ކްރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަންކުރި ދެ ފަނޑިޔާރުން ހުވާކުރައްވަނީ: ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
06 މާޗް 2022 - 12:48
ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ދެ މަގާމަށް އައްޔަން ކުރަން ނިންމީ ސ. ފޭދޫ ފިތުރޯނުގޭ ޒުހައިލާ ޝީޒާ އާއި ގއ. މާމެންދޫ ފެހިގޭ، އަހުމަދު ނިމާލް ޖުނައިދު ކަމަށެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވަނީ އަންނަ ހަފުތާގަ އެވެ.
ސިވިލް ކޯޓުގައި މިވަގުތު ވެސް 14 ފަނޑިޔާރަކު ތިއްބަވަ އެވެ. ރާއްޖޭގައި އެއް ކޯޓެއްގައި އެންމެ ގިނަ ފަނޑިޔާރުން ތިއްބެވީ ވެސް ސިވިލް ކޯޓުގަ އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު، 46،000 އަށް ވުރެ ގިނަ ރުފިޔާ އާއި ފޯން އެލަވަންސް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންޑާރަ ކްލަބް
06 March 2022
ފުޓުބޯޅައަށް މޮޅު ކުދިން ވައްދާ ޖޭއެސްސީ އަށް
ވޯލް
06 March 2022
ފަންޑިޔާރު ކަމުގެ ތައުލީމާ ތަޖުރިބާ ތަންކޮޅެއް ކުޑައެއް ނޫންތަ؟؟؟؟؟ ޑިގްރީ އަކީ 2 އަހަރު ދުވަހުގެ ތަޖުރިބާ އަކީ މިހާރު އޮފީހެއްގެ އިންނަ ރިސެޕްޝަނީޓުންގެ ޝަރުތު.
ހާމަ333
06 March 2022
ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް...
ލަކުޑިބޭ
06 March 2022
ޢަދި 100 ފަނޑިޔާރުން ވެސް ލާންވީ ކިތެންމެ ވަރަކަށްލިޔަސް މައްސަލަ ބެލެނީ ކިހާވަރަކަށްތޯ ހިތަށް އަރާ، މިހާރުވެސް އަޅުގަނޑްގެ ރައްޓެއްސެ ގެ ބޮޑްފައިސާ ގަނޑަކަށް މީހަކް މަކަރު ހަދައިގެން ހުރިހާ ހެއްކަކާއި އެކް ކޯޓައް ލާއިގެން އުޅޭތާ 7 އަހަރު އެ ރައްޓެހި މީހާގެ ވިޔަފާރި ބަނގުރޫޓް ވެ މަގުމަތިވެފަ މިފަދަ ކަންކަން ހިނގަނީ ކޮންބައެއްގަ ޒިންމާ އަކުން ތޯ އަޅުގަނޑް ސުވާލު ކޮއްލަން ބޭނުންވޭ.
7676
06 March 2022
ނުވިކޭ ފަނޑިޔާރުން އައްޔަންކުރާތި
ށަވިޔަނި
06 March 2022
ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރިއަސް ނުފުދޭ. ޝަރީޢަތް ކުރަން އިތުރު ޖާގަވެސް ބޭނުންވޭ. މިހާރު އެކޯޓު އެހުރި އިމާރާތުގައި އެކަން ނުކުރެވޭނެ.