އެމްއެންޑީއެފް ޓްރެއިނިން ދިޔަތަނުން ނިޔާވި ސިފައިންގެ މީހާ.
07 މާޗް 2022 - 14:12
ޅ. މާފިލާފުށީގައި އިއްޔެ އޮތް ތަމްރީނަށް ދިޔަ ސިފައިންގެ މީހަކު މިއަދު ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ގދ. ގައްދޫ، ރަމްޒު، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް 19، ނިޔާވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނުތައް ހަދަމުން ދަނިކޮށް ވެސް ދިވެހި ސިފައިންގެ މީހަކު ނިޔާވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންބޯލް
09 March 2022
އިންސާނިއްޔާތު ޚިލާފު ޢަމަލުތައްހިންގާ އެމެރިކާ މިސާލަކަށް ބަލައިގެން އެމީހުން ޖައްސާ އިންސާނިައްޔަތާ ޚިލާފު ޓްރެއިންތައް ޖައްސާވާހަކަ ތިތަނުން އަންނަކުދީން ކިޔާދީފައި އެބަހުރި...ތިޔަ ޓްރެއިނިންގް ތައްހިންގާގޮތް ރަނގަޅަށް ބަލާ ތަޙްޤީގުކުރަން އެބަޖެހޭ.
ކައްޓާ
08 March 2022
ފިޓްނެސް ލެވެލްއާ ނުބައްދަލު ތަމްރީންތަަކުން މިފަދަ ގޮތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެކި މީހުންގެ ފިޓްނަސް ލެވެލް ތަފާތުވާނެކަން ދެނެގެން ފިޓްނެސް ޕްރޮގްރާމްތައް ހިންގުން ވަރަށް މުހިއްމެވެ.
ޙޫޜުލް
08 March 2022
އެބުނާ ހެން އެއްމެ 19 އަހަރުގެ ކުއްޖަކަށް މީހެކޭ ކީމަ ވ އައިބު! 18-30 އހަރަށް ވެސް ކުއްޖެކޭ ލިޔެބަލަ....! ހާއްސަކޮށް 18-25 އަށް!
ޗުލްބުލް
08 March 2022
އެންމެންވެސް ވައްދަނީ ފިޒިކަލީ އަދި މެންޓަލީ ޓެސްޓް ހެއްދުމަށް ފަހު ނަމަވެސް މިހާރު ގިނައީ އަޑިއަޑިން މެންބަރު ވައްދާ ކުދިން ފެށީ އަދުރޭމެން
ކަމަނަގޯތިއާދަނު
08 March 2022
އެކޯކާރޑިއޯގުރާމް ކަހަލަ ހިތުގެ ޓެސްޓެއް ހަދާފައި ހާރޑްކޮށް ތަމްރީނު ޖައްސަން ވީ ތަމްރީނުގެ ވަކި ފޭޒްއަކާ ހަމައިން ވިޔަސް މިކަން ކުރަން އެބަޖެހޭ
ހަމް67
07 March 2022
ފިޓްނަސް އާ ހެލްތް ޗެކަޕް ނަމެއްގަ ހަދާފަ ބުރަ ޓްރެއިނިން އެއްގަ ގާނުވީމަ ޒުވާން ދުވަހު އެ ދުނިޔެއާ ވަކިވަނީ. މިކަހަލަ ޓްރެއިނިންތައް ހަދާ އިރު އެހަދާމީހާގެ ހާލަތު ދެނެގަންނަން ޖެހޭ. ޢަދި މިހަދާ ތަމްރީނު ވެސް އެބަ ބަލަން ޖެހޭ. އެމެރިކާ ތަންތާ އަސޭމިރުސް ދުން ޖަހައި ކޮޓަރިއެއްގަ މަޑުކުރަންވެސް ޖައްސާ ވަކި އިރަކު.
