ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ހަރަކާތްތެރިވާ އިރު ޕީޕީއެމްގެ ސަޕޯޓަރުން ޔާމީންގެ ގެކޮޅު ކައިރީގައި: ބެނާ ދެމުން ނުހުއްޓުވޭނެ ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 އެޕްރީލް 2022 - 13:52
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭންގެ ބެނާއެއް ދެމީ އެ މަނިކުފާނުގެ ގެކޮޅު، ދޫވެހީގަ އެވެ. މިއީ ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއް ކަަމަށް ބުނެ ބެނާ ނެގުމުގެ އިންޒާރު ފުލުހުން ދިނެވެ. އޭގެ ފަހުން ކޯޓު އަމުރެއް ހޯދައި މިއަދު ވަނީ ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ދެމި ބެނާ ވެސް ފުލުހުން ވަނީ ކަނޑާލައިފަ އެވެ.
ބެނާ ނެގުން ކުރިއަށް ގެންދިޔަ ވަގުތާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ގަރާރުގައި ރައީސް ވަނީ އިންޑިއާއާ ދެކޮޅު އެ ހަރަކާތް ހުއްޓުވުމުގެ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފަ އެވެ.
"އިންޑިއާ އައުޓް" ބެނާ ނެގި މައްސަލައާ ގުޅުވައިގެން އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން މި ގައުމުގައި ބައިތިއްބައި ނުފޫޒު ގަދަކުރުމާ ދެކޮޅަށް ޔާމީންގެ ގެކޮޅުގައި ބެނާއެއް ދެމުމަކީ އެތައް ރައްޔިތުންނަށް ލިބޭ ހިތްވަރެކެވެ. ސަރުކާރުން އެ ބެނާ ފެންނަން ބޭނުން ނުވި ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ގޮސް ދޫވެހީގެ އިންޑިއާ އައުޓް" ބެނާ ނަގަނީ: އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަދުރޭ ވިދާޅުވީ ބެނާއެއް "ހަޖަމް" ނުވުމަކީ ދިވެހި ރައްޔިތުންނަށް ވުރެން އިންޑިއާ މި ސަރުކާރަށް މުހިއްމު ވަރު ކަމަށެވެ. އަމިއްލަ ގޭގައި ބެނާއެއް ދެމުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ނޫން ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބޭ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އާރާއި ބާރެއް ނެތް ކަން މި ދައްކުވައިދެނީ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލައިފި، އަމިއްލަ ގޭގޭގައި ދަމާ މި ނަގަނީ އިންޑިއާގެ [ވެރިކަން ކުރާ ޕާޓީ] ބީޖޭޕީ ރުއްސަން،" އަދުރޭ ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހަކު ބޭނުންވާ ހިޔާލެއް އިންޑިއާއާ ދެކޮޅަށް ވިޔަސް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ބޭނުން ވާހަކައެއް ދައްކައި އަމިއްލަ ގޭގައި ވެސް ބޭނުން ޝުއޫރެއްގެ ފޮތި ދެމޭނެ ކަމަށް ވިދާޅުވި އެވެ.
"ފުލުހުން ދެން ޖެހޭނީ އަބަދު ބެނާ ނަގަން، މިކަމެއް ނުހުއްޓޭނެ. ރަށްރަށުގައި ވެސް ފޯރީގައި އިންޑިއާ އައުޓް ހަރަކާޓް ދާނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
22 April 2022
މާ ވާހަކަ ގިނަކުރާނެކަމެއް ނެތް.. އިންޑިޔާ އައުޓްކުދިން ދާންޖެހޭނީ ހަމަ މަހަށް. ވަރަށް ވެދުން.
އިކޫ/ޏ
22 April 2022
ޑިމޮކްރަސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް މިތާ!
