ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ނޭޗާ ޕާކް ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
29 މާޗް 2022 - 13:25
ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި އައްޑޫއާ ފުވައްމުލަކު ސިޓީ ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
އެ ދެ އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެއަށްފަހު އެ މަނިކުފާނު ވިދާޅުވީ ފުވައްމުލަކާއި އައްޑޫގެ ތަރައްގީއާ ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ފުވައްމުލަކަށެވެ. އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު އެ މަނިކުފާނު ވަނީ ފުވައްމުލަކުގެ ތަރައްގީއަށް ބޮޑު ވައުދުތަކެއް ވެވަޑައިގެންފަ އެވެ.
ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިކުރި ދަތުރުގައި ރައްޔިތުން ދެއްވި މެހެމާން ދާރީއަށް ޝުކުރު ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) March 29, 2022
މި ދެ ސިޓީގެ ތަރައްޤީއާއި ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ދެއްވި ޚިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން އަރުވަން.
އޭގެ ތެރޭގައި އެއާޕޯޓު ބޮޑުކުރުމާއި ހައުސިން ޔުނިޓު އެޅުމާއި މަގު ހެދުން އަދި ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައި ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަކުރުން ހިމެނެ އެވެ.
އައްޑުއަށް ވަޑައިގެން ރައީސް ވަނީ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވައިފަ އެވެ.
އެ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ބޭކާރު ހަރަދެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީގައި އައްޑޫ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވެސް، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.
"އަބަދުވެސް ދައްކާ ވާހަކައެއް، އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުވާނެ. އެއީ ހަގީގަތެއް. އެ ހަގީގަތުގެ މައްޗަށް ބުރަވެ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ. ރާއްޖެ ތަރައްގީކުރުމުގައި މި ވޭތުވެދިޔަ ތަނުގައި މި ސިޓީގެ ވަރަށް ގިނަ ބައެއްގެ ހިއްސާ ލިބިފައިވޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަން
30 March 2022
އުތުރަށް އޮތީ ކޮންކަމެއް ؟؟؟؟
އަލީ މޫސާ.
30 March 2022
ހޭވުނު ހަޑި ކުޑަވެގެންތަ އަދިވެސް ރައްޔިތުންގެ ޙިޔާލޭ ތިކިޔަނީ ؟
ބޮޑުމީހާ
29 March 2022
ރައްުޔިތުންގެ ޚިޔާލަށް ކަމެއްކުރަން ބޭނުންނަމަ މި ނޫހަށް ފޮނުވާ ކޮމެންޓްތައް ކިޔާބަލަ. އޭރުން މަދުވެގެން ހަފްތާއެއްގެ ތެރޭ ޔަގީން މަގާމުން އިސްތިއުފާ ދޭނަކަން
އަޖައިބެއް
29 March 2022
ވެރިކަމަށް އަންނަން ރައްޔިތުންކައިރިއަށްގޮސް ހޯދި ހިޔާލުތައް ހޮޅުއަށީގައި އިނދެ ފޮތެއްގައި ލިޔެ ފޮތްލައްޕާލީމަ ނިމުނީ. އަނެއްކާ އަނެއްް5 އަހަރަށް ހިޔާލުހޯދަން ދުއްވަނީ.
ސޭޑްސްޓޯރީ
29 March 2022
ރައްޔިތުންގެ ހިޔާލު ނުލިބިގެންތޯ މިގައުމު ތަރައްގީނުކޮށް މިއޮތީ. މާލޭ މަގެއް މަތިން ހިނގޭވަރެއް ނޫން. ކަންކަންމަތީ ކުނިކޮތަޅު. ކުނިވަސް މަގުމަތީ. ޢެކޮތަޅު ހާވަން ގުދުވެ އޮވޭ ކޮންމެވެސް ސޮރެއް. ދެން ފެންނަނީ ގޮސްސަ ޕާކުކޮށްފަ ހުންނަ ސައިކަލެއްމަތީ ނިދިޖެހިފަ ތިބޭ ޕާޓޭސް. މިއީތޯ ގައުމަކީ؟
އޮނަރަބްލް އަފީފު ދީދީ
29 March 2022
ތިކަމުގައި އިޙްލާސްތެރިކަން ހުރިނަމަ "ބައެއްކަހަލަ އެހީތެރިކަން ނުވަތަ ގެއްލުންނުވާގޮތަށް ސަބްސިޑައިޒްކޮށްގެން ކަމުގައިވިޔަސް" ބޮމްބޭ، ދިއްލީ ކޮޗިން ގޭން އާއި ގުޅާލުމަށާއި ޓްރާންސިޓް ހަބެއްގެގޮތުގައި ގޭން ޕްރޮމޯޓްކުރުމަށްޓަކާ ގޭން އޮސްޓްރޭލިއާ އަދި ގޭން މަޑަގަސްކަރައިގެ އިތުރުން ގޭން ސައުތުއެފްރިކާއަށް އިންޑިޔާގެ އެންމެ ބޮޑު ލޯކޮސްޓް އެއަރލައިން އިންޑިގޯގެ ޝެޑިއުލްދަތުރު (ހަފުތާއަކު 2 ފްލައިޓް) ހަމަޖައްސާދޭތޯ އިންޑިޔާސަރުކާރުގައި އެދެންވީ ނޫންތޯ.
