10 މާޗް 2022 - 13:20
މާލޭ މަގުމަތިން ފިރިހެން ކުއްޖެއްގެ އަތުގައި ހިފައި، ހިފެހެއްޓި އިންޑިއާގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފި ކަމުގެ މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުވާ އިންޑިއާގެ ފިރިހެން މީހާ މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަން ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެ ކުޑަކުއްޖާގެ އާއިލާގެ މީހަކު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ މީހާ އެ ކުއްޖާގެ އަތުގައި ހިފައި ދަމައިގަތީ އޭނާގެ ބޮޑުދައިތައާ އެކު ގެއަށް ވަދެވަދެ ހުއްޓާ ކަމަށެވެ. އަތުން ދޫކޮށްލީ ކުއްޖާގެ ބޮޑުދައިތަ ހަޅޭލަވައިގަތުމުން ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ އަތުން ދޫކޮށްލުމަށް ފަހު، ބޮޑުދައިތަ ގައިގައި ޖަހަން ވެސް އެ މީހާ އުޅުނު ކަމަށްވެ އެވެ. އަދި އެ މީހާ ހުއްޓުވާއި ފުލުހުންނާ ހަވާލުކުރީ އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން ކަމަށް ވެސް އެ ޓުވީޓްގައި ބުންޏެވެ.
"އޭނާ [އިންޑިއާ މީހާ] އުޅޭ ގޭގެގައި ތިބި ބިދޭސީން ބުނަނީ އޭނާ އަކީ މޮޔައެކޯ. މިއަދު 12 ޖަހާއިރު ފުރަން ޓިކެޓް ނަގާފަޔޯ އޮތީ. ކިޔާފައި އެ މީހާ އެ ގެއަށް ވަންދާފައި ފޮރުވީ. ފުލުހުން ވެސް ބުނީ އެ މީހުން ބުންޏޭ އޭނާ އަކީ މޮޔައެކޭ،" އެ ޓުވީޓްގައިވެ އެވެ.
އާއިލާއިން ތުހުމަތުކުރަނީ އެ މީހާ އުޅުނީ ކުއްޖާ ރަހީނުކޮށް، އަނިޔާކުރަން ކަމަށެވެ.
"މަގޭ ކޮއްކޮ [ކުޑަކުއްޖާ] ހުރީ ތުރުތުރު އަޅާ. މަގޭ މަންމަ [ބޮޑުދައިތަ] ހުރީ ބޯ ގޮވާފައި،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލު
11 March 2022
އިންޑިޔާގެ ގުރައިދޫތަމިއީ އެތާތިބި ހުރިހާމޮޔައިން މިގައުމަށް ފޮނުވަން
ޙދހބ
10 March 2022
ބޯގޯސް މީހަކު ވިސާހޯދީ ކިހިނެއް، ގައުމަށް އެތެރެވީ ކިހިނެއް
ޖަމަލު
10 March 2022
ތިޔަ ކަމުގާ މިއަތް ދަށުވެފައިވާ ސަރުކާރުގެ ފުލހުންނަށް އެޅޭނެހާ ވެސް ފިޔަވަޅަކީ އޭނަ ފުލުހުންގެ އިދާރާއަށް ވައްދާ އަދި ބޭރަށް ނެރެ ދޫކޮށްލުމުގާ އެޅޭނެހާ ފިޔަވަޅެކެވެ
ނަޓުކާ
10 March 2022
އަހަރެން ވަޒީފާއަދާ ކުރާ ތަނުގައިވެސް ނިކަން ދުއްޕާން ބޮޑު އިންޑިއާ މީހެއްއުޅެއެވެ. އޭނާގެ މައްސަލަ ތަރުބަވީ މުއައްސަސާތަގުގައި ތަކުރާރު ކުރެވުނު އަދަދު ނޭނގެއެވެ. ނަމަވެސް އޭނާ އޭނާގެ ވަޒީފާގައި އަދިވެން އިހެކޭ އެއްފަދައިން އެބަހުއްޓެވެ.
ތުނިޔަ
10 March 2022
ތިމީހާގެ ނަފްސާނީ މައްސަލައެއްނެތި ނުދާނެ!
އަސަރު69
10 March 2022
އޭނާ [އިންޑިއާ މީހާ] އުޅޭ ގޭގެގައި ތިބި ބިދޭސީން ބުނަނީ އޭނާ އަކީ މޮޔައެކޯ. މަގޭ ކޮއްކޮ [ކުޑަކުއްޖާ] ހުރީ ތުރުތުރު އަޅާ. މަގޭ މަންމަ [ބޮޑުދައިތަ] ހުރީ ބޯ ގޮވާފައި،" ހާހާ މިތަނުގާ ސަލާމަތުން ހުރި މީހަކު ނެތެންނު.
ޒީން
10 March 2022
ދިވެހިފިރިހެނުންތެރޭގާއެބައުޅޭ ކުދިން(ފިރިހެން އަދި އަންހެންކުދިން)ނާދިމާއަށް ކަޅިވައްޓާނުލާ ބަލާމީހުން. ގައިގާނުޖެހޭހާހިނދަކު އެމީހުންނާމެދު އެޅޭނެ ފިޔަވަޅެއް ހަމައެއްގޮތަކަށްވެސް ނޯންނާނެތޯ؟
ސޯލިބޭ
10 March 2022
އިންޑިއާ މީހެއްތަ؟ ސިކުނޑި ހަމަނުޖެހޭނެ.
އައްޔިބެ
10 March 2022
މިހެންވެޔޭ އިންޑިއާއައުޓު ގޮވަން ޖެހެނީ..
ވީލަވް ކަޝްމީރު
10 March 2022
އިންޑިޔާ އެންބަސީއިން އަންގައިގެން އޭނަ ދޫކޮއްލާނެ