ޅައިމަގު އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: އެ ރަށު އަންހެނެއްގެ ގަޔަށް މިއަދު ވަނީ ކެމިކަލް ޖަހާފައި-- ފޮޓޯ: ފޭސްބުކް
24 ޑިސެމްބަރ 2016 - 12:21
ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖަހައިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް މިއަދު ވިދާޅުވީ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން އޭނާގެ ލޮލުން ދިލަ ނަގާ ވަރުން އެއްގޮތަކަށް ވެސް ލޯ ނުހުޅުވޭ ކަމަށެވެ. އަދި މޫނުމަތި ވެސް ކަޅުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާއަށް ފަރުވާ ދޭން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނެވެ.
އަބްދުލްޣަނީ ވިދާޅުވީ އުމުރުން 50 ހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް އޭނާ ބުނާ ކަމަށެވެ.
"ހަލީމާ ދޮރު ހުޅުވާލުމާ އެކު އޭނާގެ މޫނަށް ކެމިކަލް ޖަހާފައި ފިލީ ކަމަށް އޭނާ ބުނަނީ. ގޭތެރެއަށް ވެސް އެ ކެމިކަލް އެޅިފައި ހުރި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނު ނަމަވެސް ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވެފައި ހުރުމުން އެއީ ބާރުގަދަ އެއްޗެއްކަން އެނގޭ ކަމަށެވެ.
ފުލުހުން ވެސް މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަބްދުލްޣަނީ ވިދާޅުވީ ކެމިކަލް ޖެހީ ކާކުކަން ހަލީމާއަށް އެނގޭ ކަމަށް އޭނާ ބުނާ ކަމަށެވެ. އެކަމަކު "މަރާލަފާނެ ކަމުގެ ބިރަށް އެމީހާގެ ނަން ބުނަން ނުކެރޭނެ ކަމަށް" ހަލީމާ ބުނާ ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވި އެވެ.
"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ސިޔާސީ މާ ބޮޑު ދެކޮޅުވެރިކަމެއް ރަށުގައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.
ހަލީމާއަށް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލާ ގުޅޭ ގޮތުން އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް ޅައިމަގު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
26 December 2016
ކަޑައެއްނު
ިއާކުޅި
25 December 2016
ތިފެށުނީ އާކުޅިއެއް، މޯޑިސް ޕާކިސްތާން އަފްއާނިސްތާނާ ވާދަކުރާނެ ތިކަމުގަވެސް. ފުޓުބޯޅައެއްވުރެ ގިނަ ކާމިޔާބީ ހޯދާނެ ތިކަމުން
ހަމަކުރިއަށް
25 December 2016
ތިވާހަކަތައް ޚަބަރުގަ ޖެހިއެކޭ ކިޔާފަ ތިކަހަލަ ކަންތައްތައް ހުއްޓޭ ތަނެއް ނާދޭ
ނުރަބޯ
24 December 2016
ވަގުތުން ސާފުފެނުން ގިނައިރުވަންދެން ލޯ ދޮވުނުނަމަ ގެއްލުން ކުޑަވީސް.....!!
ޖަޔާލަލީތާ
24 December 2016
މި ގައުމުގެ ފުލުހުންނަކީ މިހާރު ހަމައެކަނި މަގުމަތީގައި ހުންނަ ފުޅަނދުތަކުގައި ސްޓިކާ ޖަހައިގެން ދައުލަތުގެ ޚަޒާނާ ބޮޑުކުރަން އުޅުއްވާ ބައެކޭ ހީވާ ކަހަލައެވެ.
އަލީ
25 December 2016
އެކަމަކު ކްރިސްމަސް އޭ ބުނާއަޑު އިވުނަސް ގައުމައް ހީވާނީ ތޫފާނެއް އައިހެން. ފުލުހުން ހައްޔަރު ކުރާނެ އެހިސާބުގަޑު އެންމެންވެސް. މިހިރީ ދިވެހިންގެ ފެންވަރު! އިސްފަސް އޮޅިފަ! ޕާކިސްތާނު ހެދިފަ، އެސިޑް ޖަހަން އެފެށީ!!
އަހްމަދު އިލްހާމް
24 December 2016
މި ހިނގި ހާދިސާއަށް ސަޕޯޓް ކުރަނީކީ ނޫން. ނަމަވެސް މިކަމަށް ފިޔަވަޅު އެޅޭނެހެނެއް ހިއެއްނުވޭ. އެހެން ނޫންނަމަ އަފްރާޝީމް އަވަހާރަކޮށްލި "ޓީމަށް" އަދަބު ދެވުނީސް. ރިޟްވާނު ކާރަށް އެރުވި މީހުންނަށް އަދަބު ދެވުނީސް. ދަޢުލަތުގެ އެކި މުއައްޞަސާތަކުން އެތަކެއް މިލިއަން "ކަޓުވާލާ" މީހުންނަށް އަދަބު ދެވުނީސް. އެހެންނޫނަސް މި ރާއްޖޭގައި މިފަދަ ކެމިކަލްތައް ޓެސްޓް ކުރާނެ ވަރުގެ ލަޔާޤަތެއް ވެސް ހުރިހެނެއް ހިއެއް ނުވޭ. އެފްބީއައި އަށް ފޮނުވި ނަމަވެސް ނިންމުން ނިންމާނީ "ދިވެހި ޚާއިނުން".
ކަޅުސޮރު
24 December 2016
މިޤަރުނުގަވެސް ރާއްޖޭގައި ކުރިއެންމެ ފިނޑި ކަންތައްމީ..އެކަން ކުރީ ފިރިހެނެއްނަމަ އޭނައެއީ ފިރިހެނެކޭވެސް ބުނަން ލަދުގަނޭ...
ދޮންސޮރު
26 December 2016
ދޮގެއްވާ ނޫން!!!
ޝަމްޝަދު
24 December 2016
ތިމީހަކު ހޯދާފައި އޭނަ ކަންކުރިގޮތަށް ތިމީހަކާމެދު ކަންކުރަންޖެހޭ. އިންޑިޔާ ތަންތާގައި މިއޮންނަ މިފަދަ އާދަތައް ދިރުވިގެން ނުވާނެ. މިކަން ދިރުވިޔަ ނުދިނުމަށް އެކުރިގޮތަކަށް އެކަމެއް ކުރުން ބޭނުން.
ކާމިލު
24 December 2016
ޅައިމަގަކީ ކުށުގެ ރެކޯރޑު އެންމެ މަތި އެއްރަށް. އެތައް ހާސް ވަގު ޑޮލަރާއެކު އެރަށު ޒުވާނަކު ހައްޔަރު ކުރި. ޝީޝާގެ އަށާރަ މިލިއަން ރުފިޔާގެ މައްސަލާގައި ޅައިމަގު ދެ ޒުވާނަކު ހައްޔަރު ކުރި. ޖިހާދަށްކަމަށްބުނެ ޕާކިސްތާނަށްދިޔަ އެރަށު މީހަކު ހައްޔަރުކުރި. އަދި މުޅި އަތޮޅުންވެސ ޑްރަގްގެ މައްސަލަ އެންމެ ބޮޑު ރަށަކީ އެރަށް. ވީމާ އެކަަން ހައްލު ކުރުމަށް ސަރުކާރުން އެރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުން ވަރަށް މުހިންމުވެއްޖެ
ފާތުމަ
24 December 2016
ރަށު އޮފީސް، އިނޖީނުގެ، ސިއްހީ މަރުކަޒު ފަދަ ތަންހަނުގެ ތިޖޫރީވެސް ވަރައް ގިނައިން ގެއްލޭ. ގިނަ ޒުވާނުން ތިބޭނީ މަސްތުވެފަ
ޕަނިޝްމެންޓް
24 December 2016
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެމިކަލް މިޖެހީ މީހެއްގެ މޫނަށް. މިކަން އާންމު ނުވަނީސް މިކަކަށް ހަރުކަށި އަދަބުދޭނެ ގާނޫނެއް ހަދަންވީއެވެ. އެގޮތުން ހެދޭ ގާނޫނު ގައި ބަޔާން ކުރަން ޖެހޭނެ އެގޮތުން އެކުށް ކުރާމީހުންގެ ހުރިހާ މުދަލަކާއި އަދި ގެދޮރާއި އަދި އެމީހެއްގެ އެކައުންޓް ގައި ހުރިއްޔާ ހުރި ހުރިހާ ފައިސާ އެއް ޖެހޭނީ އެމީހަކު ކެމިކަލް ޖެހި މީހާ އަށް ހިބައިން ދޭން އެވެ. ގާނޫނަކުން މިގޮތަށް ކަނޑައަޅަންވީއެވެ. އަދި މިފަދަ އަމަލު ހިންގާ އެއްވެސް މީހަކަށް ރައީސް އަށް ވެސް މާފު ނުދެވޭނެ ކަމަށް ވެސް ގާނޫނު ގައި ކަނޑައަޅަންވާނެއެވެ. މިފަދަ މީހަކު ހުކުމް ކުރަން ޖެހޭނީ ވެސް 4 ފޫޓް 4 ފޫޓް ގެ ސެލް އެއް ގައި 50 އަހަރު ބައިންދާ ގޮތަށެވެ. އެއިރުން އިންސާނިއްޔަތާއި ޚިލާފު އަމަލު ތައް ކުރާ މީހުން އެފަދަ ކަންކަމާއި ދުރު ވާނީ.
އަލީ
24 December 2016
މިއީ އަފްގާން އަދި ޕާކިސްތާން ގެ އުފެއްދުމެއް. އަދިވެސް އެތަނަތަނައް ކިޔަވަން ކޯސްދީ... ހެޔޮނުވާނެ ދިވެހި ޖީލް ހަލާުކުރާކައް!!!!