ޚަބަރު / ހައުސިން މިނިސްޓްރީ

ހައްލެއް ނުލިބެނީސް، ސަރުކާރަށް ބިންކޮޅު ދޫކޮށްލުން ބިރަކަށް ވެއްޖެ

އަރަބިއްޔާ ހުރި ތަނުގައި ހަދާފައިވާ ފްލެޓް އިމާރާތް: ފްލެޓް ލިބުނު އެތައް ބަޔަކު ތިބީ ހާލުގައި ޖެހިފައި

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިން ސަރުކާރާ ހަވާލުކުރަން ވަކި މުއްދަތެއް ދިން ނަމަވެސް ފްލެޓްގެ މައްސަލަ އަށް ހައްލެއް ލިބުމުގެ ކުރިން އެކަން ކުރުން ދަތި ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މާލެ އިން ލިބިފައި އޮންނަ ބިން ދޫކޮށްލަން އެއްބަސްވި މީހުންނަށް ވެސް ފްލެޓް ލިބެން އަންނަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމުންނެވެ. އޭ ކެޓަގަރީން މާލޭން ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ މީހުން ދިރިއުޅޭ ބިންކޮޅު ސަރުކާރުން އަގުކޮށްފައި ނުވުމެވެ. އަދި ލިބިފައިވާ ފްލެޓަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު، ދޫކޮށްލާ ބިންކޮޅުގެ އަގުން އެ ބައި އުނިކުރެވޭނެ ގޮތެއް ނެތުމަކީ މިހާރު އެ މީހުންނަށް ވަރަށް ބޮޑު މައްސަލައެކެވެ.

"ފްލެޓް ލިބުމުން ބިންކޮޅު ދޫކޮށްލަން އަޅުގަނޑުމެން އެއްބަސްވިޔަސް ނޭނގެ މިތަނުގެ އަގަކީ ކިހާ ވަރެއް ކަމެއް. އަޅުގަނޑުމެންނަކަށް އަދި ފްލެޓެއް ނުވެސް ލިބޭ،" ގާކޮށިން ފްލެޓް ލިބުނު ނަމަވެސް އެތަން ގަނެވޭނެ ގޮތް ނެތިފައި ހުރި އަންހެނަކު ބުންޏެވެ.

"ފްލެޓަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު އެ ފައިސާ، ބިންކޮޅުގެ އަގުން ކެނޑޭތޯ ވެސް މީގެ ފަސް މަސް ކުރިން ހުށަހެޅިން. އެކަމަކު އަދިވެސް ޖަވާބެއް ނުލިބޭ."

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ފްލެޓާއި ގޯތި ލިބުނު ބައެއް މީހުންގެ މާލޭގެ ބިންކޮޅު ދޫކޮށްލާފައި ނުވާ ކަމަށެވެ. އެހެންވެ، ޝަރުއީ މަރުހަލާގައި ގޯތި ހަވާލުކުރުމުގެ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ މީހުން ތިން މަސް ދުވަހުގެ ތެރޭގައި އަދި އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ މީހުން އެއް މަސް ދުވަހުގެ ތެރޭގައި ޝަރުއީ މަރުހަލާ ނިންމުމަށް ފަހު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެތަން ސަރުކާރާ ހަވާލުކުރަން ވަނީ އަންގާފަ އެވެ.

އޭ ކެޓަގަރީގެ ދަށުން ހުޅުމާލެ އިން ގޯތި ލިބުނު މީހުން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ. އެކަމަކު މާލޭން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ ދައްކަން ޖެހެ އެވެ.

މާލޭން ފްލެޓް ލިބުނު މީހުން ދެން ކުރާ ޝަކުވާއަކީ ތިން މަސް ދުވަހުގެ ތެރޭގައި ބިންކޮޅު ހަވާލު ކުރަން ސަރުކާރުން އެންގި އިރު އެކަމާ ގުޅޭ މައުލޫމާތު ދީފައި ނުވުމެވެ. ބިންކޮޅު ހަވާލުކުރަން ޖެހެނީ ހުޅުމާލޭން ގޯތި ލިބުނު މީހުން ކަމެއް، އަދި މާލޭން ފްލެޓް ލިބުނު މީހުން ކަމެއް ވެސް ނޭނގޭ ކަމަށް އެ މީހުން ބުނެ އެވެ.