އިންތި.
29 March 2022
އަބަދު އިންޑިޔާ މިކިޔަނީ ކީއްވެގެން ؟ ބަލަ ތިޔަބުނާ މަންޒިލް ތަކަށް އުދުހޭނެ ބޯޓުތައް ޤައުމީ އެއަރލައިން ކުންފުނި މޯލްޑިވިއަންގައިވެސް އެބަހުރި. ސަބްސިޑައިޒު ކޮށްފިނަމަ އެމީހުންވެސް ގަމުން ސައުތުއެފްރިކާ އަށާއި މަޑަގަސްކަރަ އަދި އޮސްޓްރޭލިއާ އަށް ދަތުރު ކޮށްދީފާނެ.
އޮނަރަބްލް އަފީފު ދީދީ
29 March 2022
ހަށިގަނޑުގެ ތެރޭގައި ހުއްޓިފައިއޮތް ހިތެއް އޮތަސް އިންސާނާއަށް ދިރުމެއްނުލިބޭނެ. އައްޑޫމީހުން އަބަދުވެސް ޤަބޫލު ކުރަނީ "އައްޑޫ މީހުންގެ ހިތަކީ ގޭންއެއަރޕޯޓް" ކަމަށް ކަމުގައި ވާއިރު އައްޑޫގެ ތަރައްޤީ ފެށޭ ހިސާބަކީ އެއީ. # ތަރައްޤީގެ ގޮތުގައި ރައީސް އައްޑޫގައި ޖަހާ ވެލިފުންޏާއި އަޅާ ފުޓްސަލް ދަނޑާއި، ހަދާ ޕާރކް ތަކުގެ ބަދަލުގައި ފުރަތަމަ ގޭންއެއަރޕޯޓް ފުލްފުލޭޖްގައި އޮޕަރޭޝަނަށްގެނެސް އިކްއިޓޯރިއަލް ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްްދެއްވަންވީ ނޫންތޯ.
މާލޭ މީހެއް.
29 March 2022
ފުރަތަމަ ކަލޭމެން އެއްގަލަކަށް އަރައިގެން ތިޔަބުނާ ކަންކަން ކުރެވޭނީ. އައްޑުއާއި ހުވަދޫގައި ބައިނަލް އަޤުވާމީ 2 އެއަރޕޯޓު ހިންގުމަކީ ކުރެވޭނެ ކަމެއްނޫން. މިހާރުވެސް ދަތުރު ފެއްޓޭގޮތަށް ގަން އެއަރޕޯޓް އޮތްކަމުގައިވިޔަސް މަޖިލީހާއި ސަރުކާރުގައި ތިބި ހުވަދޫ މީހުން ބޭނުންވަނީ ގަމުގެ ބަދަލުގައި ހުވަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓް ހަދަން. ދެން ރައީސް ސޯލިޛް ކިހިނެއް މިކަން ކުރާނީ ؟؟
އޮނަރަބްލް އަފީފު ދީދީ
29 March 2022
ވޭތުވެދިޔަ 60 އަހަރުން ވީރާނާކޮށް، ރައްޔިތުނަށް ދަތިހާލަތްމެދުވެރިކޮށް ވަޒަންދޫކޮށް ކ.އަތޮޅު މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރި އައްޑޫސިޓީ އަލުން އާބާދުކޮށް އިޤްތިސޯދެއް ޤާއިމްކޮށްދެއްވަން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވެރިޔާ ކުރެއްވެވި މަސައްކަތަށް މާލޭގެ ބޮޑުންނާއި އަދި ރައީސް ނަޝީދުގެ އަމިއްލަފުޅު ވަޒީރުންނާއި އެމްޑީޕީގެ ލީޑަރޝިޕްގައި އިސްކޮށްތިއްބެވި ފަރާތްތަކުން އެޅި ހުރަސް އިގޭ މީހެއްގެ ޙައިސީއްޔަތުން މިބުނަނީ ސޯލިޙަކަށް ތިކަން ނުކުރެވޭނެ.
ރާއްޖެ
29 March 2022
ތަރައްގީ ވެއްޖެ ކަމަށް ބަލާފަ އިސްތިއުފާ ދީބަލަ.
އިބްރ
29 March 2022
މި ރައީސަށް ތަންތަން ތަރައްޤީކުރެވޭނީ ޚިޔާލުން އެކަނި. ޙިކްމަތެއްނެތް މީހަކަށް ޢަމަލީގޮތުން ކޮންތަރައްޤީއެއްތޯ ގެނެވޭނީ؟ އިންޑިއާގެ ދަށަށް ރާއްޖެ ސޮއްސާލައިގެން މިދަނީވެސް މީނަގެ ބުއްދީގައި ކަމެއްނެތީމައެވެ.