13 އެޕްރީލް 2022 - 13:08
ސިއްހީ ބައެއް ހިދުމަތް ހޯދަން އާސަންދަ ނުލިބޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ސަލީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތު އޮންނަ ގޮތުން ސިއްހީ މުހިންމު ކަންކަމުގައި އެ ނިޒާމުގެ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ހެލްތު މިނިސްޓަރަށް އޭނާ ދޫކޮށްލެއްވި ސުވާލަކީ އެ ސިޔާސަތު މުރާޖައާ ކުރަން ވިސްނަވަންތޯ އެވެ.
އޭގެ ޖަވާބުގައި ނަސީމް ވިދާޅުވީ، އާސަންދަ ލިބެން ޖެހޭ އެތައް ކަމެއްގައި އެ އެހީ ނުލިބޭ ކަމަށާއި އެހެންކަމުން އާސަންދައިގެ ސިޔާސަތު މުރާއަޖާ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މި ކަންކަމަށް ބަލާފައި އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ގޮތަށް ގެންނަން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާސަންދައިގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން ހިމެނޭ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަ އެބަހުރި ކަމަށެވެ. އަދި ވައްކަން ފަދަ ކަންކަން ވެސް ހުރެދާނެ ކަމަށާއި އެ އޮތް ވަރު ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"[އާސަންދަގެ] ކަންކަން ތަރުތީބު ކުރެވިފައި ހުންނަ ގޮތުން އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރި. ޔަގީން ކުރައްވާ އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން،" ނަސީމް ވިދާޅުވި އެވެ.
އާސަންދަ އަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 730 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހާ ހަމައަށް އާސަންދައިގެ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
14 April 2022
އާސަންދަލިބުނަސް އައިޖީއެމްއެޗުން ޑޮކްޓަރުންގެ ނަންބަރު ނިލިބެންޏާ އާސަންދަގެބޭނުމެއްވެސް ކޮބާ؟މިކަމާ ކަންބޮޑުވެގެން ހެލްތް މިނިސްޓްރީ އަށް ގުޅީމާ ބުނީ، އައިޖީއެމް އެޗު ހިންގަނީ ހެލްތް މިނިސްޓްރީ އަކުންނެއް ނޫނޯ، ތިމަންނަމެންނަށް ކޮށްދެވެނޭނެ ކަމެއްނެތޭ، އާސަންދައިންބުނީ ތިމަންނަމެންގެ ކަމެއްނޫނޭ، ދެން މިކަމުގައި ޒިންމާނަގާނެ ބަޔަކު ނުވި
ދިރާސ
14 April 2022
ރާއްޖެއިން ބޭރުން ފަރުވާ ކުރާ މީހުންނަށް އާސަންދައިން ފައިނަލް ބިލް ގެ ގޮތުގައި ފޮނުވާ ބިލަކީ ކޮންތާކުން ތާއްޔާރުކުރި ކޮންތަނެއްގެ ބިލެއް ކަމެއް ނޭނގެ ، ލެޓަރ ހެޑެއް ، ތާރީހެއް ، ގަޑިއެއް ، ތައްޔާރު ކުރި މީހެއް ، ބިލް ނަންބަރެއް ، ސޮޔެއް ނޯވޭ. މައްސަލައެއް ޖެހޭ ދުވަހު ކާކު އެބަލައިގަންނަނީ.. ؟ މީ ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންގެ ބަލިފައި ބޭނުންކޮށްގެން ބަޔަކު މުއްސަދި ވަނީ.. މީ އެއްވެސް މީހަކު ދައްކާ ވާހަކައެއްވެސް ނޫން..
އަހުމަދު އަލީ
14 April 2022
ކޮބައިތޯ 60 ރުފިޔާ އަށް ވިޓަމިން ސީ ގުޅަ ވިއްކި މައްސަލަ. މީ ސީދާ ޖަރީމާ. މިވާހަކަ ދައްކާ ބަޔަކު އުޅޭތޯ
އަހުމަދު ނޮޓް ފުލް ނޭމް
14 April 2022
އަހަރެން އައި ސީ ޔޫގަ ބައްވައިން ފަރުވާ ދިން އިރު 24 ހާސް ބިލަށް އެރި. އާސަންދަ ލިބުނީ 4 ހާސް. ދެން ކޮން ބަޔަކަށް މިހާ ފައިސާ އެއް މި ޚަރަދު ކުރަނީ. މީ އަހަރެންގެ 47 އަހަރުގެ ހަޔާތުގަ މިކަހަލަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރު . ﷲ އަށް ހަމްދު ކުރަން މިކަމުން ސަލާމަތް ކުރެއްވި ކަމައްޓަކައި.
ތަކުރާރު.
