ޚަބަރު / ނެކްސްބިޒް

ދިވެހި ސަރުކާރުން ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ނިންމައިފި

ހުޅުލޭ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުން އޮފިސަރަކު ހިދުމަތް ދެނީ: ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ނެކްސްބިޒުން ވި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލް ކުރީ ގަވައިދާ ހިލާފަށް ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފައި.---ފޮޓޯ: އިމިގްރޭޝަން

މެލޭޝިއާގެ ނެކްސްބިޒުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ގަވައިދާ ހިލާފަށް ކަމަށާއި އޭގެ ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނެކްސްބިޒުން ހުށަހެޅި މި މައްސަލަ އާބިޓްރޭޝަނުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު ސަރުކާރުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ނެކްސްބިޒުން އެދުނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިއަން ޑޮލަރު ހޯދުމަށެވެ. އެކަމަކު އާބިޓްރޭޝަނުން ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 15 މިލިއަން ޑޮލަރު ކަމަށެވެ.

މި މައްސަލާގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ރިވިއު ކުރަމުން އަންނަ ކަމަށެވެ.

"މައްސަލަ ރިވިއުކޮށް ނިންމާފައި ދެން މައްސަލާގައި ކުރިއަށް ދާނެ ގޮތެއް ނިންމާނެ،" އުޝާމް ވިދާޅުވި އެވެ.

ނެކްސްބިޒުން ރާއްޖޭގައި ގާއިމްކުރި ބޯޑަ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުން، ދިވެހި ސަރުކާރުން ހުއްޓާލީ އޮގަސްޓް، 2013ގަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް އެމެރިކާގެ ހިލޭ އެހީގައި ސިސްޓަމެއް ގާއިމްކޮށް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަކު ވަކި ހިސާބަކުން ޖަރުމަަނުގެ ސިސްޓަމެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި މިހާރު ރާއްޖޭގެ ބޯޑަރު ބަލަހައްޓަނީ އެމެރިކާ އާއި ޖަރުމަނުގެ ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވެ އެވެ.

އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ހާއްސަ ކޮށްފައި ވަނީ ރާއްޖެ އައިސް، ގޮސްވާ ބިދޭސީންނަށް އެކަންޏެވެ. ރާއްޖެ އިން ބޭރަށް ފުރާ އަދި އަންނަ ދިވެހިންގެ ކަންކަން ބަލަނީ ޖަރުމަނުގެ ސިސްޓަމުން ކަމަށް އެނގިފައިވެ އެވެ.

ނެކްސްބިޒްގެ މައްސަލަ ސަރުކާރާ ދެކޮޅަށް މި ނިމުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ކުރި 25 އަހަރުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށެވެ.

އެ ފައިސާ އެއް ފަހަރާ ސަރުކާރުން މިހާރު ވަނީ ދައްކައިފަ އެވެ.

63 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 4%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޒް

21 December 2016

އަދިވެސް ސިންގަޕޫރަށް ވާން އުޅޭ..

The name is already taken The name is available. Register?

ޑާޑާޑާޑާ

21 December 2016

ބޭރުބަޔަކު ރާއްޖޭގެ ކޯޓުތަކާ ވައިވެސް ނޭޅޭނެ. ތި މަޅިޔަކު ޖެހޭނެ ބަޔަކު އިންވެސްޓްކުރާކަށް ނާންނާނެ

The name is already taken The name is available. Register?

1234

20 December 2016

މިގޮތަށް އިންވެސްތަރުން ގެނސްފަ ފޮނުވާލާފަ ބަޖެުން ފައިށ ދި ހުސްކުރާނެކަމެއް ނެތް

The name is already taken The name is available. Register?