އޭގެ ޖަވާބު ހޯދަން ހައުސިން މިނިސްޓްރީ އަށް ދިޔުމުން މައުލޫމާތު ލިބިފައިނުވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

އޭ ކެޓަގަރީން މާލޭން ފްލެޓް ލިބުނު މީހުން އެ ތަން ގަތުމަށް ބޭންކުތަކުން ނިންމަން ޖެހޭ ކަންކަން ފުރިހަމަކޮށް އަންނަ މަހު 26 ގެ ކުރިން އެޗްޑީސީ އަށް އަންގަން ޖެހެ އެވެ. އެކަމަކު ލޯނަށް 400،000ރ. ގެ ޑައުންޕޭމަންޓް ދައްކާނީ ކިހިނެއް ކަމެއް އޭގެ ތެރެއިން ގިނަ މީހުންނަކަށް ނޭނގެ އެވެ. އެހެންކަމުން ފްލެޓް ލިބޭނެ ކަމުގެ އުއްމީދު ދަނީ ކުޑަވަމުންނެވެ.

"ޑައުންޕޭމަންޓަށް ދައްކާނެ ފައިސާ ނެތިގެން ހާސްވެފައި ތިއްބާ އަނެއްކާ މިހާރު މި އެންގީ ދިރިއުޅޭ ބިންކޮޅު ހުސްކުރަން. ލޯނު ނުނެގޭތީ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް އިރު، މިހާރު މި ދިރިއުޅޭ ތަން ދޫކޮށްލާފައި ކޮން ތާކަށްތޯ ވަންނާނީ؟" ފްލެޓް ލިބުނު އެހެން މީހަކު ބުންޏެވެ.

ބޭންކު ލޯނުގެ އިންޓަރެސްޓާ އެކު ފްލެޓްގެ އަގު މިހާރު ތިން މިލިޔަން ރުފިޔާ އަށް އަރާ އިރު ގިނަ މީހުންނަށް އެވަރުގެ ލޯނެއް ނެގުމާއި ދެއްކޭނެ ތަނަވަސްކަން ނެތުމުން، ސަރުކާރަށް އާދޭސްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަަމަވެސް ފްލެޓްތަކުގެ މިހާރުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެޗްޑީސީ އާއި ފްލެޓްތަކާ ގުޅޭ އެހެން ހުރިހާ ކަމެއް ކުރިން ބެލެހެއްޓި ހައުސިން މިނިސްޓްރީން، އާންމުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ފިޔަވަޅެއް އަދި ނާޅަ އެވެ.

އެ މައްސަލައިގައި ހައުސިން މިނިސްޓްރީ އަށް ދިޔުމުން އެ ތަނުން ބުނަނީ އެޗްޑީސީ އަށް ދާށެވެ. އަދި އެޗްޑީސީ އަށް ދިޔުމުން އެ މީހުން އަންގަނީ ހައުސިން އަށް ދިޔުމަށް ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.

އެ ފްލެޓްތަކަށް އިއުލާންކުރި އިރު ސަރުކާރުގެ އެކި އޮފިޝަލުން ބުނަމުން އައީ އެޑްވާންސަށް 19،000 ރުފިޔާ ދައްކާފައި، މަހަކު 9،725 ރުފިޔާގެ މަގުން، ފައިސާ ދައްކަމުން ގޮސް އަގު ހަލާސް ކުރާ ގޮތަށެވެ. އޭރު ފްލެޓަކަށް ޖެހެނީ 1.2 މިލިއަން ރުފިޔާ އެވެ.

