ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް. އެރަށުގެ މަގު ހެދުމަށް 72 މިލިއަން ރުފިޔާ ހޭދަވާނެ--ފޮޓޯ:އެމްޓީސީސީ
15 މެއި 2022 - 13:04
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 84 ޕަސެންޓް ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި ކަބްސްޓޯން ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެ އެވެ. މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މި މަޝްރޫއަށް 72 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ހޯރަފުށީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުގައި ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސީ
16 May 2022
ކީއްވެތަ ސަރުކާރުގެ ބައިވަރު ކުންފުނިތަކުން އެއްމަސައްކަތެއް ކުރަނީ؟ އާރުޑީސީ ވެސް މަގުހަދަނީ، އެމްޓީސީސީވެސް ހަމަ މަގުހަދަނީ. ކީކޭބުނާނީ. ދެން ކޮބައިތަ އާރުޑީސީގެ މަގުހެދުމުގެ ސްޕީޑް؟
އެސްޢީޒެޑް
16 May 2022
ހޯރަފުށި އަތޮޅު ފަޅުރަށްތަކާ ރައްޔިތުންނާ އެކު ވިޔަފާރިވެރިޔަކަށް ވިއްކާލުން..... މެމްބަރު ގެ ހަމައެކަނި ނިޔަތަކީ މަޖިލީހުގެ ދެވަނަ ދައުރެއް
ބަރުތީލަ
16 May 2022
1 ހޯރަފުށި މަގުހަދަން ފަށައިފި 2 ހޯރަފުށީ މަގުތަކުގައި އަޅާ ގާ ހޯރަފުއްޓަށް ގެންގޮސްފި ،3 ހޯރަފުށީ މަގުތަކުގައި ގާ އަތުރަން ފަށައިފި . 4 ހޯރަފުށީ މަގުތަކުގެ ބޮޑުބައެއް ނިމިއްޖެ ..........1234 ކޮންމެ ހެޑްލައިނަކީ ވެސް ޕްރޮޖެކްޓެއް
ކޮރަލް
15 May 2022
މަޖްލީހަށް ހޮވަން ވީ ކިޔަވާ ފަ ހުރި މީހުންނެވެ. އޭގެ ނަތީޖާ މިފެންނަނީ އެވެ. ވާހަކަ ދައްކަން އެނގޭނެ އެވެ. އަހްލާގް ރަނގަޅު ވާނެ އެވެ. މީހުންނަށް އިހްތިރާމް ކުރާނެ އެވެ. ރޯނުއެދުރުން މަޖްލީހަށް ހޮވާނެ ކަމެއް ނެތެވެ. ޕާޓީ އަކުން ކުރިމަތި ލިއަސް ތައުލީމެއް އަހްލާގް އެއް ނެތް މީހަކު ހޮވާނެ ކމަެއް ނެތެވެ. ނޫނެކޭ ބުންނަން ވީ އެވެ.
ޢިބޫ
15 May 2022
ބޮޑުބައި