އަލީ

20 December 2016

ސަރުކާރުން ބުނާނެ 271މިލިޔަން ޑޮލަރު ހޯދަން ހުށަހެޅީމަ ދޭންޖެހުނީ 15 މިލިޔަނެއްހާ ރުފިޔާއޭ. އެވީފައިދާނޫންހޭ. ހަގީގަތުގަވެސް ބޮޑަތި ކޮންޓްރެކްޓްތައް ހަދާފަ އޭތި ބާތިލްކޮށް ދެފަރާތަށް ބައިއެޅޭގޮތަށް ބަދަލުދިނުމަކީ މިހާރު ހިންގާ އެންމެ ބޮޑު ޖަރީމާ. ބަދަލުގޮތުގަ ދޭ ކޮންމެ ލާރިގަނޑަކުން ބައެއް ސަރުކާރު ގެ މީހުނަށްވެސް ރިޝްވަތުގެ ގޮތުގަ ދެއޭ ބުނޭ. ތިޔަށް ކިޔާނެ ނަމެއްވެސް ނޭނގެ. ރައްޔިތުން ބުރަމަސައްކަތުން ދަރިންނަށް ކިޔަވާދީ ކާއެތިކޮޅު ގަންނަން ހޯދާ ފައިސާ ޓެކުހޭ ކިޔާ ފޭރިގަނޭ ބޭރުމީހުނަށްދީ އެއިން ބައިނެގުމަކީ ކޮންކަހަލަ ކަމެއްބާ.

The name is already taken The name is available. Register?

އަލީ

21 December 2016

އެއައްކިޔަނީ ބޯކެއުން. އަހަރުމެން ދަސްކުރީ ޖަމަލު ބާގާގެ ހިޔަޅުން ގެ ފަރާތުން.

The name is already taken The name is available. Register?

ނުފުއްޕާތި

20 December 2016

ނެކްސް ބިޒަށް 15 މިލިއަން ޑޮލަރު ދައްކަން ސިންގަޕޯރގެ އާރބިޓްރޭޝަން އިން ހުކުމް ކުރި އަސް ނުދޭނަން ނުދޭނަން ނުދޭނަން. ސިންގަޕޯރ އާރބިޓްރޭޝަން މަހަށް ދާންވީ އެއް ނޫން ދޯ. ތަމެން ތިގޮތަށް ބުނާ ހުކުމް ތައް މަމެން ނަފީ ކުރީ މި އިނގޭ. މަހަށް ދޭ މަހަށް ދޭ މަހަށް ދޭ ސިންގަޕޯރގެ އާރބިޓްރޭޝަން. މާ ބޮޑަށް ތަމެން މިހާރު ތިޔާ ފުއްޕަން ފެށީ ނުފުއްޕާ މަޑުން ތިބެގަ..

The name is already taken The name is available. Register?

ފުއްޕިހަކުރު

21 December 2016

އާބިޓްރޭޝަނުން ނިންމީމާ އެވީދޭން. މާ ކުޑަކުދިން އަގަނުތަޅަ ހިމޭނުންތިބަގަ. މަމެންގެ ސަރުކާރުން ދޭންޖެހޭ އެއްޗެއް ވަގުތުންދޭނަން. އެއީ މީ އޯސަމްއެންޑް ފްލޯލެސް ސަރުކާރުގެ ބިއުޓިފުލް ކަމަކީ.

The name is already taken The name is available. Register?

GAN Island

20 December 2016

ކުދިންނޭ އެއްގޮތަކަށް ވެސް ޤައުމަށް ހެޔޮއެދޭ ދިވެހި ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ.... !! ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރާއި ޑރ ވަހީދު ހިންގެވި ސަރުކާރުން އުވާލި އެއްބަސްވުން ތަކުން ދައުލަތުން ފައިސާ ތަކެއް ގެއްލިގެން ދިޔަ ކަމުގައި ވިޔަސް 2018 ވަނަ އަހަރު ''ރައްޔިތުން ނިންމާ ގޮތެއްގެ ސަބަބުން'' 18 ވަނަ އަހަރު އިންތިހާބު ކުރެވޭ ސަރުކާރުން އުވާލަންހުރި އެއްވަސް ވުން ތަކުން ދައުލަތަށް އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ އަގު ހިރި މުދާތައް ލިބޭނެ. . . . އޭގެ ތެރޭގައި 25 ބުރިއަށް އިމާރާތް ކޮށްފައިވާ އެންމެ ޒަމާނީ ލަޤްޒަރީ ޖޮޓާ ތަކާއި ރިސޯޓް އަދި ޔޮޓްމެރީނާ ތަކާއި ކަނޑުގެ އެތައްބައިވަރު އުޅަނދު ތަކާއި އެއްގަމު ވެހިކަލްތައް ފަދަ އަގުބޮޑު ޕްރޮޕަޓީޒް ހިމެނޭނެ. ހާސްނުވޭ. ރައްޔިތުންގެ ދުވަސް އަންނާން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް.

