"އަޅުގަނޑަށް ފެންނަނީ މި ރިޕޯޓު ނެރުމަށް އަދި ޕީޖީއަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން މަޖިލީހަށް ގަރާރެއް ހުށަހަޅަން،"
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
19 އެޕްރީލް 2022 - 12:47
ތަހުގީގީ އިދާރާތައް ގުޅިގެން ބެލި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓެއް ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުއަޅަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގްރޫޕަކަށް މިގޮތަށް މެސެޖެއް ފޮނުއްވީ އެމްއެމްޕީއާރުސީގެ ރިޕޯޓެއް އެބައޮތް ކަމަށާއި ހިއްސާކުރަން ޖެހިދާނެ ކަމަށް ރޭ ވިދާޅުވުމަށް ފަހު އެވެ. ރޭގެ މެސެޖު، މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ނެންގެވީ ދެއްވި އިންޒާރެއްގެ ގޮތުގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނަޝީދު މި ނެންގެވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އެކި ކަންކަމުގެ ތުހުމަތު އަޅުވައި ފާޑުކިޔަމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ކޮމިޓީއެއް ނަގައި އެމްއެމްޕީއާރުސީގެ މައްސަލަ ކުރިން ބެލީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ.
އަޅުގަނޑަށް ފެންނަނީ މި ރިޕޯޓު ނެރުމަށް އަދި ޕީޖީއަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން މަޖިލީހަށް ގަރާރެއް ހުށަހަޅަން: ނަޝީދު
ނަޝީދު މިއަދު ވަނީ އޭނާގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވި ރިޕޯޓުގެ ފޮޓޯއެއް ވެސް ގްރޫޕަށް ފޮނުއްވައިފަ އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި ރިޕޯޓް: އެމަނިކުފާނު އެދިވަޑައިގަތީ މި ރިޕޯޓާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވުމަށް.
ދެން ވިދާޅުވީ އެ ރިޕޯޓް ނެރުމަށް އަދި ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން މަޖިލީހަށް ގަރާރެއް ހުށަހަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ތަހުގީގު ރިޕޯޓް ޕީޖީއަށް ފޮނުވަން ބާރުއަޅަން ގަރާރެއް ހުށަހަޅާ ވާހަކަ ނަޝީދު ދެއްކެވިއަސް އެއީ ސީދާ ކޮން ރިޕޯޓެއް ކަމެއް އަދި އެ މަނިކުފާނަށް ލިބިވަޑައިގަތް ގޮތަކާ މެދު އަދި އޮތީ ސުވާލު އުފެދިފަ އެވެ.
ހިޔާނާތުގެ ތަހުގީގު ހިންގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެންނެވެ.
ރިޔާސީ ކޮމިޝަނުގެ މަސައްކަތް ލަސްވެ ނަތީޖާ ނުނެރެވޭތީ އުވާލިއިރު, އެ ކޮމިޝަނުން ރައީސަށް ފޮނުވާފައި ވަނީ ތަފްސީލީ އެންމެ ރިޕޯޓެކެވެ. އެ ރިޕޯޓު ވެސް ރައީސް ފިޔަވައި އެހެން އިދާރާއަކަށް ފޮނުވި ކަމެއް އެ ކޮމިޝަނުން އަދި އެހެން އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ޖޮއިންޓް ތަހުގީގުގެ ވަކިވަކި ކޭސްތަކުގެ ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ރިޕޯޓުގެ ބައެއް ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރެއްވި އެވެ.