ގުއިއްޒު
21 April 2022
ނުރައްކާ އޮތިއްޔާ ޓިނުގަނޑެއް ހޫރާލަބަލ އިންޑިޔާ އަށް
ޖަައްސު
21 April 2022
އޭސީސީން މީނަގެ މައްސަލަ ބަލާބަލަ
ރެޓޭ
21 April 2022
އިންޑިޔާ އައުޓް ޖަހާފަ ހުރި ޓީޝާޓެއް ލައިގެން މީހަކު މަގުމަތިން ދަންޏާމު ކޯޓު އަމުރެއް ހޯދައިގެން ފުލުހުން އައިސް އެމީހަކު ހިފަހައްޓާ ޓީޝާޓުވެސް ބާލުވާނެތޯ؟
ލަދުކުޑޭ
21 April 2022
ވަރަށް ރީތި ވާހަކައެއް! 5 އަހަރުގެ ވެރިކަން ނިންމާލި އިރު ސަނާ ނުކިޔާ މީޑިއާތައް އެތައް މިލިއަނަކުން ޖުރުމަނާކޮށް، އެއްކޮޅަށް ވޯޓުނުދޭ މެންބަރުން ބަންދުކޮށް، މަޖިލިސް ތަޅުލާ، ސުޕްރީމް ކޯޓު ފުރާޅުން ޓިނުނަގައިގެން ވަދެ އުއްތަމަ ފަނޑިޔާރާ ދެންވެސް ހިތްހަމަ ނުޖެހުނު ހުރިހާ ފަނޑިޔާރުން ހިފާ، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށް އެކަނި ހާލުގައި ވޯޓު ހޯދަން ނުކުމެގެން ބަލިވެ ބަލިވެސް ގަބޫލު ނުކުރެވުނު ބަޔަކު ދައްކަނން އެހާ ރީތި ވާހަކައެއްތޯ؟
ވިކިލީކުސް
21 April 2022
އެމީހަކު ބޭނުން ޝުޢޫރެއް ފާޅުކުރެވެން ވާނެ ކަމަށް އެއްބަޔަކު ގަބޫލުކުރާ ކަމުގައި ވަނީނަމަ ބެނާވެސް ދެމޭނެ. ބަލަންތިބޭ އަދި 30 އަހަރު ފަހުންމިތަނުގެ ހާލަތު. ދާޚިލީފިތުނައިގެ ހުޅުގަނޑަށް ދަރުތައް އެޅުމަށް ދަރުބޮނޑިތައް މިއެއްކުރަނީ.
ނަންނުޖަހާ
21 April 2022
ބަންގާޅީން ކުރާ ވިޔަފާރި ތައް ހުއްޓުވަން ފުލުހުން ނިކުންނަންވީ އޭރުން މިގައުށް ފައިދާވާނީ އެންމެ ބެނާއެއް ނަގަން 100 ފުލުހުން ފޮނުވީމަ ފައިދާވަނީ އިންޑިޔާއަށް
އޭޑީ
21 April 2022
ދިވެހިންނަކީ ގަމާރު ބައެއްކަަމަށް ހީކޮށް، ދެބައި އުމުރުގެ 100 އެއްހާ މީހުން ހައްދައިގެން އިންޑިޔާ އައުޓުގޮވާ އިރު، ތިމާމެންގެ އަމިއްލަ ފެންވަރުވެސް ވިސްނާލުން ރަނގަޅެވެ. މިއަދު މަގުތަކަށް ނުކުމެ މޭ ފުއްޕާފައި އިންޑިޔާ އައުޓު ގޮވާފައި މާދަމާ އާސަންދައިން ސަލާން ޖަހައިގެން ފުލައިޓަށް އަރައިގެން އައިސް މިތިބެނީ އިންޑިޔާގައެވެ. ގޮތެއް ފޮތެއްނެތް ކަމާއި، ލަދު ހަޔާތްކުޑަކަން ނިކަން އަމިއްލައަށް ވިސްނާލާށެވެ.
މުޙުއްމާ
21 April 2022
ޤައުމީ ސަލާމަތަށް ނުރައްކާ ވާނެތާ ސްޓޭޓެއްގަ މައި ސަރުކާރާ ދެކޮޅު އެއްޗެއް ޖެހީމަ. ސަރުކާރަށް ރައްޔިތުން އޮޅުވާލަން މަސައްކަތެއް ނުކުރެވޭނެ. ފޮރިން މިލިޓަރީ އައުޓް އޭކިޔާނަމަ. ނާސިރުގެ ސަރުކާރުގަ ސިފައިން އަތުގަ 5 މަތިންދާ ބޯޓް އޮތް އެއަރ މޯލްޑިވްސް ދުއްވީވެސް ސިފައިންގެ 2 ޕައިލެޓުން އަދި ބޭރުގެ ދެޕައލެޓުން ޓްރޭއިން ކުރަން ގެނެސއފަތިބ. އެއަރ މޯލްޑިވްސް އަށް ގަތް 2 ދޯރނިއަރ ތެރެއިން އެކަތީގަ ހުރީ ސަރވިލެންސް ރޭޑާ ހަރުކޮށްފަ. އެއިރު ރާއްޖެއަށް ލާރި ލިބެނީ މާމަދުން. ޝަމާލުއާ ހަމީދުއަށް ރާއްޖެ ނުބެލެހެއްޓެންޏާ އިސތިޢުފާދީފަ ދާންވީނުން. 2023 ވަރަށް ކައިރިވެއްޖެ.