The name is already taken The name is available. Register?

ހޯއްހޯއް

20 December 2016

ތަމެންނަށް 2018 ގައި ވޯޓް ލާން ދީގެން ނޫން ފުރުސަތު. މަމެން ގާނޫނު އަސާސީ ބަދަލު ކޮށްލާނަން. އެއިރަށް ހުންނާނެ ތަމެންނަށް އަފިރިން ތަފިރިން ކިޔަން ހަދައިގެން ރާކަނި މަސް ކެވިފައި ދޯ. ހޯއް ހޯއް ހޯއް.

The name is already taken The name is available. Register?

އޭޢްއޭއް

21 December 2016

އޭރުން ރާކަނިމަސް ފިސާރިކާންދޭނަން.

The name is already taken The name is available. Register?

ރަދީފް އެންޑް ރަފައިދާ

20 December 2016

އެބް އިނީޝިއޯ ވޮއިޑް.

The name is already taken The name is available. Register?

އުދުހޭ

20 December 2016

ބާތިލްކުރީމަ ފައިސާ ދައްކަންޖެހުނީމަ ބާތިލްކުރި ސަރުކާރު ދޯ ނަންވަނީ؟ ނެކްސްބިޒްއާއެކު ކޮށްފައިވާ އެގްރިމެންޓް އޮތީ ރައްޔިތުން ފެލާ ގޮތަށް. ފުރާ ކޮންމެ ފަސިންގަރެއްގެ އަތުން އެތަށް ޑޮލަރެއް ނެކްސްބިޒަށް ދައްކަންޖެހޭ ގޮތަށް! އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ އިތުރުން ނެކްސްބިޒް ޗާޖު އައިނަމަ ޓިކެޓެއްގެ އަގު އުފުލިގެންދާނެ ގޮތް ވިސްނަވާ؟! އެކަމަކު ނެކްސްބިޒާއެކު ހެދި ޑީލުންވެސް ބަޔަކު މީހުން މުއްސަނދިވެފައި ތިބޭނެއޭ ހިތަށްއަރާ!

The name is already taken The name is available. Register?

ޔައުނީ

21 December 2016

މިހާރު ކޯޗަކަށްމިވީ؟ ނެކްސްބިޒަށްލާރި. ފުރާބިދޭސީއެއްގެ އަތުން 50ޑޮލަރު ދިވެއްސެއްގެ އަތުން 37ޑޮލަރު. ހަޑޫ ހަކުރު ފުށް ދެގުނަ. ކަރަންޓްބިލް ދެފަހަރު ބޮޑުވެއްޖެ. ރިޒާވުން ބޮންޑު ގަންނަނީ

The name is already taken The name is available. Register?

ބޮކިފަތި 3 އަހަރު

20 December 2016

އަނެއްކާވެސް ރައްޔިތުންނަށް ހުރިހާކަމެއް ކާޑުއަގުބޮޑުކުރީވެސް ދަރަނި ދައްކަން. ދެން އަގުބޮޑުކުރާނީ ކޯޗަކުންބާ

The name is already taken The name is available. Register?

ސީމާ

20 December 2016

އޮތީޔާއޮތް އެއްބަސްވުމެއް ބާތިލްކުރަމުންދޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454