ފުވައްމުލަކު މަގުތައް ހެދުމަށް ބޭނުންވާ އެސްފޯލްޓް އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ
27 އެޕްރީލް 2022 - 14:54
ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެމްޓީސީސީ އިން މިއަދު ބުުނެފި އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް މި މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށެވެ.
ފުވައްމުލަކު މަގުތައް ހެދުމަށް ބޭނުންވާ އެސްފޯލްޓް އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ
މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން 122 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95 އަކަ މީޓަރުގެ ތާރު އެޅުމުގެ އިތުރުން 27 އަކަ މީޓަރުގެ ފުޓްޕާތު ހެދުން ހިމެނެ އެވެ.
މީގެ އިތުރުން ފުވައްމުލަކު މަގުތަކުގައި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުން 19 މީޓަރުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކު އެތެރޭގެ މަގުހެދުމުގެ މި މަޝްރޫއަކީ 331 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށިކެޑެ
27 April 2022
ފުވައްމުލަކުގެ ތާރީޚުގައިވެސް އެރަށައް ނުލިބޭހާ ތަރައްޤީ މިސަރުކާރުގެ 5 އަހަރުތެރޭ ލިބެމުންދާކަމީ ޙަޤީގަތެއް، ގާތްގަޑަކަށް ބޮޑެތި ހުރިހާ މަގެއް އަދި އެތައް ހަނިމަގެއްގައި ވަނީ ތާރުއެޅުމައް އެންމެ ފަހުގެ ތައްޔާރީތައް ވަމުން، އެއްކަލަ ގުރޫޕު ބުނަނީ "ތިތާރަ މިރަށި އެޑީތަނެއް މިފަސްއަހަރެކި ނިފެނެންނޭނައެ" ހެހެހެ
ހަމީދާ
27 April 2022
ތިޔަރަށުގެ ހާލަތު އަހަރެމެން ކުދި ރަށްތަކައް ވުރެބޮޑު. 24 ގަޑިއިރު ޖަންކުޝަން ހަލާކުވެފަ. މަގުމެދުން ފެންއަރައަރާ ކުނިވަސް ދުވާނީ .. ނަރުދަމާ ފުނޑިފަ