އެކަމަކު އޭގެ ހަތަރު އަހަރު ފަހުން، ކުރިން އިއުލާން ކުރި ގޮތާ ޚިލާފަށް، 400،000ރ ގެ ޑައުންޕޭމަންޓެއް ދައްކައި، 2 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަކީ ފްލެޓް ލިބުނު ގިނަ މީހުންނަށް އަތްލެވޭ މިންވަރެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އެހެންކަމުން މާލޭގެ ބިންކޮޅު ދޫކޮށްލުން މިހާރު ވަނީ ބިރަކަށް ވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ކަނޑައަޅާފައިވާ މުއްދަތުގައި ބިންކޮޅު ހަވާލުނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލާގައި ހައުސިން މިނިސްޓްރީއަކުން ވެސް އަދި އެޗްޑީސީއަކުން ވެސް ވާހަކައެއް ނުދައްކަ އެވެ.

22 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 3%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

28 December 2016

މިގައުމުގައި މިހާތަނަށް ގާއިމުވި އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި އިޚްލާސްތެރި ކަމާއެކު އެކަންކޮއްފައެއް ނުވެއެވެ. ހަމަ މާކަނާގެ ޖާފަތަށެވެ. މާކަނާގެ ކުރިމަތީގައިވެސް މީރު ކެއުން ހުއްޓެވެ. އެކަމަކު ކެވޭކަށް ނެތެވެ. ތުނބަށް ނާރާތީއެވެ.

The name is already taken The name is available. Register?

ފާތުމަތު ފަރީމާ

28 December 2016

ދިވެހިންނަށް ހުރިހާ ކަމެއްވެސް ލިބެންވީ ހިލޭ. އެމީހުން ރައްކާކޮށްގެން ކަމެއް ހާޞިލު ކުރާކަށް ބޭނުމެއް ނުވޭ. ބޮޑު ކުލީގައި ނުއުޅެވިގެން އުޅޭ ވާހަކައާއި ޙަރަދު ހަމަނުޖެހޭ ވާހަކަ އިވޭއިރު ފެންނަ މަންޒަރުތައް ވަރަށް ތަފާތު. ބެންކޮކަށްދާ ފްލައިޓް ފުލް، ލަންކާއަށްދާ ފްލައިޓް ފުލް، އިންޑިޔާއަށްދާ ފްލައިޓްވެސް ފުލް، މެލޭޝިއާ މިހެން ކިޔާނެ ކަމެއްނެތް. ގެންގުޅެން ޖެހެނީ އެންމެ އަގުބޮޑު ފޯނު، އަރަނީ އެންމެ ފަހުގެ ސައިކަލަކަށް، ކޮންމެ ދުވަހަކު ދެތިން ފަހަރު ކޮފީ ބޮއެފަ ދެތިން ފޮށި ސިނގިރެޓް ހުލިކޮށްލާ. އެތަކެއް ފަހަރު ދުފާލަން ހޮޓަލަށްވަދެލާ. ފޯނު ބިލަށް އެވަރު. ދެތިން އަންހެން ކުއްޖަކަށް ޙަރަދު ކޮށްގެން އެ ކުޅިގަނޑެއްގައި ނުއުޅެނީ މަދު މީހަކު. މިގޮތްތައް ބަދަލުވީމައި ހުންނާނެ ފައިސާކޮޅެއް ރައްކާ ކުރާނެ. ކޮންމެވެސް ވަރެއްގެ ތަނަވަސް ކަމެއްވެސް ލިބޭނެ. ދަސްކުރަންޖެހޭ އެބަ ކަންކަން ހާސިލުކުރަން މަސައްކަތް ކުރަން. ކޮންމެ މީހަކަށްވެސް މިވިސްނެނީ އެންމެން ހަމަހަމަ ވާންޖެހެޔޭ ދިރިއުޅުމުގެ ފެންވަރުގައިވެސް. އެކަން އެހެން ވާނެނަމަ ......

The name is already taken The name is available. Register?

