ރައީސް ލިޔުމެއްގައި ސޮއި ކުރައްވަނީ: ޖަމްއިއްޔާތަކާބެހޭ އާ ގާނޫނެއްގެ ބިލް އެމަނިކުފާނު މިއަދު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ/ރައީސް އޮފީސް
09 މެއި 2022 - 19:58
ޖަމްއިއްޔާތަކުގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، 19 އަހަރު ފަހުން ޖަމިއްޔާތަކުގެ އާ ގާނޫނެއް މިއަދު ވުޖޫދަށް އަތުވެއްޖެ އެވެ.
މިއަދާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ 2003 ވަނަ އަހަރުން ފެށިގެން އަމަލުކުރި ޖަމިއްޔާތަކާބެހޭ ގާނޫނަށެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި ޖަމިއްޔާތަކާބެހޭ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
ކުރިން އޮންނަ ގޮތުން ޖަމިއްޔާއެއް ސަރުކާރަށް އުވާލެވޭނީ ޖެހިޖެހިގެން ދެ އަހަރު އެއްވެސް ހަރަކާތެއް ނުހިންގުމުން ނުވަތަ ގާނޫނާ ޚިލާފަށް އަމަލު ކުރާތާ ދެ އަހަރުވުމުންނެވެ.
އާ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ނުހިންގާ ހުރި ޖަމިއްޔާތަކާއި ފީ ނުދައްކާ ހުރި ޖަމްއިއްޔާތަކާއި އަހަރީ ރިޕޯޓް ހުށަނާޅާ ޖަމްއިއްޔާތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަދި އެކަންކަން ފުރިހަމަ ނުކޮށްފި ނަމަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ.
އެ ގާނޫނުގެ ދަށުން އެކަން ކުރެވޭނީ ރައީސް އައްޔަން ކުރައްވާ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށެވެ. އެ މަގާމަށް 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
10 May 2022
ދިވެހިން، ދިވެހިންގެ ބިމުގައި ކަމެއް ކުރަން އުޅެފި ނަމަ ނިކަން ދުއްތުރާ ކޮށް އުނދަގޫ ކުރާނެ. އެކަމު ބިދޭސީން ދިވެހި ބިމުގައި ވިޔަފާރިކޮށް، ދަނޑުގޮވާން ކޮށް، ސަޕްލައި ކޮށް، އިމާރާތް ކޮށް، މި ހުރިހައި ކަމެއް ކުރެވޭނެ ވިސާ ނެތި، ރަޖިސްޓަރީ ނުކޮށް، ޓެކްސް ނުދައްކައި އަދި އެހެން ގަވާއިދުތަކާވެސް ހިލާފަށް. ދިވެހިން ނުބައި ތަނެއްގައި ސައިކަލު ބަހައްޓާލިއަށް ވަގުތުން 750 ރުފިޔާ. އެ ދައްކާފައި ނޫނީ މަރުވެގެން ވަޅުވެސް ނުލާނެ.
ދގދސެފ×
09 May 2022
ގާނޫނަކުންނަމަވެސް ކަންމަތީޖަމިއްޔާތައް އުވާލަންޖެހޭ.
ކޮރަލް
09 May 2022
ބޮޑެތި މަގާމް ތަކާ ކޮމިޝަން ތައް އިތުރު ކުރަނީ އެވެ.
ޑީފެކުސަނު
09 May 2022
ޖަމްޢިއްޔާ ރަޖިސްޓްރާއެއް މިހާރުވެސް ހުރޭ އެއީ އާ މަގާމެއް ނޫން.. ވާނުވާ ނޭނގި ކުޅަދު މަދަސް އަނގަކޮށްޕާތި ހުރިހާތާކަށް.