"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީނދެވަޑައިގެން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
25 މާޗް 2022 - 17:41
މާލޭގައި "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވަން ފުލުހުން އިންޒާރު ދީފައި ވަނިކޮށް، އިިދިކޮޅު އިސްވެރިންނާއި ސަޕޯޓަރުން މިއަދު މުޒާހަރާ އަށް ނުކުމެއްޖެ އެވެ.
އެއްވުން ފެށުމުގެ ކުރިން މެންދުރު ފަހު 2:15 ހާއިރު ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދާ ދިމާލުން އެ މަގުގެ ދެކޮޅުން ވެހިކަލްތަކަށް ނުދަވެވޭ ގޮތަށް ބެރިކޭޑް ބަހައްޓައިފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ދަނީ އެތަނާއި އެ ސަރަހައްދާ ކައިރި އެހެން ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.
އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން މިއަދު އައިސްފައިވެ އެވެ.
ޕީޕީއެމުން މާލޭގައި ބާއްވާ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ބެރިކޭޑުތަކުގެ ފަހަތުގައި ތިބި ބަޔަކު ފުލުހުންނާ ވާހަކަދައްކަނީ.-- ފޮޓޯ: ޕީޕީއެމް
މުޒާހަރާ ފެށުމުގެ ކުރިން އެ ހަރަކާތް އޮންނަ ސަރަހައްދުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ފުލުހުންގެ ބަހެއް ނުލިބޭތީ އަދި ސާފުވާގޮތެއް ނުވެ އެވެ.
އެ އެއްވުމުގައި ބައިވެރިވާ އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމައްޗަށް ވެސް އެއްވެފައިވެ އެވެ. މަސްވެރިންގެ ޕާކު ކުރިމަތީގައި ތިބި ފުލުހުންގެ ސަފުގެ ކުރިމަތީގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ތިބީ އިށީނދެވަޑައިގެންނެވެ.
"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީންނަވައިގެން.-- ފޮޓޯ: މިހާރު
އެ އެއްވުމުގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވިޔަސް އަދި އެމަނިކުފާނު މުޒާހަރާއިން ނުފެނެ އެވެ.
ޔާމީން އިސްކޮށް ހުންނަވައި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ފަށައިގެން އުޅޭ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބޮޑު އެއްވުމެއް ބާއްވަން ރޭވުމުން ފުލުހުން މިދިޔަ ބުދަ ދުވަހު ބުނީ އެ އެއްވުން ނުބޭއްވޭނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންގޮސްފި ނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
އެ އެއްވުން ނުބާއްވަން ފުލުހުން އަންގާ ސަބަބެއް ކަމަށް އެ އިދާރާ އިން ބުނަނީ ރަށްރަށުން މީހުން ގެނެސްގެން ހަމަޖެހުން ނަގާލުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައި ވާތީ އެވެ.
ފުލުހުންގެ އެ ވާހަކަ އަށް ރައްދު ދެއްވައި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގަވާ ގޮތަކަށް ނޫނެވެ. ފުލުހުން އަމަލުތައް ބަަހައްޓަން ވާނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ފައިދާ އޮތީ މިވެރިކަން ނިންމައިގެން. މި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިގެން. ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާ ސިފައިން ބޭރުކުރަން. އަޅުގަނޑުމެންގެ މިނިވަންކަން ދިފާއުކުރަން،" އަދުރޭ ވިދާޅުވި އެވެ.
އިންޑިއާއިން އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވައިދެއްވަން ރައީސް މިއަދު ވަޑައިގަންނަވާއިރު، އެއީ ދިވެހި ތާރީހުގައި ވެސް އަންނާނެ އެންމެ ކަަޅު ދުވަހުގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.
"އިންޑިއާ އައުޓް" އެއްވުންތަކުގައި ޔަމީން ތަކުރާރުކޮށް ތުހުމަތުކުރައްވަމުން ގެންދަވަނީ، ޕީޕީއެމްގެ ވެރިކަން 2018 ގައި ބަދަލުކުރީ އިންޑިއާ އަޑީގައި އޮވެ ކަމަށާއި ރާއްޖެ އަށް ނުފޫޒު ފޯރުވައި އަޅުވެތިކުރަން މި ސަރުކާރުން ޖާގަ ދެނީ އެ ސަބަބާ ހެދި ކަމަށެވެ.