ފަޔާ

28 December 2016

ތިބޭފުޅާ ތަންކޮޅެއް މައިތިރިވެ މި ލިޔުން އަދި އެއްފަހަރު ކިޔާލަބަލަ.. މިއުޅެނީ ފުލެޓް ދައްކައިގެން މާލޭގައޮތް ބިންކޮޅު ނަގާތީ.. އެމީހުންނަށް ލިބޭންއުޅޭ ފޫނުބެދޭ ގެއްލުމެއްގެ ވާހަކަ. މިކަހަލަ ކަމެއް ތިބޭފުޅާއާ އާއިލާއަށް ދިމާވީމާ ތައްބައްދައިގެން ހެވިފަ ސަރުކާރަށް ސަނާކިޔަން ހުންނާނީދޯ ވަންނާނެ ތަންކޮޅެއް ނެތި މަގުމަތިވީމާވެސް. އެހެން މީސްމީހުންގެ އިޙްޞާޞްތައ ނުދންނަ އަމިއްލަ އެދުމުން ފޯވެފައި ހުރި މީހަކާ ވައްތަރީ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

28 December 2016

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ "ކަނޑައަޅާފައިވާ މުއްދަތުގައި ބިންކޮޅު ހަވާލުނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ". ކޮން ފިޔަވަޅެއް! އެއް ފިޔަވަޅެއްވެސް ނޭޅޭނެ، ތީ ހަމަ އަނބުރާ ގޭސްގަނޑެއް، ބިންކޮޅު ދޫކޮށްލަން ޖެހެނީ ފްލެޓް ނޫނީ ބިން ލިބުނީމަ، އެހެންވީމަ ބިން ނުވަތަ ފްލެޓް ނުލިބޭ މީހުނާ ދޭތެރޭގަ އެޅޭނެ ޤާނޫނީ ފިޔަވަޅެއް ނޯންނާނެ..........އހ.

The name is already taken The name is available. Register?

♞އަސްގެ

27 December 2016

ބިންކޮޅު ގެއްލި - ފްލެޓް ނުލިބި - އެއްމެފަހުން މަގުމަތިވާނީ ތޯއްޗެ!

The name is already taken The name is available. Register?

ރައްޔިތު މީހާ

27 December 2016

ސަރުކާރަށް ދަންނަވާލަން. އަވަހަށް ގާނޫނެއް ހައްދަވާ. ސަރުކާރުގެ ނިންމުމުކާ ދެކޮޅަށް އެއްވެސް އޮފީހަކަށް ހިގަންޖެނަމަ އެމީހަކަށް ސޯސަލް ބޯހިޔާވަހިކަމެއް ނުލިބޭނެއޭ. އޭރުން ހައުސިންއިން ޖަވާބުދޭކަށް ނުޖެހޭނެ.

The name is already taken The name is available. Register?

އަމްމު

27 December 2016

އަބަދުވެސް މި އޮންނަނީ ސަރުކާރަށް ލިބޭ ކޮޅު. ސޯޝަލް ހައުސިންގް ސްކީމެއްގަ 2 މިލިޔަން އެއްފަހާ ދައްކަން ޖެހުން މިއީ އެއްކަމެއް. މި ޕޮރޮގްރާމުގެ އެކި ފަރާތް ތަކަށް އެކި ގޮތް. މިއީވެސް އާއްމު ހިދުމަތެއް ދެވޭނެ ގޮތެއް ނޫން. މި ޕްރޮގް ރާމުން ހުޅުމާލެއިން ފްލެޓް ލިބުނު ފަރާތް ތަކަށް އެއްފަރާ ފައިސާ ދެއްކާކަށް ނުޖެހެ. އަދި މުޅި ފްލެޓްގެ އަގުވެސް 2 ބައިކޮށްފަ އެއްބައި އަގުހެޔޮ. ފެންވަރު އެއްވަރެއް. އަދި ހުޅުމާލޭގެ އިމާރާތްތަކުގެ ބޮޑުމިން އިތުރު. ދެން ކިހިނެއް ވެގެން ތޯއޭ މި ފްލެޓް ތަކުގެ އަގު އެއްފަހަރާ ދައްކަން ޖެހިފަ އަގު 2 ގުނަޔަށް ބޮޑު ކުރަން ޖެހުނީ. މިއީ ބޮޑު ބެ އިންސާފެއް. ތަފާތު ކުރުމެއް. ދެން ލޯނު ނަގަން ދާ 4 ލައްކަ. މިއީ ވެސް ކުރެވޭނެ ކަމެއް ނޫން ގިނަ ބޭފުޅުންނަށް. މި ތަނަށް ޑައުން ޕޭމަންޓަކަށް އޮތީ ކުރިން 19 ހާސް ދައްކާ ގޮތަށް. ދެން މިއޮތީ ބިންކޮޅު ދޫކޮށްލަން ޖެހޭ މައްސަލަ. ބިން ދޫކުރީމަ ހުޅުމާލެއިން އޭ ކެޓަގަރީގެ ބޭފުޅުންނަށް ބިން ހިލޭ ލިބުނު. ދެން ކީއްވެގެން ތޯ ފެންވަރު ދަށްކޮށް ހަދާފަ ހުރި ފްލެޓެއް ހޯދަން ބިންކޮޅުވެސް ދޫކޮށްލާފަ.

