ފުލުހުންގެ އިސްވެރިން ނިއު ޔޯކްގައި: އެ ދަތުރުގައި އެފްބީއައިއާ ވަނީ ބައްދަލުކުރައްވައިފައި.
06 މާޗް 2022 - 11:24
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ މުހިންމު ޑިޕާޓްމަންޓްތަކާއެކު، މައުލޫމާތު ހޯދުމުގެ ބައްދަލުވުންތަކެއް ދިވެހި ފުލުހުން ބާއްވައިފި އެވެ.
ފުލުހުންގެ އެންމެ އިސްވެރިންގެ ޓީމަކާއެކު އެމެރިކާގައި މިހާރު ހުންނެވި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއް ހަފުތާގެ އެ ދަތުރުގައި އެފްބީއައިގެ އިތުރުން އެމެރިކާގެ ދަ ޖަސްޓިސް ޑިޕާޓްމަންޓާއި ނިއު ޔޯކްގެ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) ގެ އޮފިޝަލުންނާ ވެސް ބައްދަލުކުރެއްވި ކަމަށެވެ.
ރާއްޖެ އާއި އެމެރިކާ ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ މައްސަލަތަކުގައި މަސައްކަތް ކުރުމާއި މައުލޫމާތު ބަދަލުކުރުމާއި ޓެރަަރިސްޓް ސްކްރީނިން ހެދުމާއި ކުށްތައް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އިތުރުކުރުމާއި ތަހުގީގުކުރުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އެ ބައްދަލުވުންތަކުގައި މައުލޫމާތު ހޯދި ކަމަށް ސީޕީ ވިދާޅުވި އެވެ.
A very useful travel to the United States from 27/2 to 5/3. Met with officials from the @TheJusticeDept, @FBI, @NYPDnews. Held productive discussions on joint working in CT, information sharing, terrorist screening, capacity building in crime control and investigation strategies. pic.twitter.com/OTO8nYpqan
— Mohamed Hameed (@M_Hameedh) March 6, 2022
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހަރަދުކުރި އެ ދަތުރުގައި ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު އަދި ތަހުގީގުކުރާ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު އެއީ "ސްޓަޑީ ޓުއާ" އެކެވެ.
އެ ދަތުރުގައި ފުލުހުންގެ އިސްވެރިން ވަނީ ނިއު ޔޯކުގައި ހުންނަވާ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް އިއްޔެ ބައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
06 March 2022
ދައުރު ނިމުމުގެ ކުރިން ދުނިޔޭގެ ހުރިހާ ބައްރަކަށް ދައުލަތުގެ ހަރަދުގައި ބުރުޖަހާލެވޭތޯ ބަލަން ވާނެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް.
ބޮޑުމީހާ
06 March 2022
ބޭކާރު ޚަރަދުކުރުން. ވައްކަން ކުރާ މީހާ ހޯދެނީކީނޫން، މީހުން މަރާ މީހާ ނުހޯދޭ، ޑްރަގް ވިއްކާ މީހާ ނުހޯދޭ،
އައްބެ
06 March 2022
އެންމެ ބޮޑު އެއް ޓެރަރިސްޓް އޯގަނައިޒޭޝަން ކަމަށްވާ އެފްބީއައި އާއިއެކު ޓެރަރިޒަމް ހުއްޓުވުމަށް ބައްދަލުވާނީ މޮޔައިން.
ޓެކްސްފައިސާ
06 March 2022
ކޮންމެހެން ގެންދަން ނުޖެހޭ ބޭކާރު ކިތަށް މީހުން ގެންދިޔަބާ އަނެއްކަ އެމްޑީޕީ ވެރިކަންތަކުގައި ސަގާފީ ކަމެއް އެއީ
ހައު68
06 March 2022
ކުއްވެރިން ބަދަލުކުރާ މުއާހަދާއެއްގަ އެމެރިކާ އާއެކު މިހާރުން މިހާރައް ސޮއިކުރަން ގޮވާލަން. މިތާތިބި ޓެރެރިސްޓުން އެމެރިކާގެ ޖަލްތަކަށް ލުން ނޫން ގޮތެއްނެތް.
ފައިލަސޫފް
06 March 2022
ކިތަންމެ ދަތުރެއް ކުރިޔަސް ކަލޭމެންނަށް މާލެއަށް ގެއްލޭ ސައިކަލް ނުހޯދޭ.ދެން އެފްބީއައި އިދާރާގެ ދޮރުމަތީގަ ކުނާ ފަތުރައިގެން ތިއްބަސް ލިބޭ ކުރިއެރުމެއް ނުފެނޭ.
ސަލީމާ
06 March 2022
އެމިރިކާއާ ހަވާލުކޮށްގެން މިތާ މިއުޅޭ ޓެރަރިސްޓު ބައިގަނޑުގެ ދުވަސް ދުއްވާލަބަލަ.
ޔާނު
06 March 2022
އެއްމެގިނައިން މުސްލިމުން މަރާފަ ވަނީ މި މީހުން. އެފްބީ އައި އަކީމުސްލިމުންނަށް ހެވެއް އެދޭނެ ބަޔެއް ނޫން