އެ ރިޕޯޓު އޮތީ ގާނޫނާ ހިލާފަށް ނުއަގުގައި ދޫކޮށްފައި ހުރި ރަށްތަކުގެ ތަފްސީލްތަކާއި އެއިން ދައުލަތަށް ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދެވެ. އޭގެ ފަހުން, އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުގެ ފައިސާ ޖަމާކުރި، އެސްއޯއެފުން ޑޮލަރުގެ މުއާމަލާތް ހިންގި ކުންފުނިތަކުގެ ތެރެއިން އަށް ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްދިނުމުގެ މައްސަލަތަކެކެވެ. އެ މައްސަލަތައް މިހާރު އޮތީ އޭޖީ އޮފީހުގަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ހިޔާނާތުގެ ލިސްޓު ކަމަށް އާއްމުކޮށްފައިވާ މައްސަލަތަކުގައި ދައުވާކުރެވޭ ވަރުގެ ތަފްސީލްތަކަކާ އެކު އޮތް ރިޕޯޓެއް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާ ހަމައަށް އެކުލަވާލާފައި ނުވާ ކަމަށެވެ. އެކަމަކު ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް އެ މައްސަލަަތައް ނުނިމުމުން މިހާރު އެ ތަހުގީގު ކުރިއަށް ގެންދާނީ އޭސީސީ އިސްވެ ކަމަށް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.
ހިޔާނާތް ބަލަން އުފެއްދި ކޮމިޝަން އުވާލުމުން އަމާޒުވި ފާޑުކިއުންތަކުގައި، އެހާ ބޮޑު ބަޖެޓެއް ހޭދަކޮށްގެން ކުރެވުނު މަސައްކަތުގެ ތަފްސީލަށް އާއްމު ފަރާތަކުން އެދުމުން ރައީސް އޮފީހުން ބުނެފައި ވަނީ އެ ކޮމިޝަނާ ގުޅޭ ރިޕޯޓެއް އާއްމުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ރިޕޯޓެއް އާއްމެއް ނުކުރެ އެވެ.
އެހެންކަމުން ނަޝީދު ގެންގުޅުއްވަނީ ކޮން ރިޕޯޓެއް ކަމެއް ކަމާބެހޭ އިދާރާތަކުން ވެސް އަދި ސާފެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަވަސްކުރަން ކޮމިޓީއެއް ނަގައި މަސައްކަތްކުރިއިރު، ތަހުގީގީ އިދާރާތަކުގައި އޮތް ނަންތަކެއް އާއްމުކުރުން ފިޔަވައި މާ ބޮޑު ކަމެއް ނުކުރެ ވެ އެވެ.
އެ ލިސްްޓް އާއްމުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 200 އަށް ވުރެން ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަންޖެހޭ ކަން ފާހަގަވެފައިވާ ކަމަށް ނަޝީދު މަޖިލީހުގައި ވިދާޅުވުމަށް ފަހު އެވެ. ތަހުގީގީ އިދާރާތަކުން އާއްމުކުރި ލިސްޓުގައި ހިޔާނާތުން މަންފާވި 247 މީހަކު ތިއްބަސް އެ އެންމެންނަކީ ކުށްވެރިންގެ ގޮތުގައި ކަނޑަނާޅާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނާއި ތަހުގީގީ އެހެން އިދާރާތަކުން ވެސް ބުނެފައިވެ އެވެ.
ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންންނާއި ފަސް ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
20 April 2022
ނަޝީދު ހާންމަކުރައްވަން އުޅޭ ރިޕޯޓާމެދު އެކަުވެސް މާބޮޑައް ކަންބޮޑުވާނެ ކަމެއްނެތް ދިވެހިތާރީހުގަހިނގި އެންމެބޮޑު ވައްކަމަކީ މާރިޔާގެ ކުރީގެ ފިރިކަލުން މެނެޖަރަކައް ހުރެ ހިންގި އެފްޑީއައި ކަމައްބުނާ ވައްކަން އަދިއަދައްވެސް އޭގެން އެންމެ ލަރިޔެއްވެސް ނުހޯދޭ ރާއްޖެގެ ހާލަތު ވަރައްުނުދޭ ޔޫރަޕާ އަރަބިންގެ މެދުގަ އޮންނަފަދަ ގޮތަކައް ކަންހިނގަނީ ކެރަފާ ކުދިންކުރީމަ އިންސާނީ ހައްގު ކާމިނީ ކުރީމަ އަދުލުއިންސާފު ި
ބުޅި
20 April 2022
މޮޔަ ގޮވަނީއެވެ. ކަރު ކެނޑެމުންދާއިރު ލެއްވުނު އަޑެއް ލައްވާނެއެވެ.
