އާ އުސޫލުގެ ދަށުން ހައްޖަށް މީހުންގެ ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކުރުމަށް "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް"ގެ ނަމުގައި އާ އޮފީހެއް ވެސް ހަދަން ޖެހޭ.
2017 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ހައްޖަށް ދިޔަ ބަޔަކު ފުރަން ދަނީ: ހައްޖަށް ގެންދިއުމުގެ މަކަރު ހަދާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް އުސޫލު ވަނީ އިސްލާހުކޮށްފައި -- ފައިލް ފޮޓޯ: މިހާރު
18 މެއި 2022 - 19:42
ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އާ އުސޫލުގައި، ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އެ އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނާފައިވެ އެވެ. އެއީ؛
1. ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
2. އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށް، ސުލޫކީ މިންގަނޑާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ 30،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދުކުން ޖޫރިމަނާކުރުން.
3. ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެ ނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާ އަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000ރ. އާއި 500،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
މީގެ ކުރިން 2019 ވަނަ އަހަރު އެކުލާވައިލި، ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލުގައި، އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100،000ރ. އިންނެވެ.
އާ އުސޫލުގެ ދަށުން ހައްޖަށް މީހުންގެ ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ވެސް ނިންމާފައި ވެ އެވެ.
އެއީ ރާއްޖެ އިން ހައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް ހަދާ ތަނެއް ކަމަށް އުސޫލުގައި ބުންޏެވެ.
2017 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަމުގައި: ހައްޖަށް ގެންދިއުމުގެ މަކަރު ހަދާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް އުސޫލު ވަނީ އިސްލާހުކޮށްފައި -- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން
- ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ދިނުން.
- ހައްޖު މިޝަން ހެދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުން.
- ހައްޖުވުމަށް ސައުދީ އަށް ގޮސް ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭން ޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުން.
- ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި ހައްޖަށް ދާ މީހުންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ދޭތޯ ބެލުން.
- ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބޭ މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުން.
- ހައްޖުވާން ގޮސް ހުރި މީހަކު ގެއްލި، ބަލިވެ، ނުވަތަ ނިޔާވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ދިނުން.
ހައްޖަށް އަދި އުމުރާ އަށް ގެންދާނެ ކަމަށް ބުނެ، ބައެއް ކުންފުނިތަކުން މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމުގެ ގިނަ މައްސަލަތަކެއް ކުރިން ފެންމަތިވެފައިވެ އެވެ. އެފަދަ ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހު އަށެކެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދަން ދިން ކޯޓާގެ އަދަދު ސަރުކާރުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު، މަސްޖިދުލް ހަރަމްގެ ވެބްސައިޓުގައިވާ ގޮތުން މި ފަހަރު ރާއްޖެ އަށް ލިބެނީ 453 ކޯޓާ އެވެ. އާންމު ގޮތެއްގައި ރާއްޖެ އަށް 1،000 ކޯޓާ ލިބުނަސް މި ފަހަރު މަދުވެފައި ވަނީ ކޮވިޑާ ގުޅިގެން ކަމަށް ބެލެވެ އެވެ.
ކޮވިޑާ ހެދި ރާއްޖެ އިން މީހުން ހައްޖަށް ނުދާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
21 May 2022
މިނިސްޓްރީން މިސްކިތް އަޅަން ހަވާލު ކުރަނީ އަދުލު އިންސާފުންތޯ؟ އެއީ މަކަރެއް ނޫންތޯ؟
ބިންގޯ
19 May 2022
މި ޔޮއްކަމެއް ހުއް ދަ ބާތިލު ކޮއް ދުވަހަކުވެސް ހުއްދަ ނުލިބޭ ގޮތައް ހަދާބަލަ.