The name is already taken The name is available. Register?

ދައްތަ

27 December 2016

އަންނި އަށް ވޯޓް ދިނީމާ، އޭނަ ގޯސް ވެއްޖެއިޔާ މުޒާހަރާ ކުރުމުގެ ފުރުސަތު އޮވޭތާ. އަދި ރައްޔިތުން ބުނި ގޮތަށް ގާޒީ ދޫނުކުރަން ވެގެން އިސްތިގުފާ ވެސް ދިން ތާ. އެކަމަކު މީނަ...

The name is already taken The name is available. Register?

ސަރުމާ

27 December 2016

ތިއުޅެނީ ދެކޮޅުން ކާން. ތިއީ ދިވެހީން. މާދަމާ ކާނެ އެތިކޮޅެއް އަތުގައި ނުހުންނާނެ. އެކަމަކު ބެންކޮކް ޓިކެޓް ޖީބުގައި ބާއްވައިގެން އުޅޭނީ.

The name is already taken The name is available. Register?

އަންމި

27 December 2016

މުޅި ދިވެހި މުޖްތަަމައުއަށް ފާޑު ވިދާޅުވަން ތިޔައީ ކޮންބޭފުޅެއް ތޯ؟ ދިރާސާއެއް ކުރެއްވީތޯ؟

The name is already taken The name is available. Register?

ކަމަނަ

27 December 2016

ކޮންމެ މީހަކު ބެންކޮކް ޓިކެޓޭ ލަންކާ ދަތުރޭ އަދި ހޮޓަލުން ކާވާހަކަ ތިދައްކަނީ މީހުންގެ މުއްސަނދި ކަމުގެ ވާހަކަ ދައްކަންހެއްޔެވެ. ބުނަންތިއުޅެނީ ކޮންމެ މީހަކުގެ އަތުގައި ހުންނަންޖެހޭނީ ހަމައެކަނި ކާއެތިކޮޅު ގަންނާނެ ފައިސާ ކޮޅެއް އެކަންޏޭތޯ؟ ނޫން އެހެން ވެގެން ނުވާނެ ކައި ބޮއެފަ ބެންކޮކަށާއި ލަންކާއަށް ވެސް ދެވެން ޖެހޭނެ އަދި ކީއްކުރަން ކޮފީއަށް ވެސް ދެވެން ޖެހޭނެ. އެފަދަ ތަނަވަސް ކަމެއް ހުރުމަކީ އަދި ކޮންމެހެން މަހުޖަނުންގެ ލިސްޓްގައި ހިމެނެންޖެހޭ ކަމެއް ނޫނެވެ. ކާޑުގެ އަގު ބޮޑުވެގެން އެކަމާއި އެއްޗެކޭ ބުނާއިރަށް ކޮންމެ މީހަކު ހޮޓާތައް ފިރިފައިއޮންނަ ވާހަކައާއި ބޭރައް ދަތުރު ކުރާ ވާހަކަ ދައްކާއިރު އެތަނަވަސް ކަން އޮވެ އެކަން ގެއްލޭނަމަ އެއީ ޤައުމުގެ ޢާއްމު ދިރި އުޅުމަށް ޙާލަތު ދައވުމެވެ. ދިވެހިން އުޅެއްންޖެހޭނީ ހަމައެކަނި ކާއެތިކޮޅު ގަނެލައިގެން ކިރިޔާ ކާލައި ބޯލައިގެން އުޅެލެވޭ ވަރުގެ ނިކަމެތޮށެއްނޫން. ކޮންމެހެން މަހުޖަނަކަށް އެކަނިތަ ހޮޓަލަކުން ކޮފީގަނޑެއް ބޯލެވެން ޖެހޭނީ ބޭރަށްވެް ގިނައިން ދަނީ ދަރި ނުވަތަ އަނބި ފިރި މީހާ ނުވަތަ މަންމަ ބައްޕަ ބަލިވެގެން އެހެން ގޮތެއް ނެތިގެން އާސަންދައިގެ އެހީގަ ދެން އެހެނިހެން ޚަރަދުތަކަށް ބޭނުުންވާ ފައިސާ ސަކލާން ޖަހައިގެން ހޯދައިގެން މީހުން މާ މުންސަނދި ވެގެނެއް ނޫން

