އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށް ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 މެއި 2022 - 10:56
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" އައުޓް ކެމްޕެއިނާ ދެކޮޅަށް "ބާކީ ނުވޭ" ގެ ނަމުގައި އެމްޑީޕީން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނެކެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ މުޅި ދުނިޔެއާ އެކަހެރިކޮށް، ބާކީ ކޮށްލާފައިވާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ އިން ފެށިގެން އަންނަނީ އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަން ފަށައިފަ އެވެ.
If #India didn’t open a travel corridor for us during the Pandemic I don’t know how many loved ones would have suffered ,
— Aishath Jennifer ⚖️ (@JenniferAishath) May 25, 2022
We ran out of medicines / life saving treatments Etc .. I will be forever grateful . #Baakeenuvey
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ހޭޝްޓެގް ބޭނުން ކުރައްވައި މިއަދު ޓުވީޓެއް ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ.
"އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވި އެވެ.
~~Pandemic Partnership ~~~
— Sim (@Simwarr) May 26, 2022
👉 300,000 Covid-19 vaccine doses provided to support Maldives vaccination drive.#MaldivesIndia
🇲🇻🤝 🇮🇳 #Baakeenuvey pic.twitter.com/UQ2kib7MXP
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިން އަންނަނީ، ޔާމީންގެ ވެރިކަމުގައި މާލެ އަށް ދިމާވި ފެނުގެ ކާރިސާގައި އިންޑިއާ އިން ދިން އެހީތެރިކަމާއި ކޮވިޑް-19 ގައި ދިން އެހީތަކާއި އަދި ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް އެ ހޭޝްޓެގާއެކީ ޓުވީޓު ކުރަން ފަށައިފަ އެވެ.
Siyaasee veringe siyaasee beynumah takai Dhivehin baakeeve nikamethi vaane kankan nukurumah huriha siyaasee verin visnavan vaane. India aai dhekolhah hingaa campaign akee Dhivehinge thaaidhu oiy kameh noon kan saabith vanee ekamugai baiveri vaa meehun madhukamun #Baakeenuvey
— Mohamed Nasheed (@MohamedNasheed) May 26, 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިދިޔަ ތިން އަހަރު ތެރޭގައި އެންމެ ގާތް ގުޅުމެއް ބާއްވާފައި ވަނީ އިންޑިއާއެކު އެވެ. މާލީ ގޮތުން އެންމެ ގިނަ އެހީތަކާއި ލޯނުތައް އަދި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ހަވާލު ކޮށްފައި ވަނީ އެ ގައުމުގެ ކުންފުނިތަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
01 June 2022
އެމް.ޑީ.ޕީ. އިން އުޅެނީ 2023ގަ ވަގަކަށް ވެރިކަން ހޯދަދޭން.
ކަލޭން
28 May 2022
އިންޑިޔާ މިލިޓަރީ އައުޓް ވިޔަކަސް މި ޤައުމު ބާކީއެއް ނުވާނެ. މީހުންގެ ބޯ ކާން ނޫޅޭ. ކަލޭން ތިހާ އިންޑިޔާ ދެކެ ލޯބިވަންޔާ ދޭބަލަ އެތަނުގަ އުޅެން. އިންޑިޔާއިން އެހީވެޔޭ ކިޔާފަ ނުޖެހޭ އެމީހުންގެ ސިފައިން މިތާ ބައިތިއްބާކަށް. އެމީހުން ބުނިހާ ގޮތެއް ހަދާކަށް ނުޖެހޭ. ގެޓް ލޮސްޓް.
