އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ މެމްބަރު ނަހުލާ އަލީ ވާހަކަދައްކަވަނީ: ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލަ ޕީޕީއެމުން ދަނީ ބަލަމުން -- ފޮޓޯ:ނިޝާން އަލީ | މިހާރު
06 މެއި 2022 - 18:44
މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، އެ ޕާޓީއާ ދެކޮޅަށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުކޮށް، އެ ދެމައިންގެ ސުލޫކީ މައްސަލައެއް ބަލަން މިއަދު ފަށައިފި އެވެ.
ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 14 ގައި ބާއްވާ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، ނަހުލާ އާއި އޭނާގެ މަންމަ އަދި އެ ޕާޓީގެ މެމްބަރެއް ވެސް ކަމަށްވާ އައިމިނަތު ލީލާ "އެންޓި ކެމްޕެއިން" ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާ ކަމަށެވެ.
ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އަދި އެ ޕާޓީގެ އާންމު މެމްބަރުން ގާތުގައި ވެސް އޭނާ އެގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓާ ދެކޮޅަށް ކެމްޕެއިންކޮށް، އެ އިންތިހާބުގައި އެ ޕާޓީއާ އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތް ވެސް ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާ ކަމަށް ބުންޏެވެ.
އެހެންވެ، ޕީޕީއެމުން ބުނިގޮތުގައި، އެއީ ސުލޫކީ މައްސަލައެއް ކަމަށް ނިންމައި، އެކަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ވަނީ ބަލަން ފަށައިފަ އެވެ.
އެ ބަޔާނުގައި ބުނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔަމީންގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި، މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި އަދި ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކަންކަން ކުރުމުގައި ނަހުލާއާ އެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަ އާއި އެ ޕާޓީން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ވެސް ހިމެނޭ ކަމަށް ބުންޏެވެ.
ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލަ ބަލަން ފެށިއިރު، އެ ދެމައިންގެ ފަރާތުން ކޮމިޓީ އަށް އެއްބާރުލުން ނުލިބޭ ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، 2024 ގެ ނިޔަލަށް އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ނަހުލާ އަށް ވާދަނުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ޕާޓީގެ ސުލޫކީ ކޮމެޓީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް ޔަމީންގެ އެންގެވުމަކަށް އުވައިލީ މިދިޔަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތު ކަލޯ ގެ އިބުރާ
06 May 2022
އެ ކަމަނާ އަކީ ރ ޔާމިނު ދެކެ ވަރަށް ލޯބި ފުޅު ވާ ބޭ ކަނބަލަކަށް ވާތީ އެ ކަމަނާ އާއި ދޭދެރޭ މި މީހުންނަކަށް ފިޔަވަޅު ނޭޅޭނެ ކަން ޔަޤީން!
ފެއިލް ނަހުލާ
06 May 2022
ފެއިލް ވެފަ ތިބޭމީހުން ތިހެން ޕޯޑިއަމް ތަކައް ނޭރުން ބުއްދިވެރި.
ސެންޓޭ
06 May 2022
ހާދަ އެމްއެންޕީއަށް ސޮއިކުރަން އުޅޭ ވަސް ދުވައޭ!
ކުޗްކުޗް
06 May 2022
ކުޗީ، ހަމަތަ؟ އެއީ، އެކަކު އަނެކެއްގެ ގޮހޮރު އަސްލުގައި ދަމާ ޕާޓީ ކަލެއަށް ނޭގުނީތީ! މަޖްލިސްތެރެއިން ފެށިގެން މުޅި ރީނދޫ ޕާޓީ ތެރެ މިހާރުއޮތް ގޮތް، މި "މިހާރު" ނޫސްކިޔުމުގެ އިތުރަށް މި ފަހަކުން ދަރުބާރުގޭގައި އޮތް ޕާޓީގެ ބައްދަލުވުމުން ވެސް ފެނިއްޖެ ނުން! އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ގިނަ ފަރާތްތަކެއް މިހާރުހެ ބްރޯގެ ފަހަތަށް އަރައިގެން، ބައެއް މީހުންކިޔާ ހިތްތަކުގެ ރަސްގެފާނުގެ ފެކްޝަންއާ ދެކޮޅަށް އެއޮތް "ހިންގާލާ" ހިންގުންގަޑުން އެއްބަޔަކު އަނެއް ބައެއްގެ ގޮހޮރު ކީއްކުރަން، ފުރަމެއަށް ދަންދެއް އެއޮތް ދަމާ ދެމުން، ހަމަ ނުފެންނަނީތަ؟
ބުޅާ ބިސް
06 May 2022
މި މީހުން މިއުޅެނީ އަދި މާ ކުރީގަ. ފަޔާ ބްރޯ އާ އިންތި ނުވޭ އެއްޗަކަށް. މިހާރު ދެން އެންމެ އަވަހަށް އަޑު އިވޭނީ ނަހުލާ ބާ ޢީ ޕާޓީ އާ ގުޅޭވާހަކަ.
ކަޅުބިލަމަސް
06 May 2022
އެންޑީޕީއެއް ޕީޕީއެއް ކިޔާނެ ކަމެއްނެތް.....އެކައްޗެއް.
ހަޖަމް ނުކުރެވެ
06 May 2022
ޕީޕީ އެމް އެމް އަކައް ތަފާތު ހިއާލުތަކެއް ހަޖަމެއް ނުކުރެވޭ. ފައިސާހުސްވީމަ ތިޕާޓީ އަމިއްލަ އައް އުވޭނެ ކަން މިކަމުން ހާމަވޭ.
ކަނބިލި ގޮވުން
06 May 2022
ނަހުލާމެން މިނާޒު ދަނޑިވަޅުގަވެސް އަމިއްއެދުން އިސްކުރުމުގެ ބަދަލުގަ ގައުމާ ރައްޔެތުން އަދި ޕާޓީ އައް ހެޔޮއެދިގެން ކަންތައް ކުރަން ދަސްކުރަން އެބަޖިހޭ ޒާތީވުމާ ދުރައް ގޮސް
ޑިސްއޮނަރަބަލް ޑީޑީ
06 May 2022
މީވެސް ހާދަ ވަރުގަދަ އަންހެނެކޭ - އެހެން އިބާރާތަކުންބުނާނަމަ ފިސާރިއަންހެނެކޭ.
ޢަޒީޒު
06 May 2022
ތި ލިީލާއަކީ ތިހެން އުަޅޭމީހެއް. ފަސޭހައިން ހަޖަމެއް ނުވާނެ ކަންކަމެއް. ބަދަލް ހިފާނެ.