The name is already taken The name is available. Register?

ޒައިން

27 December 2016

ބަގާވާތުގެ ހިތި ނަތީޖާ.

The name is already taken The name is available. Register?

ޢަލީ

27 December 2016

ސަރުކާރަށް އެބަޖެހޭ އެއްފަހަރާ ފްލެޓަށް ފައިސާ ދައްކަން. ބޭންކުމެދުވެރިކޮށް ނޫނީ އަމިއްލައަށްވެސް. ބޭންކް މެދުވެރިކޮށް ދައްކަންޏާ 3.4 މިލިއަން އެންމެ މަދުވެގެން. ފުރަމަތަ ވެށިފަހިމާލެ ޕްރޮގްރާމް ސަރުކާރުން އިއުލާންކުރިއިރު އޮތް ސަރުތުތައް މިހާރު ހާސްބައި ތަފާތުވެއްޖެ. އެކަމު ރައްޔިތުމީހާ އަދިވެސް ހަމަ ކުރިން އެއްބަސްވި ގޮތަށް ހަދަން މިޖެހެނި. ސަރުކާރުން ފްލެޓް ވިއްކަންވީމަ ޕްރައިމް ލޭންޑްއަކަށްވަނީ. ރައްޔިތު މީހާ އަތުން ބިންކޮޅު ނަގަންވީމަ ޕްރައިމް ލޭންޑްގެ ބައެއްނެތް.

The name is already taken The name is available. Register?

ނައްފު

27 December 2016

ލިބޭ ކޮޅުގަ ލިބޭ ދިމާލަކުން ލިބިގަންނަން ވީނުންތޯ؟ މިއީ ކިހާ ސަޅި އުސޫލެއް ތޯ؟ ދެ ފަރާތެއްގެ ދެމެދު ހިނގާ ކަމެއް. އެއްކޮޅުން ހަމަ ހަބޭހަށް ކަންކަން ބަދަލު ކުރަންވީ. އަނެއްކޮޅުން އަހާ ސުވާލަކަށް ޖަވާބުވެސް ނުދީ. މިއީ ކަންކަން ނިންމުމުގަ މި ސަރުކާރުން ކަން ކުރާ ގޮތް. 3 މުއައްސަސާއަކަށް 30 ހަކަށް މީހުން ހިނގާތާ މިހާރު 4 ހައްފާ ވެއްޖެ. އަދި ލިބުނު ޖަވާބެއްގަ އޮތީ ހައުސިންގް މިނިސްޓްރީއަށް ދާށޭ. ދެން ހައުސިންގް މިނިސްޓްރީއިން ބުނަނީ ތިޔައީ ކޮންބައެއްހޭ ކަލޭމްނަކަށް ފްލެޓެއް ނުލިބެޔޭ. އެކަމަކު އަޅުގަނޑުމެންނަށް ސިޓީ އަކުން 2 މިލިޔަން 5 އަހަރުން ދައްކަން ބުނެފައޮތީ ވެސް ހައުސިންގް މިނިސްޓްރީއިން. އެކަމަކު ނޭގުނު. އޮޅުވާލުމާ ޖެއްސުމާއި ފުރައްސާރަ ކުރުން އޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454