އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.-.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
21 ޑިސެމްބަރ 2016 - 18:44
ބިދޭސީ ޓީޗަރުންގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި ނަމަވެސް އަންނަ އަހަރު ގެންނަ ޓީޗަރުންގެ ފެންވަރު، ކުރީ އަހަރުތަކަށް ވުރެ މާ ބޮޑަށް ވެސް މަތިވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވީ 180 ބިދޭސީ ޓީޗަރުން އަންނަ އަހަރަށް ހޯދަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ ތިން ސަރަހައްދަކަށް އެ މިނިސްޓްރީގެ ޓީމަކުން ޒިޔާރަތްކޮށް ޓީޗަރުންގެ އިންޓަވިއުތައް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ޓީޗަރުން ރާއްޖެ އަންނާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 8 ގަ އެވެ.
އަންނަ އަހަރަށް ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމަށް އިއުލާން ކުރުމުން ކުރިމަތިލާފައި ވަނީ ހަމައެކަނި އިންޑިޔާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރު ރާއްޖެ ގެންނަ ޓީޗަރުންގެ ފެންވަރު ޔަގީނުން ވެސް މަތިވާނެ،" އިބްރާހިމް އިސްމާއިލް
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި ފެންވަރު ދަށް ޓީޗަރުން ގެނެވިފައިވަނީ، އެމީހުން ރާއްޖެ ގެނައުމުގެ ޕްރޮސެސް ދިޔަ ގޮތުންނެވެ. ނަމަވެސް އަންނަ އަހަރަށް ބޭނުންވާ ޓީޗަރުުން ގެނައުމުގެ މަސައްކަތްތައް ކޮށްފައިވަނީ ވަރަށް ތަރުތީބުން ކަން އޭނާ
ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި އެސެމްބްލީގައި ޓީޗަރުންތަކެއް ބައިވެރިވަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ އަށެއްގައި.--- ފައިލް ފޮޓޯ: ހުސެން ޝަޔާހު/މިހާރު
"އިންޓަވިއު އިން ފާސްވާ ޓީޗަރުން މި ގެންނަނީ. ކުރީ އަހަރުތަކުގައި އެހެން ނުވެ ހިނގާދާނެ. އެކަމަކު މިހާރު މި ގެންނަ ޓީޗަރުންނަކީ އެކަށީގެންވާ ކިޔަވައިގެން ތިއްބެވި ޓީޗަރުން ވަޑައިގެން އިންޓަވިއުކޮށްފައި، އެމީހުންނަކީ ކިޔަވައިދެވޭނެ ކަމަށް ފެންނަ މީހުން. އަޅުގަނޑުމެން މި ނަގަނީ ސްކޫލުތަކުގައި ކިޔަވައިދެވޭނެ ކަމަށް ރެކްރޫޓް ޕެނަލް އަށް ފެންނަ ބޭފުޅުން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"އަންނަ އަހަރު ރާއްޖެ ގެންނަ ޓީޗަރުންގެ ފެންވަރު ޔަގީނުން ވެސް މަތިވާނެ،"
އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި ބިދޭސީ ޓީޗަރުން ހޯދަނީ، އެ މާއްދާއެއް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމުންނެވެ.
މިއަހަރު ވެސް 2139 ބިދޭސީ ޓީޗަރަކު، ރާއްޖޭގެ 212 ސްކޫލެއްގައި ވަނީ ކިޔަވައިދީފަ އެވެ. ނަމަވެސް ބައެއް ޓީޗަރުން އަމިއްލަ އަށް ކެނޑިގެން އަދި ފެންވަރު ދަށްވުމުގެ އެކި މައްސަލަތަކާ ގުޅިގެން އަނބުރާ ގައުމަށް ފޮނުވާލާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރު
18 May 2017
ކޮންފެންވަރެއްގެ ވާހަކަ އެއްމިދައްކަނީ ! ބޭރުންގެންނަނީ ގަނެގެން ހިގާނީވިޔަފާރި ވިޔަފާރި!!! ޑިޕްލޮމާފެންވަރަށް ބަދަލުކުރަން އެޅި ފިޔަވަޅުގައި ، ވަޒީފާގެއްލޭނެތީ ބައިވެރި ވީ މީހެއްވިއްޔާ ޑިޕްލޮމާނެގި! ޕްރިންސްޕަލުން ނެތޭ ބެލެނިވެރިން ގޮވީމާ ، ޓީޗަރުންތައް މަޤާމު ބަދަލުކުރީ ޕްރިންސްޕަލުންނަށް ކިޔަވައިދޭން ތަމްރީނަށް ގެންދިޔައީ 3 ދުވަހަށް ، މެލޭޝިޔާގެ ސަންވޭއަށް ޔުނިވާސިޓީތައް ހަމަ ލޮލުން ބަލާލަން . 30 ހުން ސާޅީހުން ޓިކެޓް ކަނޑާލެވުުނު . އެވީ ޕްރިންސަކަށް.