އޮނަރަބްލް އަފީފު ދީދީ
20 April 2022
އިއްޒަތްތެރި ރައީސް. ވައްކަމުގައި ހިމެނޭ "ވަގުންގެ ތެރޭގައި" އާއިލީ ގޮތުން ރަސްމަތިފުށު މީހުން ނުވަތަ އަމިއްލަފުޅު ޕާޓީގެ ނަގާކިޔާ ބޮޑުން ނުވަތަ "ޕައިނީއަރުންގެ ގޮތުގައި ތިބި މަހުޖަނުން" ފަދަ މީސްމީހުން ތިބުމަކީ އެއްވެސް ޙާލެއްގައި "ރަތްލާޖެހި ވަގުންގެ މައްސަލަ ނުބަލާ ދޫކޮށްލާންޖެހޭ ސަބަބެއްކަމަށް" ތިޔަ މަޖިލީހުން ކަޑައަޅަން ފުރުސަތު ދިނުމަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި މަނިކުފާނު އިންނަވައިގެން ކުރަން ވަރަށް ލަދު ހުތުރު ކަމެއް އިގޭތޯ.
ސަމާލު
20 April 2022
ސަމާލުކަން ލިބޭލެން މަދުވެގެން
ބަރީން
19 April 2022
ރިޕޯޓެއް އޮވެގެންނޫން..ވަރަށް ދޮގުހަދައެއްނު..މައުމޫނޭ ކިޔައިގެން ކިހާ ދޮގެއްހެދި..ވައްކަމުގެ ހުރިހާ ލިޔުންތްކެއް ހުރި ވާހަކަ ގޮވި ކުރިން..
ޙަބީބު
19 April 2022
ޥެލަނާގެއިން ގެންދިޔައީ ކޯޗެއްކަން ނަޝީދު ތީގަ ލިޔެބަލަ ގުދޯގުދޯ ގޮވާމިހާގެ ގުދު މަޝައްވެސް ފެނޭ
މިސްޓަރ ޓިނޭ
19 April 2022
އޭތް އޯތް، އަނެއްކާ މަށޭ ކިޔާތަ؟؟؟؟
ޖަޒާ
19 April 2022
ނަސީދު އުޅެނީ ފަނިހަދަން
ވިކިލީކުސް
19 April 2022
ރައްޔިތުންގެ ފައިސާއިން ވައްކަންކުރީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެން ޖެހޭނެ. ދައުލަތަކީ އަހަރެމެން ރައްޔިތުންގެ އެއްޗެއް. އަހަރެމެންގެ ފައިސާ ވަގަށް ނެގި މީހުންނާއި އަދި އެވައްކަން ފޮރުވައިގެން އުޅޭ މީހުންނާމެދު ޝަރީއަތް ހިންގެން ޖެހޭނެ. ތިލިސްޓު އާންމުކުރުން އެހާ މުހިއްމެއް ނޫން. މުހިއްމީ ވައްކަންކުރިމީހުންނާ އެކަމުގަ ބައިވެރިވި އެންމެންގެ ވަނަވަރު އާއްމުކޮށް އެމީހުނަށް އަދަބު ދިނުން. ރައްޔިތުންނަށް އިންސާފު ހޯދަދީ!
އަހުމަދުބޭ
19 April 2022
އެއްވެސް ތާކުންތާކު ޖެހޭ ރިޕޯޓެއްނޫން، އެއުޅުއްވަނީ ބިރުދައްކަން، ނަސީދުގެ އަމަލްތަކަކީ ވަރަށް ދަށުދަރަޖައިގެ އަމަލްތަކެއް.