އެ ވާހަކަތަކުގެ ދިފާއުގައި ސަރުކާރުން ބުނަމުން އަންނަނީ އެއްވެސް ގައުމެއްގެ ނުފޫޒުގެ ދަށުގައި ރާއްޖެ ނުވާނެ ކަމަށާއި ދެމިއޮންނާނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ. މި ގައުމުގައި ތިބި އިންޑިއާގެ ސިފައިންނަކީ ޔާމީންގެ ވެރިކަމާ ހިސާބުން ވެސް ތިބި ބައެއް ކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް އެކަމުން ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތާ ގުޅިފައި އޮތީ، އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާތީ އެކަމާ ދެކޮޅު ހެދުމެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ "އިންޑިއާ އައުޓް" ހަރަކާތް މަސްތުވާތަކެއްޗާ ގުޅުވައި ފާޑުވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޔޓޤ
26 March 2022
އަދުރޭ ފަދަ މީހުން ތިޔަޕާޓީގައި ތިބޭތީ އަހަރެންގެ ވޯޓް ނުލިބެނީ...
މެސީ1
26 March 2022
ޔުކުރޭންއަށް ވުރެ ހާލަތު ގޯސް
mRNA vaccines
26 March 2022
ބޮޑު މީހާ އެއޮތީ ފިލާފަ. ވިސްނަނީ ކޮއްމެވެސް ދިމާލަކުން ލާރި ކޮޅެއް ނަގާފަ ސިންގަޕޫރުގެ އެކައުންޓަށް ޖަމާ ކުރަން
ދެރަ
25 March 2022
މިނޫން ނަމެއްގަ މިކަން ކުރަން ނޭގިގެންތަ މި އުޅެނީ، ޕާޓީއެއް ކަމަކުވެސް، އެހާ ކައިރިއޮތް އަވައްޓެރި ގައުމެއްގެނަން އެހެން އައުޓް ޖަހައިގެން ވީމަ ވަރަށް އެހެން ކަހަލަ ގޮތެއް އިހްސާސްވަނީ
މުންކޮ1
26 March 2022
ދެން މިގައުމު އިންޑިއާ ސިފައިންނާ ހަވާލު ކުރަންވީނު. ޗައިނާއިންވެސް ބުރިޖެއް އެޅި ސިފައިން ނުތިބޭ. މިސަރުކާރުން ބުރިޖުއަޅަން ވިސްނީވެސް އިންޑިއާ ސިފައިންގެ ލަޝްކަރު ރާއްޖޭގައި ރުކުރުވާލާފަ
ސާކިއްޓޭ
25 March 2022
5000 މީހުން ނިކުންނާނޭ ކިޔާ އަޑްއަރުވާފަ 500 މީހުންވެސް ހަމަ ނުވި ބަޔަކު ނޭވާހޮޅިއަށް އެޅޭނި ތިވަރަކަށް. އަދުރޭ ގާނޫނުގެ ވާހަކަ ދަށްކަން ލަދުކޮބާ?
އައުޓް
25 March 2022
ޗޮކުން ޗޮކުން
ބޯރޯ
25 March 2022
އެއްވެ އުޅުމުގެ މިނިވަންކަމޭ ކިޔާގެން ސިޔާމްމެން ވާހަކަ ދަށްކަން ލަދުނުގަނޭތަ.
ބުރުހާނުއްދީން ރައްބާނީ
25 March 2022
އިންޑިޔާ އަސްކަރިއްޔާ މިގައުމުން ފައިބާންޖެހޭ. އެކަން ވަރަށް ސާފު. އެހެންނަމަވެސް މިމީހުންގެ އެޖެންޑާވެސް ވަރަށް ނުބައި. ޔާމީނަށް މުޅިގައުމުގެ ބާރުވެރިކަންލިބި އިންޑިޔާ ސިފައިން ފައިބައިގެންދާށާބުނެ ނުދިއުމުން އެއްވެސް ޢަމަލީމަސައްކަތެއް ނުކުރި. އެދުވަހު އަދުރޭމެން ޔާމީނުމެން މުޒާހަރާއަށް ނުކުތްނަމަ ފުލުހުން ނުހުއްޓުވީސް. އޭގެބަދަލުގާ ފުލުހުންނާ ސިފައިން މުޒާހަރާގާ ބައިވެރިވެސްވީސްކަންނޭނގެ.
މޯޑޭ
25 March 2022
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގައި ގިނަބަޔަކު އެއްވެ ފިތިބާރުވެގެން ހިނގި ހާދިސާގައި 1005 މީހަކު ނިޔާވެ 6345 މީހަކަށް އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާދޭންފަށައަފި. ސޯރސް :ބުހުތާން ދޮގު)
ސަފޭ
25 March 2022
ހައްޖުބިމަށްތަ އެއްވީ ޔާނޫ