އަދުހަމް: ގާސިމްގެ މަރުގެ މައްސަލާގައި އޭނާއަށް ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިމުމަކަށް އައިސްފައި
26 މެއި 2022 - 13:56
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް އެ ހަމަލާދިން ކަމަށް އެއްބަސްވިޔަސް، އޭނާ ބުނާގޮތުން ގާސިމް މަރާލީ ގަސްދަކު ނޫނެވެ. އެއީ ފައިސާ ފޭރެން އުޅުމުގެ ތެރޭގައި އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އޭނާ ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ފަހު ހެކިވެރިއެއްގެ ގޮތުން ހާޒިރުކުރީ ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރެކެވެ. އެ ރިޕޯޓުގައި ހުރި ކަންކަން އޭނާ ކޯޓުގައި ތަފްސީލުކޮށް ކިޔައިދިނެވެ.
ގާސިމް
ބާކީ ދެ ހެކިވެރިއަކު ހާޒިރު ނުކުރެވި ތިއްބަސް، ދައުލަތުގެ އެދުމުގެ މަތިން ކޯޓުން މިއަދު ނިންމީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާށެވެ. އެއީ ބާކީ ތިބި ދެ މީހުންގެ ތެރެއިން އާންމުން މީހަކު ކޯޓަށް ހާޒިރު ނުވާތީ އާއި ދެން ހުރި ފުލުސް މީހާ ރާއްޖެއިން ބޭރުގައި ހުރުމުންނެވެ.
ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމާ އެކު، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން އަންނަ މަހު ބާއްވާނެ އެވެ.
ގާސިމްގެ މަރުގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ ކުށަށް އިއުތިރާފްވުމުން ލުއި އަދަބެއް ލިބޭ ގޮތަށް އަދުހަމާ އެކު ހެދި އިއުތިރާފް އެއްބަސްވުމަކާ އެކު އެވެ. އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވުމަށްފަހު ފަހުން އެކަމަށް އިންކާރު ކުރުމުން އެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި އޭނާ ފަހުން ކުށަށް އެއްބަސްވިޔަސް، ލުއި އަދަބެއް ދެން ނުލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާރިސުންގެ އުދަގޫ ކުޑައެއްނޫން!
29 May 2022
ވާރިސުން ބުނެފިއްޔާމުން މީނަ ދޫކޮއްލަންވީ! މީނަ ދޫވެގެން މަގޭއާއިލާ މީހަކައް ހަމަލަ ދީފިއްޔާމުން، ވާރިސުން ގޮވައިގެން މަދާނީ ކޯޓައް! ވަރައް އިހާނެތިކޮއް މަރާލީމަ، އަޑުބާރައް މަމީ ވަރިސެކޭ، ބުނާނި ކަމެއްނެތް، އެމީހާ ފިނޑިވެ، ހުން އައިސް، ރަޖާލާން ޖެހޭ މީހުންނެއް! މަރައް މަރޭ ބުނަނީ އެމީހެއްގެ އެކަނި ސަލާމަތަކައް ނޫން. މުޅި މުޖުތަމައު ގެ ސަލާމަތަކައް! ޓަނުން ޑްރަގް ވެއްދީމަ، މަގޭދަރިއަކައް ކަމެއް ނުވެޔޭ ކިޔާފަ ދޫކޮއްލަން އެދުނީމަ ވާގޮތް ފެނޭނު!
ހުސެން
27 May 2022
މައްސަލައެއް މިނިންމެނީ ހާދަދުވަހަކުންނޭދޯ! މީތަހަމަމިކަން އޮންނަންޖެހޭގޮތަކީ؟ ކޯޓުތަކުގެ ހުރުމަތްބޮޑުކަމުން މިފަދަކަމަކާ އެއްޗެއްބުނާނެ ބަޔަކުނުވަނީހެން ހީވަނީ، މަޖިލިސްމެންބަރުންވެސް އިއްޒަތްތެރިކަމުން އެމީހުން އެއީ ގަޑިޖެނުނަސް ނުވަތަ ވަޒީފާއަށް ނުނިކުތަސް ބަރާބަރަށް މުސާރަ ހަމައަށް ލިބޭބައެއް،
ޙިނި
26 May 2022
ގާތިލުންނަށް މަރުގެ އަދަބުދޭންވީ އަދި ޑުރަގު ޑީލަރުންނައް މަރުގެ އަދަބުދޭންވީ. ޜައްޔިތުންގެ ވޯޓެއްނަގައި މިކަން ތަންފީޒުކޮއްބަލަ
ރަދީފްއޮފިޝަލް
26 May 2022
އަދްހަމް ހުރި ފާޑެއް ދޯ.ރައުޑީވާން ބޮލުގަ ކުލަ ވެސް ޖައްސައިގެން.ހެހެހެހެހެހެހެ.