހަރަކުވެސް ރާދަމަހު ފަހަކަށް އައިސް ހުޅުމާލޭގަވެސް އެކްސިޑެންޓް ތަކުގައި ފުރާނަތައް އެބަ ގެއްލޭ.. އެޅުނު އިސްލާހީ ފިޔަވަޅެއް ނެތް.. ހެޔޮނުވާނެ ހުރިހާ މަގެއް އަލިވާ ފެބްވަރުގެ ހޮޅިބުރި ހަރުކޮާް ދިއްލާ ސްޕީޑް ބްރޭކަރުތަކުގައި އަދި ޒިބްރާ ކްރޮސް ތަކުގައި ކުލަލާ ވާނުވާ އެނގޭ ވަރު ކޮށްދީ.. އަދި ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުނާ ފަރުވާ ކުޑަވުމުގެ ސަބަބުން އެހެން މީހުނަށް ދެރަ ލިބޭ ނަމަ އެ ބަޔަކު ޖަލަށްލާ..

The name is already taken The name is available. Register?

ޔަަން

01 March 2022

މާތް ﷲ މި ކުއްޖާޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ، އާއިލާޔަށް ކެތްތެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

ޙަސަންފ

02 March 2022

އާމީން.

The name is already taken The name is available. Register?

ޔަަން

01 March 2022

ވަރަށް ދެރަވެއްޖެ... ނުދަންނަ ނަމަވެސް ހިތާމައިގައި ބައިވެރިވަން...

The name is already taken The name is available. Register?

ދިދަ ދަނޑި

01 March 2022

ވަރަށް ދެރަ… އެކަމަކު ލައިސަންސް އޮތަސް ބަންޕަރެއް ފެނުނަސް ނުފެނުނަސް ދުއްވަންވާނީ އަބަދުވެސް ކަމެއް ދިމާވެދާނެ ކަމަށް ބަލައި ކޮންޓްރޯލް ކުރެވޭ ވަރު ސްޕީޑެއްގަ…

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

01 March 2022

ޙުޅުލެ ޢެއާރޕޯޓަށް އަރާފައިބާ ހަދާއިރު ބަމްޕަރު ތަކުގެ ހާލަތަކީވެސް ހަމަ ސޭމް އިގޭތޯ. މިއިން ޒަމާނަކުވެސް އެއިން ތަނެއްގައި ކުލަކޮޅެއް ހާކާފައިނުވޭ.. ގައިމުވެސް އެތަނުގައި އުޅޭ ވެރިންނަށް މިކަން ފެންނާނެ.

The name is already taken The name is available. Register?

ފައިހާގެ

01 March 2022

މަގު ހުރަސްތަކުގަ ދަވާދުނުލާ ބެހެއްޓުމުގަ ޝާމިލްވާ ހުރިހާ ފަޜާތްތައް ޖަމާޢީ ގޮތެއްގައި މައްސަލަބަލާ އިޙުމާލު ވުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޖެހޭ އެޗްޑީސީގެ ބުރަހެލިކަން އެބަ ފެނޭ އެހެނވިޔަސް އެއީކީ އަހަރެމެން ވޯޓު ދިން ބަޔަކަށް ނުވާތީ ވޯޓުން ހޮވާފަ ތިބި މީހުންނަށް ގައުމުގައި ވަރަށް އާދައިގެ ކަންކަން ބަލާ ބެލެހެއްޓެމުން ނުކުޅެސިގަންފައިވާ މިންވަރު މި ފެންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454