ބާކީތޯ
27 May 2022
އިންޑިއާއައުޓާ ދެކޮޅުކަން ދައްކައި އިންޑިއާގެ ދިފާއުގައި ބޭނުންކުރަން މާމޮޅު މާ ގުޅޭ އެއްޗެއް ނޫން "ބާކީ ނުވޭ"އަކީ. ޔާމީން ވެރިކަމުގަ މުޅި ދުނިޔެއާ އެކަހެރިކޮށް ރާއްޖެ ބާކީވެފަ އޮތީމަ އިންޑިއާގެ ހިޔަނިން ނެއްޓި އެތައް ކަމެއް މިތަނުގަ ކުރެވި ހިނގައިގަތީ. އެކަމު އަނބުރާ އެ ހިޔަނީގެ ދަށަށް ގޮސް އެމީހުން ކޮށްދިން ކަމެއް ގަބޫލުކޮށްލައިގެން ތިބެން ތިޔަ ބުނަނީ. ގައުމު ދަރުވާތީ ކަންބޮޑުވީ މީހުން ވެރިކަމަށް އަރުވައި އިތުރަށް އިންޑިއާއަށް ދަރުވަންފެށީ
ކިމްޖޮންއުން
27 May 2022
ހައްހައް. މާތްކަލާކޯ! މިފަދަ ސިކުނޑިތަކައް އަހަރެމެން ސަލާމް
އަސްލުމީހެއް
27 May 2022
ޢިންޑިއާއައުޓް ޗައިނާއައުޓް، #ފްރީކަޝްމީރް #ފްރީޒިންގޖިއާން
1206
27 May 2022
އެމް.ޑީ.ޕީ ވެރިކަން ނިމި، ދެން އަންނަ ވެރިކަމުން، އިންޑިޔާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލަން. އެ ކަން މި ވެރިކަމުގައި ވެދާނެ ކަމަށް ކުޑައިކޮށް ވެސް ނުބެލެވޭ. އިމްރާން އެއަރޕޯޓް ސަލާމަތް ކުރަން މުޒާހަރާ ކުރީ މަގާމުގެ ދަހިވެތި ކަމުގައި ކަން ވަރަށް ސާފު.
6021
27 May 2022
ކަލޭ ތިކުރާކަމެއް ތިކުރަނީ ކޮން ބޭނުމެއްގައިކަން ވެސް އަހަރެމެންނަށް އެނގޭ. ކުރީގައި ކޮށްފައިހުރި ކަންކަމުން ރެކި، އަލުން އެވެރިކަން އިއާދަކޮށް ޖެހުނުތަނެއް ދޮވެލުން. ސާފުވެއްޖެތަ!
ފަހުދު
26 May 2022
ބޮޑައް ވައްތަރީ އަންނި ފެކްޝަނައް ދޭ މެސެޖަކާ #ބާކީނުވޭ
ކުރިއަށްކުރިއަށް
26 May 2022
އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް އިންޑިއާ އައުޓް ކުރިއަށް ކުރިއަށް ބާރަށްކުރިއަށް
އަދުރެމިސްޓް
27 May 2022
އަމިއްލައަށް އެއްކަމެއްވެސް ކުރަން ނޭނގޭނެ. ސިޔާސީ މަރުމޯލުން
ހަގީގަތް
26 May 2022
1 ޕޯޗްގަލް، ކަނޑުގެ ސުޕަރ ޕަވަރަކަށް އޮތް ޒަމާނުގައި ރާއްޖެ އާ ތޮޅެން އައީ އިންޑިޔާގެ ބޭދާޅީން.2 ރާއްޖެ އާ ތޮޅެން އިންޑިޔާގެ ކަންނަންނޫރުން އައި.3 ރާއްޖެއާ ތޮޅެން އިންޑިޔާގެ މަލަބާރުން އައި.4 އެތައް އަހަރެއް ވަންދެން ރާއްޖޭގެ މުޅި އިގުތިސާދު، ބޮޑުންނަށް "ދޮލަނގު" ދީގެން އަތްމައްޗަށް ނަގައިގެން