ބްރޯސް
08 March 2022
ޓްރޭނިންއަށް ކޮލިފައިވަނީ ތިބުނާ ފިޓްނަސް އަދި ހެލްތު ޗެކަޕް ހަދާފަތިބޭ ކުދިން. ދަރިވަރަކުގެ ފުރާނަ ދިއުމަކީ ޓްރޭނިންގެ މައްސަލައެއް ނޫން. ޓްރޭނިންގެ މައްސަލައެއް ނަމަ ގިނަ ޓްރޭނިންތަކުގަ ގިނަ ކުދިންގެ ފުރާނަ ގެއްލިގެން ދިޔައީސް. އެއްވެސް ޓްރޭނިންގެއްގެ ލެވެލްއެއް ނުވަތަ އެ ޓްރޭނިންގެއްގެ އިންޓެންސިޓީ ވަކި ވަކި ދަރިވަރެއްގެ ސިއްހީ ހާލަތާ ގުޅޭގޮތަށް ނުވަތަ ފިޓްނަސްއާ ގުޅޭގޮތަށް ޑިޒައިނެއް ނުކުރެވޭނެ. ހާއްސަކޮށް އަސްކަރީ ތަމްރީނުތައް.
ބޫސްޓަރުމައްޗައްބޫސްޓަރު
07 March 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ދެންވެސް އަވަހައް ބޮޑު މުސާރަނަގައިގެން އަޗާ ތަޅާ ވެރިން ބުނާ ބަސް އަހައިގެން މަތި މައްޗައް ބޫސްޓަރު ޖަހަން ވީ،، މިކަން އަނެއްކާ ދުވަސް ކޮޅަކުން ފެށޭނެ، ބަލަން ތިބޭތީ.
ދިބެހި ދަރި
07 March 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.. މައްޔިތާގެ ފުރާނައަށް ހެޔޮޖަޒާ ލައްވާށި. އަދި ޢާއިލާއަށް ކެއްތެރިކަން ދެއްވާށި.
ޖަހަންގީރު
07 March 2022
ކަލޭނޭ ހެޔޮނުވާނެ 18 އަހަރާ 25 އަހަރާ ދެމެދުގެ އިންސާނުންނަށް ދިވެހި ބަހުން ކިޔާން ބަހެއް ހަދާ ބަލަ. ސިފައިންގެ މީހަކު މަރުވެއްޖޭ އޮތީމަ މަ ހީކުރީ ވަރަށް ވުވަސްވެފަ ހުރި ވަރަށް ވަރުގަދަ ޓްރެއިނިން އެއްގަ އަނެއްކާވެސް ސިފައިންގެ މީހަކު މަރުވީ ކަމަށް. އެކަމަކު އެއީކީ ތިބުނާ ފަދަ މީހެއް ނޫނޭ. އިހައްދުވަހު ސްކޫލު ނިންމައި ޢަމަލީ މައިދާނަށް ނުކުންނަން މަސައްކަތް ކުރި މީހެއްގެ ޅަ ކުއްޖެކޭ އެއީ. މަރުހޫމްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް މައްވާށި
ހާމިދު ޝާހިދު
07 March 2022
اللهم اغفر له وارحمه واسكنه في الجنة ތަމރނ ތަކގއ އުޅއރ މިކަހަލަ ކަންކަން ދިމާވަނީ ބަލަންވާވަރަށް ކަންކަން ނުބަލާތިވެ. މިއީ ވަރަށް ދެރަކަމެއް. ފިޔަވަޅުތައް ރަނގަޅު ކުރޭ. ކެޑޭޓުންގެ ސިއްހަތު ރިޕޯޓެއް ހަދަންޖެހޭ ފުރަތަމައިނުންވެސް. ދެން ކުރަން ޖެހޭކަމަކީ، ތަމްރީނުތަކުގައި ބެސްޓް ޕްރެކްޓިސް ނުގެންގުޅެވުން. އަދި މެޑީކަލް ރަނގަޅު ނިޒާމެއް ތަމްރީނު ދޭ މަރުކަޒްތަކުގައި ނެތުން. އިބްރާހިމް ސޯލިހު މިކަމަށް އެއްޗެއް ވިދާޅުވާންވީނުންތޯ!