ޚަބަރު / ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް

795،000ރ. ހޭދަކުރި ކަމަށް ނެރުނީ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް: މަލީހް

ކުރީގެ މިނިސްޓަރު މަލީހް: އޭނާގެ ކޮޓަރިއަށް 700،000 އަށް ވުރެން ގިނަ ރުފިޔާ ހޭދަވި ކަމުގެ ތުހުމަތު ދޮގުކުރެއްވި.

ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް މުހައްމަދު މަލީހް ޖަމާލް ހުންނެވިއިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އޮފީސް ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް މާލިއްޔަތު ގާނޫނާ ހިލާފަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތައް މަލީހް މިއަދު ދޮގުކުރައްވައިފި އެވެ.

އޮޑިޓުގައި ހުރި ވާހަކަތަކުން ދިފާއުވެވަޑައިގަންނަވަމުން މަލީހް ވިދާޅުވީ އެއީ "އޮޅުވާލައިގެން ނެރެފައިވާ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރިޕޯޓުގެ ފަހަތުގައި އޮތީ ސިޔާސީ މަގްސަދެކެވެ.

އޮޑިޓް އޮފީހުން އާއްމުކުރި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މަލީހުގެ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އެ މަސައްކަތާ ގުޅޭ ވަރަށް ގިނަ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން

- މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އަގުން އުނިކޮށްފައެއް ނެތް.

- އެ މަސައްކަތް ހަވާލުކުރީ 25 ދުވަހުގެ ތެރޭގައި ނިންމަން. އެކަމަކު މަސައްކަތް ލަސްވެ އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވިކަން.

- ކޮޓަރި ހެދުމުގެ މަސައްކަތް ލަސްވުމުން ގެއްލުމުގެ އަގަށް 119،000ރ. އަށް ވުރެ ބޮޑު އަދަދެއް އެރި އިރު، އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައެއް ނެތް.

- ގެއްލުމުގެ އަގު އުނިކޮށްފައި ނުވާ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، ގެއްލުމުގެ އަގުގެ ގޮތުގައި 9،834ރ. އުނިކޮށްފައި ވިޔަސް އެއީ ހަމަ އަގެއް ނޫން.

- ރިޓެންޝަން ފައިސާ އުނިކޮށްފައެއް ނެތް.

- ކުރުވާ މަސައްކަތުގެ އަގު 250،000ރ. އަށް ވުރެ ބޮޑު ނަމަ، ހުށަހަޅާ ކޮންމެ ބިލަކުން އެ ބިލެއްގެ ޖުމްލަ އަގުގެ ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހޭ ނަމަވެސް އެކަން ކޮށްފައެއް ނުވޭ.

- އެގްރީމަންޓް ކުރި މަސައްކަތާ ގުޅުމެއް ނެތް ކަމެއް އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކުރި.

- މަސައްކަތް ހިނގަމުން ދަނިކޮށް، އެ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާންކޮށް، ހަމަ އެ ފަރާތާ ހަވާލުކުރި. އަދި އެ މަސައްކަތް ހަވާލުކުރީ، ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވި ވެސް ފަހުން.

- އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކުރީ މިނިސްޓަރު ކޮޓަރީގައި ހުރި ގޮތަށް ވޯކްވޭގެ ދެ ފަރާތުުގައި ގުރޫ ކަނޑައި ފިލާ ޖެހުމުގެ މަސައްކަތް. އެ މަސައްކަތަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ.

އޮފީސް ހެދި ފަހުން ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި މަލީހް އޮފީހުގައި.

އޮޑިޓް ރިޕޯޓްގައިވާ ކަންކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން މަލީހު ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ނަމުގައި މުޅިން އާ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދިއިރު، އެ މިނިސްޓްރީ ހިންގަން ހާއްސަ އޮފީހެއް އޭރު ނެތް ކަމަށެވެ. އެ މިނިސްޓްރީ ހިންގަން ދިނީ ކަލާފާނު ސްކޫލުގެ ފުރަގަހަށް ހުންނަ، އެންއައިސީޓީގެ ބާ އިމާރާތް ކަމަށާއި އެތަނަކީ އޭރު މާރާމާތުނުކޮށް ބޭނުންނުކުރެވޭ ވަރަށް ވުރެ ހާލަތު ދަށްކޮށް ހުރި ތަނެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެތަން ހަވާލުކުރީ އެއްވެސް ވަރަކަށް އާބާތުރަ ނުފިލުވައި. ތެދަށް ދަންނަވާ ނަމަ ހުސް ހަތަރު ފާރު ހަވާލުކުރީ. މިނިސްޓަރުގެ ކޮޓަރި އެކަންޏެއް ނޫން، މުޅި އިމާރާތް މަރާމަތުކޮށް، އެތަނަށް ފަރުނީޗަރު ހޯދާއި ތަށިމުށި ޖަހާއި ފާހާނަ ވެސް ހަދަން ޖެހުނު. އެހެންވެ، ހަރަދުތަކެއް ހިނގީ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮޓިޑް ރިޕޯޓަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް ނެރެފައިވާ ސިޔާސީ ރިޕޯޓެކެވެ. މިނިސްޓަރަކަށް ހުންނެވި އިރު މާލިއްޔަތު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ އެ އިމާރާތުގެ ހުރިހާ މަރާމާތެއް ވެސް ކުރީ ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮތް އިހުތިޔާރު ޓްރާންސްޕޯޓާއި އެހެން ބައެއް މިނިސްޓްރީތައް ހިންގާ ގޮތަށް ބޮޑު އަގުގައި އިމާރާތެއް ކުއްޔަށް ހިފައިގެން ދިއުމުގެ ވެސް. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު، އެ ވާނީ ދައުލަތައް ބޮޑު ބުރައަކަށް. އެހެންވެ، އެގޮތް ހިޔާރުނުކޮށް އިމާރާތް މަރާމާތުކުރީ،" މަލީހު ވިދާޅުވި އެވެ.

"އެއީ 2020 ގައި ނެރެން ޖެހޭ އޮޑިޓް ރިޕޯޓެެއް. އެ ރިޕޯޓް މިހާ ލަހުން ނެރުނީމަ އޭގެ މަގުސަދު އޮޅޭ. އަޅުގަނޑު ދަންނަވާނީ އެއީ ހަމަ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެކޭ. ހަގީގަތް އޮތީ އޮޅުވާލައިފައި."

އޮޑިޓް ރިޕޯޓުގައި، ބޮޑު ހޭދައެއް މިނިސްޓަރުގެ ކޮޓަރި ހަދަން ހިނގި ކަމަށް އޮތް އިރު، މީގެ ކުރިން ވެސް އެ ކަމާ ގުޅުވައި މަލީހަށް ފާޑުކިއުން އަމާޒުކުރި އެވެ. އެ ކޮޓަރީގައި އިންނަވައި ބޭއްވެވި ބައްދަލުވުންތަކުގެ ފޮޓޯ އާއްމުވުމުން ބައެއް މީހުން ބުނެފައި ވަނީ މިނިސްޓަރު އިންނަވާ ކޮޓަރި އެމެރިކާގެ ރައީސްގެ އޮފީސް ކަމަށްވާ ވައިޓް ހައުސްގެ "އޯވަލް އޮފީސް" އާ އެއްގޮތަށް މަރާމާތުކޮށްފައިވާ ކަމަށެވެ.

އެ ކޮޓަރީގެ ފާރުގައި ވަރަށް އަގުބޮޑު ވޯލްޕޭޕަރު ހަރުކޮށްފައިވާއިރު، ވަރަށް އަގުބޮޑު އަދި ރީތި ޑިޒައިނެއްގެ ދޮރުފޮތި ވަނީ ހޯދައިފަ އެވެ. އޯވަލް އޮފީހުގެ ފާރުގައި ހުންނަ ގޮތަށް ބިމުން ފެށިގެން ދެ ފޫޓަށް ހުދުކުލައިގެ ވަކަރު ޕެނަލް ވެސް އެ ކޮޓަރީގައި ހަރުކޮށްފައިވެ އެވެ.

އެ ފާޑުކިޔުންތަކަށް އޭރު ވެސް މަލީހު ވިދާޅުވެފައި ވަނީ އެއީ ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން، ހުއްދަތައް ލިބިގެން ކުރި މަސައްކަތެއް ކަމަށެވެ.

މި ވެރިކަމުގައި ޖޭޕީ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަންކުރެއްވި މަލީހް މަގާމުން ވަކިކުރީ ޒިންމާ އަދާނުކުރައްވާ ކަމުގެ ތުހުމަތާ އެކު ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެންނެވެ. އޭނާ ހިންގެވި ވުޒާރާ ފަހުން ބަދަލުކުރެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށެވެ.

މަގާމުން ވަކިކުރެއްވީ އެއްވެސް ސަބަބެއް ނެތި ކަމަށް ސަރުކާރަށް ފާޑުވިދާޅުވުމަށް ފަހު މިހާރު ގެންދަވަނީ އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

12 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮބުޒާވަރު

24 March 2022

މި މިމިނިސްޓަރާއި ވެންޓިލޭޓަރު މިނިސްޓަރަކީ ވަރަށްބޮޑަށް އޮފީސް ރީތިކޮށްގެން އޮފީހުގައި ތިބެގެން ވަރަށް މޮޅެތި ކެމެރާއިން ސަޅިފޮޓޯނަގުވަަން ބޭނުންވާ މީޙުން. އެހެންވީމާ ތިކަން ތިހެން ހިގުމަކީ ވެދާނެކަމެއް.

The name is already taken The name is available. Register?

މަރޫބޭބެ

24 March 2022

ރާއްޖޭގެ ކަންކަން ރަނގަޅުވާނީ ދައުލަތުގެ މިނިވަން މުވައްސަސާތަކާއި، ކޮމިޝަންތަކުން ނެރޭ ރިޕޯޓަށް ދެކޮޅު ހަދައި އެއީ ފުލޯކު ވާހަކަތަކެއް ކަމަށް ހެދުން، ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ މީހުން ހުއްޓާލައި، ކުރާކުށަށް މޫނަކަށް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އެޅޭ ދުވަހަކުން. މިހާރު ފެންނަގޮތުން އޮޑިޓް އޮފީހެއް، އޭސީސީ އެއް، އެޗް.އާރު.އެމް.ސީ އެއް ބަހައްޓާނެ ކަމެއް ނެތް. މިއިން ތަނަކުން ރިޕޯޓެއް ނެރޭއިރަށް ބުހުތާން ދޮގޭ، ފަޅޮލޭ ބުނީމާ ނިމުނީ.

The name is already taken The name is available. Register?

އިބުރާ

24 March 2022

މަލީހު ތިޔަ ވިދާލުވާ އޮފީހުގެ ހާލަތު ބަލާލުމުގެ ފުރުސަތު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވާން އުޅުނު އިރު އަޅުގަނޑަށްވެސް ލިބުނު. މަލީހު "ހަތަރު ފާރޭ" ވިދާޅުވާއިރު އެތަނަކީ އޭރުވެސް މުޅި ދައުލަތުގެ އައިސީޓީ ބަލަހައްޓަމުން އައި އިދާރާ. ފަހުން މިނިސްޓްރީއެއްގެ ދަރަޖަ ލިބުނަކަސް އެއީ އޭރުވެސް ހަމަ ފުލީ ފަންކްޝަން ކުރަމުން އައި އިދާރާއެއް، އެތާނގައި ހަމަ ވެރިންނަށް އެކަށޭނެ ކެބިންތަކެއް ހުރި. ދެން މަލީހު ހިތްފުޅާ ނުވުމަކީ މުޅީން އެހެން ކަމެއް.

The name is already taken The name is available. Register?

މައުލޫމާތު

24 March 2022

މިހާ ވަރައް ފިނޭންސް މިނިސްޓަރުގެ އިހުމާލުތައް ފެންމަތިވާއިރުވެސް ކީއްވެތޯ މި ކަހަލަ ކަންކަމާ ފިނޭންސް މިނިސްޓަރާ ސުވަލު ނުކުރެވެނީ މަޖްލިހުން ވެސް؟؟ ފިނޭންސް މިނިސްޓަރުވެސް ޒިންމާކުރުވަން ޖެހޭއެތައް ކަމެއް ކުރިމަތިވެއްޖެ.

The name is already taken The name is available. Register?

އަމީރި

23 March 2022

އޯޑިޓުރިޕޯޓުގައި އެއްޗެއް ނެރެފިއްޔާ ސިޔާސީ ވެރިންނަށް މިވާގޮތެއްދޯ! ދައުލަތުގެފައިސާ ޚަރަދުކުރަންއޮންނަ އުސޫލުތަކާއި ޚިލާފަށް ޙަރަދުކުރާއިރު މިކުރެވެނީ ކޮންފަދަކަމެއްކަމެއް ހަނދާނެއްގަ ނުހުރެއެވެ. ހިތުހުރިގޮތަކަށް ޚަރަދުކޮށްފަ އޯޑިޓުކޮށް ރިޕޯޓުނެރުނީމަ ގޯސްމިވަނީ ކަމާނުބެހޭ ޕާޓީއެއް. ޕާޓީގެ މެންބަރުން މީނައާއި ދަޢުވާކުރަންވީ.

The name is already taken The name is available. Register?

އައްޑޫކޮއްޔާ

23 March 2022

އަސްލު ވާގޮތަކީ މަލީހަކީ ކުޅަދާނަ ގާބިލް ބޭފުޅެއް. އެކަމަކު މިސަރުކާރަށް މަޖްބޫރުވޭ ނާގާބިލް މީހުންގޮވައިގެން އުޅެން. މިސާލަކަށް ނަހުލާ، ޒާހިރު، ރިއްފަތު،

The name is already taken The name is available. Register?

މަރީނާ

23 March 2022

ތީ ވަރަށް ކިބުރުވެރި ބޮޑާ ފިރިހެނެއް. މީހާއަށް މީހާ ފެނިފަ އިންނަ މީހެއް. ވަރަށް ފޫހިވޭ

The name is already taken The name is available. Register?

ވިކިލީކުސް ޖުހާގެ ކިއްލާއިން

23 March 2022

ތިޔާތާކު ނެތީތޯ ޕްރޮކިއުމެންޓް ޔުނިޓް؟ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމި ނިންމުމުގައި މަލީހު ނުފޫޒު ފޯރުވިތޯ ވަކި ބަޔަކަށް މަސައްކަތް ދިނުމަށް. ހެކިވެސް ނެތް. އެހެންވީމަ އެބައުޅޭ އެބައުޅޭ ވާހަކަތަކާ ޑްރާމާތައް މިކިއްލާ ގަބޫލެއް ނުކުރޭ. މަލީހެއް ޖަމީލެއް ނަޝީދެއް ކިޔާނެ ކަމެއް ނެތް. ހައްތާވެސް ވެރީން!

The name is already taken The name is available. Register?

ހަސަން23432ދދ

23 March 2022

މިފަދަ ބޭފުޅުން މި ސަރުކާރައް ފާޑުކިޔާފަ ވާހަކަ ދައްކަނީ .. އަމިއްލަ މީހާ މިހުރީ މިނިސްޓްރީ ހިންގި އިރު ކޮއްލާފަ ހުރި ވަގު ކަންކަން .. ދެންވެސް މި ބޭފުޅާ ކިރިޔާ ކަމެއް ކޮއްލާ އިރައް ނޫހައް އަރާނެ މާ މޮޅު މީހަކައް ވެގެން .. ޔޫ އޮންލީ ހެޑް ވަން ޓާރސްކް .. އިންޓަނެޓް އަގުހެޔޮ ކުރަން އެކަމެއްވެސް ނުވި .. ބޮޑު ފެއިލިޔާއެއް ..

The name is already taken The name is available. Register?

ހުސް ވަގުންގެ ރާއްޖެ!

23 March 2022

އެންމެ 7 ލައްކަ؟ ހުނ ! އެންކަމެއްވެސް ނުވިއެއްނު!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454