ތިބި ބުންބާ މީހުން، ހިތްވަރުގަދަ ރައީސް ނާސިރު އެވެރިން ފޮނުވާލެއްވި.5 ރާއްޖޭގެ ބައެއްކަމުގައިވާ މަލިކު އިންޑިޔާއިން ޖަހައިގަތް.6 އެމީހުންގެ އަވައްޓެރި ގައުމެއްކަމުގައިވާ، ސިއްކިމް އިންޑިޔާއިން ޖަހައިގަތް.7 ވެރިކަމުގެ ދަހިވެތިކަމުގައި، އިންޑިޔާ ސިފައިން ރާއްޖެ އަރަން މުރައިދޫ ގަނޑުވަރު ރަދުން އެދުނު.8 ވެރިކަން ލިބުނީ، އިންޑިޔާގެ އެހީގައި ކަމުގައި، ރަދުން ވިދާޅުވި.9 އިންޑިޔާ ސިފައިން ރާއްޖޭގައި ނެތޭ ކިޔައިގެން ދޮގު ހަދާ ތިބެފައި، މަޖްލިސް ގައޭ ބުނީ އެބަތިއްބޭ! 10 މިހާރު ރާއްޖޭގެ ގިނަ މީހުން ގޮވަނީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފައިބާށޭ! އެއްގޮތަކަށް ރާއްޖޭގައި ތިބި ޕްރޮފެޝަނަލުންނާ، ރަޙްމަތްތެރި ޢާންމު އިންޑިޔާ މީހުން ފައިބާށެކޭ ނޫނެވެ. ވީމާ، ފާޑުފާޑުގެ ހޭޝްޓެގް ބޭނުންކޮށްގެން ޙަގީގަތް އޮޅުވާނުލާށެވެ.
ހުސްދޮގު
27 May 2022
ކަލޭ ތިބަނދިވަރު ބާއްވާ. ހިތުން ތީގައިހުރީ ހުސްތެދު. ދޮގާއި މަކަރާއި ޚިޔާނާތް ކަށީގައި ހިފާފައި ތިބި ބަޔަކު ތެދެއް ހަދާނެތަ؟ މަރުފަލި ތިޖަހަނީ ކޮށްފައިހުރި ކަންކަމަށް ހުކުމެއް އިއްވުމުގެ ކުރިން ޣާޒިއަކަށް ވާން. ބައިބޯކޮށްގެން އިންސާފު ގާއިމުކުރެވުނަ ނުދޭންކުރާ މަސައްކަތް. ތިޔަބުނާ ގައުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކައްވެސް ކަމެއް ނުކުރެވޭނެ ގައުމެއް
މިތިރު
05 July 2022
ހުސްދޮގަށް ބުނެލަން އޮތީ، ތިމާ އަށް ނޭނގޭ ކޮންމެ ކަމަކާ، ތިމާ ޤަބޫލު ކުރަން ބޭނުން ނުވާކޮންމެ ކަމަކީ ދޮގަކަށް ނުވާނެ އެވެ. ތިޔަ ހިތުގަ އި ޤަ އުމީ ލޯތްބެ އް ނެތުމަކީ ތިމާގެ ނުކުޅެދުންތެރިކަމެވެ.
ލަދުވެތި
26 May 2022
#ޣައްދާރުނުވޭ #އަޅުވެތިނުވޭ #ހަރާންކޯރުނުވޭ # ބާޣީއަކަށްނުވޭ
ބާކީބެ
26 May 2022
ސަރުކާރާއި އެމްޑީޕީ އަދި ގައުމީ ކަންކަމުގައި އަޅުގަނޑުގެ ބަސް ނުހިނގައި ބާކީވެފައިވުމުން އަވަށްޓެެރި ގައުމުތަކުގެ ސިޔާސީ ފަރާތްތަކާއި ގުޅިގެން ޓުވިޓަރ އާއި އެހެނިހެން ސޯޝަލް މީޑިއާގެ ވަސީލަތްތަލުގެ ޒަރީއާއިން ބާކީނުވުމަށް އަލުގަނޑު މިދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ.