ކްރައިމް ސީނެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ: މާލޭގައި މިރޭ ވަނީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައި -- ފޮޓޯ/މިހާރު
16 އެޕްރީލް 2022 - 21:19
މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މިރޭ މާރާމާރީ ހިންގައި، އެކަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭ ސޯސަންމަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އުމުރުން 37 އަހަރުގެ ބިދޭސީއަކު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ބިދޭސީންތަކެއްްގެ މެދުގައި މާރާމާރީ ހިންގިއިރު، މިއަދު ހަވީރު ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓެއްގައި ޕާކިސްތާނުގެ މީހަކާއި ބަންގްލަދޭޝްގެ މީހަކާ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ވަނީ މަރާލައިފަ އެވެ. އެ މާރާމާރީގައި ވަޅިން ދިން ހަމަލައިގައި މަރުވީ ބަންގަލްދޭޝްގެ މީހާ އެވެ.
އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ ޕާކިސްތާނު މީހާ ފިލާފައިވާއިރު، އޭނާ ހޯދުމުގެ މަަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
17 April 2022
ހަމަލާތަކުގެ ދުވަހެއް.
ޖަމްލާ
17 April 2022
ދިވެހި ގިނަ އާއިލާ ތަކުން ކުރާ ކަމަކީ ބޮޑެތި ދަރިން ނިދަން މެންދުރުވަންދެން ބާއްވާފަ، ދަރިންނަށް މާލީ ރަނގަޅު ދިރިއުޅުމެއް ހޯދާދިނުމަށް އޮފީހުގަ ނޫނީ މަސައްކަތުގަ މުޅު ދުވަސް އަދި ރޭގަނޑު އުޅެފަ، ބިދޭސީ ކައްކާ މީހަކާ، ދަރިން ބަލާމީހަކާ، ކާރުދުއްވާ މީހަކާ، ފޮޅާ ސާފުކުރާ ބިދޭސީ މީހަކު ހޯދަނީ! ދެން އެންމެން އެމެން ބިދޭސީން ގިނަވެގެން ޝަކުވާ ކުރަނީ! ލޮލް! ހަރުދަނާ ވެރިން ނެތް ތަނެއްގައިވާނެ ކަންކަން މިފެންނަނީ!
އަހައްމަދޫ
17 April 2022
އަދިވެސް މިމީހުން މަދުކުރާކަށް ނުވިސްނޭތަ ، ނޫޅޭތަ. ހަމަ ހެވިދިލިފަ އެތެރެ ކުރާވަރުން އެތެރެ ކުރަނީ. ކޮވިޑުދުވަސް ކޮޅު އުޅުނު މ،ަދުކުރަން ނަމެއްގަ، އެކަމަކު އެއްވެސް އިހުލާސް ތެރިކަމެއްނެތް.
ފަހުދު
17 April 2022
އިބުރާހިމް ވެސް ދެން ވެއްޖެއެންނު ތިޔަ ރުއިން ހުއްޓާލާފަ ގައުމު ހިންގޭތޯ ބަލަން
އޮނަރަބްލް އަފީފު ދީދީ
16 April 2022
އެކުވެރި އިންޑިޔާގެ އެހީތެރިކަމުގައި މިސިޓީގައި އިމާރާތްކޮށްދިން އައްޑޫ ޕޮލިސް އެކެޑަމީގައިހުރި "National Collage of Policing and Law Enforcement." ގައި އަވަހަށް ފުލުހުންނާއި ދިވެހި ފުލުހުންގެހިދުމަތަށް ޝައުޤުވެރިވާ ސްކޫލްތަކުގެ ގުރޭޓް 10-8 ހިމެނޭކުދިންނަށް ފުރުސަތުދީގެން ކޯސްތައް ހިންގާ ޙަޤީގީ މާނައިގެ ފުލުހުންގެ ހިދުމަތް ރައްޔިތުނަށް ދިނުން އަވަސް ކުރަންޖެހޭ. މިހާރު އެ ޒިންމާ ނަގަނީ މަގުމަތީގައި ބަހައްޓާ ޕްލާސްޓިކް ބެރިކޭޑާއި ޓްރެފިކް ކޯނުތައް.
ޑިސްއޮނަރަބަލް ޑީޑީ
16 April 2022
ގައުމު މިއޮތީ ބޮއްސުންލަަފާ. އެކަކަށްވެސް އަމާންކަމެއްނެތް. އެކަމަކު ވެރިން ބޭރުތެރޭގާ ހިންގާލަނީ. ބޭރުތެރޭގާ ހިންގުމަށް ދިވެހިބަހުންކިޔަނީ ބޭރަށްހިންގުން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
16 April 2022
ނަންވާނީ ބަނގުލަދޭޝްމީހުން. އެކަމަކު ޕާކިސްތާނުމީހުންނާ ފިލިޕީންސްމީހުންވެސް މީހުން ހަމަ މަރަނީ.
އޮނަރަބްލް އަފީފު ދީދީ
16 April 2022
ރާއްޖޭގެ ވާރކްވީސާ އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އިންޑިޔާ، ލަންކާމީހުނަށް ފިޔަވާ އެހެންޤައުމުތަކުގެމީހުނަށް އާންމުކޮށް އޮންނައުސޫލަށްވުރެން "ހަރުދަނާ" (ހަރުކަށި ބޭނުން ނުކޮށް ހަރުދަނާ ބޭނުންކުރީ މިކަމަކީ ހަރުކަށި ކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅެއްކަމަށް ޤަބޫލުނުކުރާތީ) އުސޫލުތަކެއް ކަޑައަޅަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
16 April 2022
މިފަދަބިދޭސިންގެސަބަބުން ފަތުރުވެރިކަމުގެވިޔަފާރިއަށް ގެއްލުމެއްނުލިބެނީސް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އަވައްޓެރި އިންޑިޔާ އާއި ސްރީލަންކާގެ އޯލްޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށްމެނުވީ އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށް ހަދާ އެހެން ޤައުމުތަކުގެ ރައްޔަތުން ވީސާނަގާންޖެހޭގޮތަށް ޤަވާއިދު ބަދަލުކުރޭ.
ޑައިލީ
16 April 2022
ހާދަ އަވަހަކަ ބައިބަލާ ކުޅެން ފެށީ. އީދު އަންނަންދެކަ މަޑުކޮއްބަލަ.