ރަނުގެ ބާތަކެއް: 2.8 ކިލޯގެ ރަން ފޮރުވައިގެން އެތެރެކުރުމުން އެތަކެތި ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފައި
06 މާޗް 2022 - 12:27
ރާއްޖެއަށް 2.8 ކިލޯގެ ރަން ފޮރުވައިގެން އެތެރެކުރި އިންޑިއާ މީހަކު 60،000ރ. އިން ޖޫރިމަނާކޮށް، އެ ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހެދުމުގެ ތެރެއިންނާއި ހަށިގަނޑުން 2.8 ކިލޯގެ ރަން ފެނުނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައި އިންޑިއާގެ އަންހެނެއްގެ އަތުންނެވެ. އެ މީހާ ދައުލަތާ އެކު ހެދި އިއުތިރާފް އެއްްބަސްވުމެއްގެ ދަށުން ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. އެ އެއްބަސްވުން އޮތްގޮތުން އެ މީހާ ޖަލަށްލުމުގެ ބަދަލުގައި އިއްވާނީ ޖޫރިމަނާގެ ހުކުމެކެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ 60،000ރ. އިން ޖޫރިމަނާކުރުމާ އެކު، އޭނާ ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގަން އަމުރުކުރާ ކަމަށެވެ.
ވަގަށް ރަން އެތެރެކުރުމުގެ މައްސަލަތަކުގައި ދާދިފަހުން ވެސް ގިނަ ބަޔަކު ޖޫރިމަނާކޮށް، ރަންތައް ދައުލަތަށް ނަގާފައިވެ އެވެ. ރާއްޖެއަށް ވަކި މިންވަރަކަށް ވުރެ އިތުރަށް ރަން އެތެރެކުރާ ނަމަ، އެ ތަކެތި ޑިކްލިއާ ކުރަން ޖެހެ އެވެ. އަދި ޑިކްލިއާ ނުކޮށް އެތެރެކުރާ ރަންތައް އަބަދުވެސް ދައުލަތަށް ނަގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްއެމްއޭ - ސަރުކާރު
06 March 2022
ރަން އެތެރެކުރުމަކީ ގާނޫނީ ކުށެއް ނޫން. ކަސްޓަމުން ޑިއުޓީކޮޅެއްގެ ދަހިވެތިކަމުގައި މޮޔަވެ ބަޔަކަށް އަދަބު ދިނުމަށްވުރެ، އާންމު ރައްޔިތުން ގޯލްޑް އެތެރެކޮށް އެސެޓެއް ގޮތުގައި ބެންކްތަކުގައި ޑިޕޮސިޓް ކުރުމާއި، ސެންޓްރަލް ބޭންކުގައި ޑިޕޮސިޓް ކުރެވޭނެގޮތަށް މިކަންކަން އިސްލާހުކުރަން ވެއްޖެ. އޭރުން ރިޒާރވް އަށްވެސް އޭގެ މަންފާކުރާނެ. ޑޮލަރަށް ވުރެ ރަން މުހިންމުވެ ކަޅު ބާޒާރުވެސް ވިއްސިވިހާލިވާނެ. ފައިނޭންޝަލް ލިޓްރަސީ މަތިކުރުން ރާއްޖެއަށް މުހިންމު.
ޢަރުތަ
07 March 2022
އެކަމަކު ރާއްޖެއަށް ވަކި މިންވަރަކަށް ވުރެ އިތުރަށް ރަން އެތެރެކުރާ ނަމަ، އެ ތަކެތި ޑިކްލިއާ ކުރަން ޖެހޭ، އަދި ޑިކްލިއާ ނުކޮށް އެތެރެކުރާ ރަންތައް އަބަދުވެސް ދައުލަތަށް ނަގާ، އެކަމަކުވެސް ޤާނޫނަކުން މަނާ ނުކުރާތީވެ ހުއްދައީބާ!
ޕޮޓުން
06 March 2022
ތިކަމާ ގުޅިގެން އިންޑިޔާގެ އަސްކަރީ ފައުޖެއް ރާއްޖެއަށް ހަމަލާދިނުމަށް ނުފޮނުވާނެބާ
މުހަނާ
06 March 2022
ދިވެހި ދެމަފިރިޔަކު އިންޑިޔާއަށް ދަމުންގެދިޔަ ރަނުގެ ކަންވާރަކަައި ގުޅިގެން ޖަލައްލީ މިދިޔަހަފްތާގައި. މިރާއްޖެއިން އިންޑިޔާމީހާ ކުޑަޖޫރިމަނާކޮށް ދޫކޮއްލީ.
އުމޭއްތަ
06 March 2022
އިންޑިއާ މީހެއްގެ ރަންތައް ދައުލަތަށް ނަގައިފިއްޔާ، ދައުލަތް ނަގާނެ އިންޑިއާއަށް
ށަވިޔަނި
06 March 2022
ދައުލަތަށް ފާއިދާކުރާ ކުށެއް. އެތެރެކުރި މީހާ ނޫން މީހަކަށްވާ ގެއްލުމެއް ނެތް.