ފިކުރު
18 May 2017
މިއަހަރު ގެނައި ޓީޗަރުންގެ ފެންވަރު ދައްވީ ކީއްވެގެން!!!
ޗިކުސް
22 December 2016
ޓީޗަރުން އެ ކުރައްވާ ބުރަ މަސައްކަތާ އެކެށީގެންވާ މުސާރަޔެއް މިނިސްޓުރިން ނުދޭ. އެންވީމަ ދިވެހި ޓީޗަރުން ނުލިބޭނެޔެއް ނުން.
އަލިފުތާ
22 December 2016
ބިދޭސީ ޓީޗަރުން ނުގެނެސް ދިވެހިންނަށް އެވަޒީފާތައް މިހާރު ލިބޭނެކަމަށް ގަބޫލުކުރެވޭ... ދިވެހިންގެ ވަރަށް ގިނަމީހުން މިހާރު ކިޔަވަމުންދަނީ ޑިގްރީ އަދި މާސްޓާރސް ލެވެލްގައި ، އެހާބައިވަރު ކޮންމެ އަހަރަކު ނިމޭ... ބިދޭސީ ޓީޗަރުންގެ މުސާރައާއި އެއްވަރަށް ދިވެހިންނަށް މުސާރަ ދޭކަމަށް ވަންޏާ މާކެޓުގައި ލިބޭ ކެނޑިޑޭޓުން ގިނަވާނެ... ގައުމު ކުރިއަށް ނެރެގެން ގައުމު ރަގަޅުވާނީ...
ސޯޓު
22 December 2016
ރެކްރޫޓު ކުރުމަކީ ވަރަށް ފައިދާނަގާ ބިޒިނަސްއެއް.. އެކަމުގައި އުޅެނީ މިނިސްޓްރީގެ ބައެއް އޮފިސަރުންނާއި އިންޑިޔާގެ އޭޖެންޓުން.. ގިނައިން ފައިސާ ޕޭ ކުރާ ޓީޗަރުން އިންޑިޔާގެ އޭޖެންޓުން ޝޯޓުލިސްޓްކޮށްފައި އިންޓަރވިއުކުރަނީވެސް... އަޑިއަޑިން ހިންގާ ބިޒިނަސް އޮތީ އަތްނުފޯރާފަށް ގޮސް މުޅި ނިޒާމު ވަނީ ކޮރަޕްޓުވެފައި... ކީއްތަވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިން ސީދާ ބޮޑެތި ޔުނިވަރސިޓީ މެދުވެރިކޮށް އިންޓަރވިއު ޕްރޮސަސް ނުގެންދެވެންވީ ، އެމެރިކާ ކަހަލަ ގައުމަކަށް ޓީޗަރަކު ދާންބޭނުން ކަމަށް ވަންޏާ އެކަން ކުރަނީ ޔުނިވަރސިޓީ ނިޒާމުގެ ތެރެއިން ގާއިމުވެފައި އޮންނަށް ހަރުދަނާ އުސޫލަކުން... މިތަނަށް ގެންނަނީ އޭޖެންޓުން މެދުވެރިކޮށް ސެޓިފިކެޓު ގަނެގެން އުޅޭ އާދައިގެ މީސްމީހުން... މުޅި އެޑިޔުކޭޝަން އޯވަރހޯލް ކުރަންޖެހޭތަނެއް އެއީ...
