ޑރ. ހުސެއިން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ވަކި ޕާޓީއެއްގެ ސިޔާސަތު ތަންފީޒު ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
18 މެއި 2022 - 10:38
ސަރުކާރުން ތަންފީޒު ކުރަނީ ހަމައެކަނި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާގެ ސުވާލަކަށް ވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވީ، ސަރުކާރުން ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ހުރިހާ ކަމެއް ކުރަމުން އަންނަނީ އެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.
އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ކަމާއެކީ އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއް ކަން މި ތަންފިޒު ކުރަމުން ގެންދަނީ،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ އިސް މެމްބަރު ހުސައިން ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ވެސް އެ ޕާޓީގެ ބައެއް މެމްބަރުން އެންމެ ގިނައިން ދައްކަމުން އައި ވާހަކައަކީ ސަރުކާރުން އެމްޑީޕީގެ "ޖަޒީރާ މެނިފެސްޓޯ" ތަންފީޒު ނުކުރާ މައްސަލަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިިުިިިިިހހހ
18 May 2022
ހިތާމަވެރި ޚަބަރަކީ ކޮކްޓެއިލް އާއި އެކު ވެސް ކުރިއަށް ނުދާ ޚަބަރެކެވެ.
ޖާބެ
18 May 2022
ހެއްހެއް އެމް.ޑީ.ޕީ މެކުހައް މިހާރު އެމް.ޑީ.ޕީ އުވާލާފަ އިތުރު ޕާޓީއެއް ހަދަންޖެހޭ
އަލީ ފިކުރީ
18 May 2022
ހުސައިން ރަޝީދޫ! ކަލޭ ތީ އެމްޑީޕީގެ މީހެކޭ. ޑީލެއްގެ ދަށުން ޤާސިމުމެން މައުމޫނު މެން ދެރަކުރަން ތި އުޅެނީ
މުހައްމަދު އަހްމަދު
18 May 2022
މްޑީޕީގެ ސިޔާސަތު ތަންފީޒު ކުރިނަމަ، އަހަރެމެން ތިބޭނީ އަނެއް ގޮތް. އަނެއް ރާއްޖޭގައި، ރަށްވެހި ފަތިހުގައި ގަދަ ނިދީގައި، ކިހާދެރަ.
އަސްލު
18 May 2022
ޖަޒީރާ މެނިފެސްޓޯ އަކީރައީސް ނަޝީދު ގިނިކަންޔާ ވާދަކުރެއްވި ޕްރައިމެރީގައި އެބޭފުޅާ ގެންގުޅުއްވި ޕާޓީގެ މަސައްކަތް، ރިޔާސީ އިންތިހާބަށް އުކުޅަސް ޖަލްސާ އަށް ފަހު ރައީސް ސޯލިހު އެ މެނިފެސްޓޯ އިތުރަށް ފުރިހަމަ ކުރީ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާއި އެކު، އައު މެނިފެސްޓޯ އެއް ގެނެސްގެން. އޭގައި މި ޕާޓީއިން ހުރީ އަމްރު އިސް ކޮށް ބައިބައިވެފަ އޮތް ގައުމެއް އެއްބައިވަންތަ ކުރުމަށް ސޯލިހްގެ މަސައްކަތް ރަނގަޅު https://presidency.gov.mv/Manifesto/Index/207
އަދީބް
18 May 2022
އެހެން ނެހެދޭނެ... މީ އެމްޑީޕީ ސަރުކާރެއް
ރީތިބޭބެ
18 May 2022
އެހެން ނުވާނެ މިއީ ކޯލިޝަން ސަރުކާރެއް