14 April 2022
ބޭރުގެ ބައެއް ހޮސްޕިޓަލްތަކާއި އާސަންދަ އާއި ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގާ ވާހަކަ ދެކެވޭ. ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ބިލެއް ނުދޭ. ޚަރަދުވީ ކިހާވަރެއް ކަމެއް ބަލިމީހާގެ ޢާއިލާއަކަށް ނޭނގެ. ދިހަ ހާސް ޚަރަދުވާ ކަމަށް ބުނާއިރު އޭގެ ދިހަ ގުނަ އެބަނަގާ އާސަންދައިން. އެކަމާ އާސަންދަ އޮފީހާ ސުވާލުކޮށްފިއްޔާ ބުނަނީ ބިލް ރަނގަޅުކަމަށް. މިވާގޮތަކީ ބޭރުގެ ހޮސްޕިޓަލަށް ބައެއް، އާސަންދަ ސްޓާފަށް ބައެއް އަޅާކަމަށް ބުނެވެނީ
އޮނަރަބްލް އަފީފު ދީދީ
13 April 2022
އާސަންދަ އެކަންޏެއްނޫން. ދައުލަތުގެ މުޅިނިޒާމްރާވާ ސިޔާސަތުކަޑައަޅާ ތަންފީޒުކުރަނީ ދައުލަތާއި އާންމުރައްޔިތުމީހާވެސް ޙަރަދުކުރާ ކޮންމެ 100ރ އަކުން 85ރ ކ.އަތޮޅުމާލޭގެ ބިންވެރިންނަށްލިބޭގޮތަށް. # މިސާލަކަށް އާސަންދައެހީގައި އިންޑިޔާގެ ކޮޗިން، ބެންގަލޯރަށް ފޮނުވަންޖެހޭމީހާ އައްޑޫންފުރައިގެން ކ.އަތޮޅުމާލެއަށް ދާންޖެހެހެނީ ކީއްވެ؟! މިކަމަށް އޭނާގެޖީބުން އެތައްހާސް ޙަރަދުވޭ. ކީއްވެ ސްރީލަންކަން އެއަރލައިންސްގަ އައްޑޫއިން އިންޑިޔާއަށް ފޮނުވާ ނުދޭންވީ!؟
އަހުން.
13 April 2022
މަށަކަށް ނޭގޭ ނަސީމްބެ ތިދައްކާ ވާހަކައެއް. ބަލަ ސަރުކާރާއި މަޖިލިސް އޮތީ ބޭބެ މެން އަތަކު ނޫންތަ ؟
އޮނަރަބްލް އަފީފު ދީދީ
13 April 2022
ރާއްޖޭގައި ހިންގާ ބޭރުގެކުންފުނިތަކާއި، އެއަރލައިން، ހުރިހާ ރިސޯޓް، ބެންކް، ކޮމިއުނިކޭޝަން ދާއިރާގެ ކުންފުނިތަކާއި، ފްރަންޗައިޒް ފޫޑް، އަދި ކޮކަކޯލާ ފަދަ ކުންފުނިތަކާއި ދިވެހި ކުންފުނިތަކުގެ ތެރެއިންވެސް 10 މިލިޔަން ޑޮލަރަށްވުރެން އިންވެސްޓްމަންޓް ބޮޑު ދައުލަތާއި ޕްރައިވެޓް ކުންފުނިތަކުގެ ހުރިހާ މުވައްޒިފުންވެސް 50 ހާސް ޑޮލަރަށްވުރެން ކުޑަނޫން އިންޝްއަރަންސް ސްކީމެއްގައި ބައިވެރިކޮށް މި ސްކީމް ހުސްވުމުން ނޫނީ އާސަންދަ ބޭނުން ނުކުރެވޭގޮތް ހަދާ.
އޮނަރަބްލް އަފީފު ދީދީ
13 April 2022
ބައެއްކަހަލަ ބަލިތަކަށް ނިކަމެތި ބައެއް ފަރާތް ތަކަށް އާސަންދި ލިބުމުގައި ދަތިތަކެއްވެސް އެބަހުރި. އެކަމަކު އެއަށްވުރެން ބޮޑު މައްސަލައަކީ އާސަންދައިގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި، އޭގެ ތެރެއިން ކުރާ ވައްކަމާއި އިސްރާފު. # ސަރުކާރު ހިންގާންތިބޭމީހުން ތިމަންނާމެނަކީ ރައްޔިތުނަށް މާހެޔޮއެދޭބައެއްކަން ދައްކަން ދައުލަތުގެ ޙަޒާނާ ހިތުހުރިގޮތަށް ހޭދަކުރުމުގެ ބާރު އޮތްކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް ވިސްނާލާނަމަ މިހެން ނުވާނެ.
މިއަދު
13 April 2022
ވައްކަމަށް ތާއިދުނުކުރެއްވިއަސް ރާއްޖެއަށް ކުލީސިފައިން ގެނައުމަށް ތާއިދުކުރައްވާނަންތޯ?