އަޑަފި
22 December 2016
މިކަހަލަ ކަންކަމުގައި ކޮރަޕްޝަން ހިމެނޭތީކަންނޭނގެ މި މިނިސްޓްރީގެ 3 ބޭފުޅެއްގެ މައްސަލަ އޭސީސީން ބެލިއިރު ސާބިތުވި އެކަމަކު ޕީ.ޖީ ދައުވާ ކުރަން ބޭނުންހެނެއް ހިއެއް ނުވޭ. އެވެރިން ދައުވާކުރަން ބޭނުންވަނީ ނޫސްބެރިންނަށް
މުހައްމަދު
22 December 2016
ކިޔަވައިދިނުމުގެ ފެންވަރާއި މުވައްޒަފުން ގެންގުޅޭ ގޮތާއި ގެންގުޅެނީ ކިހާ ފެންވަރެއްގެ ޓީޗަރުންތޯ ބަލަންޖެހޭނީ ހަމައެކަނި ސަރުކާރުގެ ސްކޫލްތަކުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގައި މިހިންގާ ހުރިހާ ސްކޫލެއްގައިވެސް ކަން އޮތްގޮތް ރަނގަޅަށް ބަލައި މި ޤައުމުގެ ދަރިންނަށް ރަނގަޅު ތަޢުލީމުދީ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރޭތޯ ބެލުމަކީ އެޑިޔުކޭޝަނުގެ ޒިންމާއެކެވެ. އެކަމަކު ރާއްޖޭގައި މިހިންގާ ބައެއް އިންޓަރނޭޝަނަލް ސްކޫލްތަކުގައި ދަރިން ތަރުބިއްޔަތު އެކުރަނީ މި ޤައުމަށް ފައިދާހުރި ގޮތަކަށް ނޫނެވެ. އެއީ އެހެން ގޮތަކަށް ބުނާނަމަ ވަކަރުގޭ ކުދިން ތަރުބިއްޔަތުކުރުމާއި ކިޔަވައިދިނުމެވެ. މިކަން މިހެން ހިނގާތާ އެތައް ދުވަހެއް ވީއިރު ޅިޔަންފަހަރިކަމުގެ ގޮތުން ގުޅިފައި ތިބި ފަރާތްތަކުން ކުރާ ކަންކަން ނުބަލައި ލޯމަރާލައިގެން ތިބުމަކީ ކޮންޒާތެއްގެ ކޮންކަހަލަ ކަމެއްތޯއެވެ.
މުހައްމަދު
22 December 2016
އަސްތާ ފެންވަރޭތޯއެވެ. ތިޔަ ވާހަކަ ނުދައްކަމާ ހިނގާށެވެ. ފެންވަރެއް ފަންވަރެއް ދަންވަރެއް ހިތްވަރެއް ކިޔާނެ ކަމެއް ނެތެވެ. ތިޔަ ސްކޫލްތަކުގެ އެކި ގްރޭޑްތަކުގައި ތިބޭނީ ހައްތާވެސް އެކި ދަރަދަރަޖައިގެ ޑިގްރީއާއި ޑިޕްލޯމާ އޮންނަ މީހުންނެވެ. އޭގެ ތެރެއިން 75 އިންސައްތަ މީހުންގެ ފެންވަރު ބަލައިފިނަމަ ތިބޭނީ ފޭލިވެފައެވެ. މަށަށް ފެންނަ ގޮތުގައި ޑޮކްޓަރުންނެކޭ އެއްގޮތަށް މުދައްރިސުންވެސް ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެއަހަރުން އެއް އަހަރު ހަދަންޖެހޭ އެގްޒާމެއް މިހާރު ބާއްވަންވެއްޖެއެވެ. އެ މީހަކު ކިޔަވައިދޭ ދާއިރާއެއްގެ މަޢުލޫމާތު، ފެންވަރު، އަލަށް އައި މަޢުލޫމާތުތަކާއި، އުސޫލުތަކާއި، ގަވާއިދުތައް އެމީހަކަށް އެނގޭ މިންވަރު ބަލަން އެބަޖެހެއެވެ.
ރެޓޭ
22 December 2016
މި ހުރިހާ ޒާމާނުގައި ފެންވަރުދަަށް ޓީޗަރުންވެސް ގެންނެވީ ހަމަ ތިބޭފުޅުންނޯތޯ؟ ރާއްޖޭގެ މުއައްސަސާތަކުގައި ކަރަޕްޝަން ވަކިހިއްޕާފަިވާތީ ފެންވަރު ރަނގަޅު ޓީޗަރުންނާ ޑޮކްޓަރުން ރާއްޖެ ނުގެނެވެނީ. ޒަމާނުއްސުރެ އެޑިޔުކޭޝަން އާއި ހެލްތު އަދި އިމިގްރޭޝަން އަކީ ކޮރަޕްޝަނުގެ ބޮޑެތި ހާލިތައް. ހަގީގަތުގައި މިތަންތަނާ އަޅާކިޔާއިރު އެމް.އެމް.ޕީ.އާރް.ސީ އަދި ހުވަނދަކަށްވެސް ނުވާނެ.
އިބްރާ
22 December 2016
ތިޔަ ބުނާ ގުރޫޕެއް ގޮސްގެން އިންޑިއާއިން ޓީޗަރުން ގެންނަތާ ކިތަންމެ ދުވަހެއް. ޢެކަމަކު ހަމަ ތިނޫން ވަރެއް ނުވޭ! ކޮންމެ ކަމެއްގާވެސް ހަމަ ކޮރަޕްޝަން.