އައިޝަތުތު
19 May 2022
ހައްޖައްދެވެނީ ކިހަވަރެއް ދައްކައިގެން ކަމެއް އިނގޭ މީހަކު ބުނެލަދީބަލަ. މުޅިންވެސް އުމުރާގެ އަގުތައް ހުންނަނީ. އޭރައްތާ ރުފިޔާ އެއްކުރަން އެނގޭނީވެސް
ބަޑިތަކުރު
19 May 2022
އަދަބެއް ދެވޭނީ ކަމެއް ސާބިތު ކުރެވިގެންނޫންބާވައެވެ. އިތުރަށް ފައިސާ ނަގަނީ ފައިސާ ބަލައިގަންކަމުގެ އެއްވެސް ލިޔުމެއް ނުދީއެވެ. ދެން އެކަން ސާބިތުކުރެވޭނެބާވައެވެ. ޙައްޖަށް އަވަހަށް ދާންބޭނުންވާތީ ލާރިއިތުރަށްދީގެންވެސް ދާއިރު އެމީހާ އެކަން ހާމަކުރާނެބާވައެވެ.
ޝަފީރު
19 May 2022
"ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ދިނުން." ހަމަހަމަ ކަމާއެކު ކަންތައް ފުރިހަމަކޮށްދިނުމަށް ވިސްނަވާ ޖޫރިމާނާ ކުރާ އަދަދު "ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން" މިހެން ހެދުމަކީ ތިޔަ އުފެއްދެވި އިދާރާގެ ހަމަހަމަކަން ގެއްލޭނެ މިންގަނޑެއް. އަދަބު ކަނޑައެޅޭ އެއްމިންގަނޑެއް އޮތުމަކީ ހަމަހަމަކޮށް ކަންކުރެވޭނެ މިންގަނޑު. މިސާލަކަށް އުޞޫލާ ޚިލާފުވެއްޖެނަމަ 5000.00 ރުފިޔާ. ދެމެދު ދޫކޮށްލަންވީ
ބަޝީރާ
19 May 2022
އިނގިރޭސި އަކުރު ނުދަންނަ އިރުވެސް ދިވެހިން ޙައްޖަށް ގޮސް އުޅުނު... ރަސްކަމެއް އެހާ ދުވަހު އޮތް ތަނަކަށް މިރާޖެ ވިޔަތީ، ކޮންމެވެސް ކަހަލަ އޮފީސް ގަނޑެއް ވެސް ހުންނާނެތާ އެކި ކަންކަން ހިނގަން.. ނަމަވެސް މިހާރު ތިޔަ ހެދި އޮފީހަށް ދިވެހިބަހުން ކިޔާނެ ނަމެއް ހަމަ ހިލާ ނުވިސްނުނުތާ!
އިބުރާ
19 May 2022
އާނ ފަހެ، އަރަބި ގައުމަކާއި ސީދާ ގުޅުންހުރި ކަމެއްގައި އަދި އިނގިރޭސިއާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި އިނގިރޭސި ނަމެއް ކިއުމުގެ އެއްވެސް ބޭނުމެއް ނެތް. އެއަށްވުރެ މާފުރިހަމަ ވީސް، ކިހިނެއްވާނެބާ އެއޮފީހުގެ ނަން އަރަބިން މިހެން "مكتب شؤون الحج المالديف" ލިޔުނިއްޔާ.
ކުޗީ
19 May 2022
މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހު ގެ ވެރިޔަކަށް ޝޭހު ނަސުރު ލީމަ ވަރަށް ފުރިހަމަ ވާނެ. އެބޭފުޅާގެ މައްޗަށް ދައުވާވެސް ކުރި ދެން ފަހުން ވީނުވީއެއް ނޭނގި ދައުވާ ގެއްލިއްޖެ.
އިބްރ
19 May 2022
ހައްޖަށްދާން މީހުން ދައްކާ ފައިސާ ދައުލަތުގެ އެކައުންޓެއްގައި ބަހައްޓަންވީ ނޫންޯ؟
ހަކުރުބޮޑުބޭ
19 May 2022
5 މިލިއަނުން ޖޫރިމަނާ ކުރުމާއެކު ގަންހިންގަން ފެންނަނީ. އެންމެ 5 ލައްކަ ތީ ފެންމެޓާ މިހާރު.
ޕޮގުބާ
19 May 2022
ޖޫރިމަނާ އަތުލެވޭނީ އޮޅުވާލައިގެނަ އަތުލާ ލާރި އަތުވެގެންތާ