ޑްރަގާއެކު ފުލުހުން ހައްޔަރުކުރި ފުލުސް އޮފިސަރު.-- ފޮޓޯ: ޕޮލިސް
06 ސެޕްޓެމްބަރ 2025 - 20:22
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން މިރޭ ބުނީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32، ގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި ޝިޔާޒާއާ އެކު، އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ.
ޝިޔާޒާ ދިޔައީ އެ މީހާއާ އެކު، މަސްތުވާތަކެތި ބަލައި ކަމަށާއި ހައްޔަރުކޮށް ޓެސްޓުކުރި އިރު އެ ދެ މީހުން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގަ އެވެ.
ޝިޔާޒާގެ ދަބަހުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ފުލުހުން ކުރިން ކޯޓުގައި ބުނެފައިވެ އެވެ. އެ މަސްތުވާތަކެތީގެ ބަރުދަން ދެ ގްރާމަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަންނަން ފީރު
08 September 2025
އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީއަށް ވަންނަމާ. ނޫނީ މަޖިލީހަށް ކުރިމަތިލަމާ؟
މުކި
08 September 2025
ސިފައިންގެއިން ކަނޑާލީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބަލާފަ.. އެއަށްފަހު އެ ގުޅުނީ ފުލުހުންގެ ހިދުމަތާ ހަކުރު ވިއްކަން ކީކޭ ދެންބުނާނީ.. އެކަމް ބުނާނެ ބެކްރައުންޑް ބަލަމޭ...
ސަންގައްޕާ
07 September 2025
ނަޒާހަތްތެރިކަމާއި ޔުނިފޯމު ހިދުމަތްތެރިކަން މެކުހަށް. އަނެއްކޮޅުން ދިވެހި އަންހެނުން ފިރިހެނުންނަށް ވަކި ދުލެއްނުދޭނެކަމުގެ ސާބިތުކަން. ގައުމުގެ ޒީނަތްތެރިކަން ފީވެ ދަބަރަށް ވެގެން ދާތަން މިފެންނަނީ.
ކޮރަލް
07 September 2025
ކޮންމެ ކަމަކަށް ވެސް މިއޮންނަނީ ވަޒީފާއިން ވަކި ކުރުމެވެ. ނޫނީ ޕްރޮމޯޝަން ނޫނީ ޑިޕާޓް މަންޓް ބަދަލު ކުރުމެވެ. ނޫނީ ސަސްޕެންޑް ކުރުމެވެ. 20 މިލިއަން ގެ ފައިސާ ވަގަށް ނެގިއަސް މިގޮތެވެ. ހުވާ ކޮށް ޑްރަގް ގަނެ ވިއްކިއަސް ހަމަ އެއް ގޮތެކެވެ.
ޚިޔާލެއް
07 September 2025
ޤާނޫނު ނަގަހައްޓަން ތިބޭ އިދާރާތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ޑްރަގް ޓެސްޓެއް ހައްދަން އެބަޖެހޭ.
ފަހުދު.
06 September 2025
ހުވާ ކުރިތޯ ބަލައްޗޭ
އަފްރާސިޔާބު
06 September 2025
އަންހެނުންނަށް މިސަރުކާރުން އިސްކަންދެންޏާ އޭނާގެ ވަޒީފާނުގެއްލޭނެ. އިތުރު ކުރިއެރުމެއް ލިބޭނީ. އެއީ ގައުމީ އުފެއްދުންތައް ޕްރޮމޯޓް ކުރާތީ.
ވޯލް
06 September 2025
ފުލުހަކު ޑްރަގްއާ އެކި ހައްޔަރު ކުރާ ހަސާބުންވެސް ވަޒީފާ އިން ވަކިވެފަ ނޫންތަ ހުންނަންވާނީ.
އިންސާފުން
06 September 2025
ދުވަސް ކޮޅަކުން އޭނަ ކޯޓައް ގޮސް ހުކުމް ކުރާނެ ވަޒީފާ އަނބުރާ ދީ އަދި ބަދަލެއްގެ ގޮތުން މިލިއަން ރުފިޔާ ދޭން
ހުވޭ
06 September 2025
އަނެއްކާ ހުވާކޮށްގެންތަ ތިމަންޖެ ހުރީ؟